"ސާންޑް ކީ އާންކް" ގެ ޕޯސްޓަރެއް.
01 އޮކްޓޯބަރ 2019 - 06:48
ބޮލީވުޑްގައި މިހާތަނަށް އެންމެ ބޮޑަށް ބަހުސްކުރެވޭ އެއް މައްސަލަ އަކީ ދެ ޖިންސްގެ އެކްޓަރުންނަށް ލިބޭ އާމްދަނީގައި ބޮޑު ފަރަގެއް ހުރުމުގެ މައްސަލަ އެވެ. ކިތަންމެ ވަރުގަދަ ރޯލެއް ކުޅުނަސް، ބަތަލަކާ ގާތްކުރާ ވަރާ ގާތަށް ވެސް ބަތަލާއިންނަށް އުޖޫރަ ނުލިބޭ ވާހަކަ އެވެ. އެ މީހުންނަށް ހައްގު މިންވަރު ނުލިބި، ދެ ޖިންސްގެ މެދުގައި ބޮޑެތި ތަފާތުކުރުންތަކެއް ހުންނަ ވާހަކަ އެވެ.
އުޖޫރައިގެ މައްސަލަ މިހާރު މަޑުމަޑުންވަމުން ހައްލުވަމުން އަންނަ އިރު، އާ ބަހުސެއް މިހާރު ވަނީ ފެށިފަ އެވެ. އެއީ އުމުރާ ގުޅޭ ކަހަލަ ރޯލްތައް ބަތަލާއިންނަށް ނުލިބޭ ވާހަކަ އެވެ. 4
ބޮލީވުޑަކީ ދުވަސްވީ އެކްޓަރުން އަދިވެސް އެ މީހުންގެ އުމުރަށް ވުރެ ދެ ގުނަ ހަގު ބަތަލާއިންނާ އެކު ފިލްމު ކުޅޭ އިންޑަސްޓްރީއެކެވެ. އޭގެ މިސާލަކަށް ޝާހްރުކް ޚާނާއި އާމިރު ޚާނާއި ސައިފް އަލީ ހާނާއި އަކްޝޭ ކުމާރާއި އަޖޭ ދޭވްގަން ފަދަ ތަރިން ނެގިދާނެ އެވެ.
އެކަމަކު އެ މީހުންނާ އެކު ފިލްމު ކުޅެން ނިކުތް ބަތަލާއިންނަށް މިހާރު އެކަށީގެންވާ ކަހަލަ ރޯލްތަކެއް ނުލިބޭތީ ވަރަށް ގިނަ ބަތަލާއިން ތިބީ މަސައްކަތެއް ނެތި އެވެ. ނުވަތަ މަސައްކަތެއް ލިބެނީ ހާލަކުން ފަހަރަކު އެވެ.
लटेस्ट है, एकदम ताज़ी ताज़ी !! #SaandKiAankhTrailerhttps://t.co/faczKnSsKC@taapsee @tushar1307 @nidhiparmar @RelianceEnt @realshooterdadi @shooterdadi @ItsViineetKumar #AnuragKashyap @Shibasishsarkar @prakashjha27 @Shaadrandhawa @ZeeMusicCompany @kamalgianc @PicturesPVR
— bhumi pednekar (@bhumipednekar) September 23, 2019
އޭގެ މިސާލަކަށް ދާނަމަ ޖޫހީ ޗާލްވާ، މަދޫރީ ޑިކްސިޓް، ކަރިޝްމާ ކަޕޫރް، ރަވީނާ ޓަންޑަން، ކާޖޮލް ފަދަ ތަރިން ނެގިދާނެ އެވެ. މި ތަރިންނަށް އުމުރާ ގުޅޭ ކަހަލަ ރޯލްތައް ނުލިބޭތީ، ފިލްމުތަކުން ފެންނަނީ ވަރަށް މަދުންނެވެ.
ސުވާލަކީ އެ މީހުންގެ އުމުރާ ނުވަތަ އެއަށް ވުރެ އުމުރުން ދުވަސްވީ ބަތަލާއިންނަށް ފިޓްވާ ކަހަލަ ރޯލްތައް ހިމެނޭ ފިލްމުތައް ބޮލީވުޑްގައި ނުހަދަނީ ހެއްޔެވެ؟ ޖަވާބަކީ ނޫނެކޭ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ބަދާއީ ހޯ" އަށް ނިކަން ބަލައިލާށެވެ. އެ ފިލްމުގެ މައިގަނޑު ޕްލޮޓަކީ އުމުރުން ދުވަސްވީ އަންހެނަކު ބަލިވެ އިންނަ ވާހަކަ އެވެ. "ބަދާއީ ހޯ" ގެ މުހިއްމު ރޯލްތައް ކުޅުނު ނީނާ ގުޕްތާ، 60، އާއި އޭނާގެ މައިދައިތަގެ ރޯލް ކުޅުނު ސުރޭޚާ ސިކްރީ، 74، އަކީ އެ ފިލްމުން މި އަހަރުގެ ގިނަ އެވޯޑްތަކުގެ އެންމެ މޮޅު ބަތަލާ/ސަޕޯޓިންް ބަތަލާ އަށް ނޮމިނޭޓް ވެސް ވި ދެ ފަންނާނުންނެވެ. އަނެއްކޮޅުން ސުރޭޙާ ވަނީ "ބަދާއީ ހޯ" އިން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުކޮށްފަ އެވެ.
Absolutely agree... Neither tapsee nor bhumi look authentic... Moreover they haven't picked the accent correctly.... These roles demanded veteran actresses like ne ena, shabana, shefali chhaya, amrita singh...
— monica rana (@monicarana21) September 24, 2019
މި މަހުގެ 25 ގައި ރިލިޒްކުރާ "ސާންޑް ކީ އާންކް" ގެ ޓްރެއިލާ ދައްކައިލުމާ އެކު، ބޮލީވުޑްގައި މިހާރު ގަދަވެފައި ބަހުސަކީ އެ ފިލްމުގައި ކިޔައިދޭ ދުވަސްވީ ދެ އަންހެން ޝޫޓަރުންގެ ރޯލްތަކަށް ޒުވާން ބަތަލާއިންތަކަކަށް ފުރުސަތު ދިނީ ކީއްވެތޯ އެވެ؟ އެ ފިލްމަކީ ދުނިޔޭގެ އެންމެ ދުވަސްވީ އިންޑިއާގެ ދެ ޝޫޓަރުން ކަމަށްވާ ޗަންދުރޯ ތޯމަރު، 87، އާއި ޕްރަކާޝީ ތޯމަރު، 82، ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ރޯލްތައް ފިލްމުގައި ކުޅުނީ ތާޕްސީ ޕައްނޫ، 32، އާއި ބޫމީ ޕެޑްނޭކަރް، 30، އެވެ.
Absolutely agree... Neither tapsee nor bhumi look authentic... Moreover they haven't picked the accent correctly.... These roles demanded veteran actresses like ne ena, shabana, shefali chhaya, amrita singh...
— monica rana (@monicarana21) September 24, 2019
ބޮލީވުޑްގެ ދުވަސްވީ ބައެއް ބަތަލާއިން ސުވާލުކުރަނީ އެ ރޯލްތަކަށް ފިޓްވާ އުމުރުގެ ބަތަލާއިން ނުނެގީ ކީއްވެތޯ އެވެ؟ ޒުވާން ދެ ތަރިއަކު މޭކަޕުން މުސްކުޅިކޮށްގެން ދެއްކުމަށް ވުރެ، އުމުރާ ގުޅޭ ބަތަލާއިންނަށް އެ ފުރުސަތު ދިން ނަމަ މާ ރަނގަޅުވީސް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.
By the #SaandKiAankh debate- old people shud play old people. A paraplegic should’ve done Anusha’s role in Zero. A dwarf should’ve played SRK’s role. A Sikh man should’ve done Kesari. A badminton player should do the Saina Nehwal biopic & an acid victim shud do Chhapaak. Also... pic.twitter.com/2UPllJcxR4
— Sarita A Tanwar 🦉 (@SaritaTanwar) September 26, 2019
އޭގެ ތެރެއިން އެކަކީ މައިދައިތަކަށްވާން އުޅެނިކޮށް "ބަދާއީ ހޯ" ގައި ބަލިވެއިން ނީނާ އެވެ. އޭނާ ކުރި ޓްވީޓެއްގައި "ސާންޑް ކީ އާންކް" އަށް އިޝާރާތްކޮށް ބުނީ އޭނާގެ އުމުރުގެ ބަތަލާއިންނަށް ކުޑަމިނުން އެ ފިލްމުން ފުރުސަތު ދިން ނަމަ ރަނގަޅުވީސް ކަމަށެވެ. އެ ޓްވީޓަށް ތާއީދުކޮށް ވަރަށް ގިނަ ބަޔަކު ޓްވީޓް ވެސް ކޮށްފައިވެ އެވެ.
Thanks Sarita. Yes absolutely - we are actors and its our priviledge and job to mold ourselves into real life personalities! #SainaNehwalBiopic @SaritaTanwar https://t.co/PWEYEZbnVn
— Parineeti Chopra (@ParineetiChopra) September 26, 2019
އަދި އެއާއެކު ނީނާގެ ވާހަކަ އަށް ތާއީދުކޮށް ބަތަލާ ސޯނީ ރާޒްދާން، 62، ވެސް ވާހަކަ ދައްކާފައިވެ އެވެ. ޒުވާން ބަތަލާ އާލިއާ ބަޓްގެ މަންމަ މީޑިއާއަކަށް ބުނީ ދުވަސްވީ ބަތަލާއިންނަށް ކުޅެވޭ ކަހަލަ ރޯލްތައް ޒުވާން ބަތަލާއިންނަށް ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ފިލްމު ހަދާ މީހުން މިފަދަ ކަންކަމާ ދޭތެރޭ މިހާރަށް ވުރެ ސީރިއަސްކޮށް ވިސްނަންވެއްޖެ ކަމަށް ބުންޏެވެ.
I hope and can only hope this will answer the question once n for all coz honestly now it’s getting boring for us to repeat ourselves.
— taapsee pannu (@taapsee) September 24, 2019
So all you lovely people here goes my RESPONSE -#SaandKiAankh pic.twitter.com/guldaTWaks
ސޯނީ ބުނިގޮތުގައި ބޮލީވުޑްގައި ބަތަލާއިންނާ ދޭތެރޭ ދެކޭ ގޮތް ބަދަލުވަމުންދާ ކަމަށް ބައެއް މީހުން ބުންޏަސް ކަންކަން ހަގީގަތުގައި ހިނގާ ގޮތަށް ބަލާއިރު އެކަން ގަބޫލުކުރަން ދައްޗެވެ.
why didn't they just take older actors?
— The Truth (@OnlyTheTruuth) April 16, 2019
އޭނާ ބުނީ ފިލްމުތަކުގެ ކެރެކްޓާތަކަށް ކާސްޓުން ނަގަނީ ފިލްމުގެ ވިޔަފާރިއަށް ވިސްނާފައި ކަމަށްވާ ނަމަ އެ ވިސްނުން އަދި މާ ގޯހެވެ. ސޯނީ ބުނީ ދުވަސްވީ ބަތަލާއިންނަށް ކުޅެވޭ ކަހަލަ ރޯލްތައް އެ މީހުންނަށް ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ވިޔަފާރީގެ ނަޒަރަކުން ބަލާއިރު ދުވަސްވީ އެކްޓަރުންތަކެއް ލީޑް ކުރި ފިލްމު "ބަދާއީ ހޯ" އަކީ ވިޔަފާރީގެ ގޮތުން ވެސް އެހާ ކާމިޔާބު ފިލްމެއްކަން އޭނާ ފާހަގަކުރި އެވެ.
ކޮންމެއަސް މި މައްސަލާގައި މިހާރު ޒުވާން ބަތަލާއިންނާއި ދުވަސްވީ ބަތަލާއިންނާ ދެމެދު ދަނީ ސޯޝަލް މީޑިއާގައި ބަހުސްތައް ކުރެވެމުންނެވެ. ތާޕްސީ ބުނިގޮތުގައި "ސާންޑް ކީ އާންކް" ކުޅެން ފުރުސަތު ލިބުމަކީ އޭނާގެ ކުށެއް ނޫނެވެ. އަދި އެ ރޯލް ދުވަސްވީ ބަތަލާއަކަށް ދިނުމާއި ނުދިނުން އޮތީ ވެސް އޭނާގެ އަތުގައި ނޫން ކަމަށް ބުންޏެވެ.
ތާޕްސީ ބުނީ އަދާކުރީ ހަވާކުލުރި މަސައްކަތެއްގެ ޒިންމާ ކަމަށެވެ. އެހެންވެ "ސާންޑް ކީ އާންކް" އާ މެދު ސުވާލު އުފައްދާ މީހުންނަށް ދޭނެ ސީދާ ޖަވާބެއް ނެތް ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިބާޝާ
01 October 2019
އަނިލް ކަޕީރު ވާހަކަ ނުގެނަސް ރިޕޯޓު މިއޮތީ ނިންމާލާފައި.