ޚަބަރު / މެމްބަރު އަބްދުﷲ ޖާބިރު (ކާށިދޫ)

50 އަހަރަށް ޖާބިރުގެ ކުންފުންޏަކަށް މަތިވެރިން ގެސްޓް ހައުސްއެއް

އއ. މަތިވެރީގައި ހުންނަ ބޮޑު ގެސްޓްހައުސް. އެ ތަން ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އޮތީ ނިންމާފައި.

އއ. މަތިވެރީގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އަށް ޓޫރިޒަމް މިނިސްޓްރީން 50 އަހަރަށް ކުއްޔަށް ދީފި އެވެ.

މަތިވެރީ ކައުންސިލުން އެންމެ ފުރަތަމަ އެ ރަށުގެ 21،000 ފޫޓުގެ ބިމަކާއި 25،000 ފޫޓުގެ ބިމެއްގައި ގެސްޓް ހައުސްއެއް ހިންގުމަށް އަމިއްލަ މީހަކާ ދެމެދު އެއްބަސްވުމެއް ހަދައި ކުއްޔަށް ދިނީ 10 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ދެ ބިމުގައި ބޮޑު އިންވެސްޓްމަންޓަކާ އެކު "ކާސާ މިއާ މޯލްޑިވްސް" ގެ ނަމުގައި ތަނެއް ހުޅުވި އެވެ. ހަތަރު ތަރީގެ ގެސްޓް ހައުސް އަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ.

އެކަމަކު، ގެސްޓް ހައުސްގެ ވެރިންތަކަކާ ޖެހުނު މައްސަލައެއް ހައްލު ނުވެ އޮއްވައި، އެ ތަން ވަނީ ޖާބިރުގެ ރިޗް ކްލަބަށް އެ އިންވެސްޓްމަންޓް ވިއްކާލައިފަ އެވެ. ނަމަވެސް، މިއަދާ ހަމައަށް އައި އިރު ވެސް، ޓޫރިޒަމް މިނިސްޓްރީން ނުވަތަ ކައުންސިލުން ވެސް އެއްބަސްވުމެއް ހަދައިފައެއް ނުވެ އެވެ.

ޖާބިރު "މިހާރު" އަށް މިއަދު ވިދާޅުވީ މަތިވެރީގެ ދެ ބިމެއް އެއްކޮށްލައިގެން އަމިއްލަ މީހަކު ހެދި ބޮޑު ގެސްޓް ހައުސް އަކީ 100 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. ޖާބިރު ސިފަ ކުރެއްވި ގޮތުގައި އެ ގެސްޓް ހައުސްއާ އެ ސަރަހައްދަކީ ރިސޯޓަކާ އެއް ފެންވަރެއްގެ ތަނެކެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި ރިޗް ކްލަބުން މާ ކުރިން އޮތީ އެ "އިންވެސްޓަމަންޓް" ގަނެފަ އެވެ. އަދި ގެސްޓް ހައުސް ރިޗް ކްލަބަށް 50 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޭނާއާ މެދު އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ސޮއިކޮށްފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު "މިހާރު" އަށް ވިދާޅުވީ މަތިވެރި ގެސްޓްހައުސްއާ ގުޅޭ ގޮތުން މިއަދު ބާއްވާ ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ. އެކަމަކު، ޖާބިރުގެ ކުންފުންޏަކަށް އެ ތަން ކުއްޔަށް ދިން ވާހަކަ އޭނާ ދޮގު ކުރައްވާފައެއް ނުވެ އެވެ.

އަލީ ވަހީދު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މަތިވެރި ގެސްޓް ހައުސްގެ މައްސަލައިގައި ދިމާވި ކަންކަން ޑިސްޕިއުޓް މަރުހަލާގައި ހައްލުކޮށްފައިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ލަފާ ލިބުމާ ގުޅިގެން ގެސްޓް ހައުސްއާ މެދު ގޮތެއް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ބަންޑާރަ ނައިބުގެ ލަފާގެ މަތިން ޓޫރިޒަމް މިނިސްޓްރީން ނިންމާފައި އޮތީ މަތިވެރީގައި ހަދާފައި ހުރި ގެސްޓް ހައުސް ރިޗް ކްލަބަށް 50 އަހަރަށް ކުއްޔަށް ދިނުމަށެވެ.

"މިހާރު ހުރި ގެސްޓް ހައުސްއަކީ 100 މީހުންގެ ޖާގައިގެ ތަނެއް. އެތަނުގައި 43 ކޮޓަރި ހުންނަނީ. އަޅުގަނޑުގެ ވިސްނުމަކީ ދުނިޔޭގެ ފެންވަރުގައި އޮޕަރޭޓް ކުރާ ތަނަކަށް ހަދަން،" ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ އެ ތަނަކީ ހަތަރު ތަރީގެ ޕްލަސްއަކަށް އެ ތަން ހަދަން."

ޖާބިރު ވިދާޅުވި ގޮތުގައި ރިޗް ކްލަބަށް އެ ގެސްޓް ހައުސް ލިބުމާ ގުޅިގެން މަތިވެރީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. ގެސްޓް ހައުސް ތަރައްގީ ކުރާ އިރު، ދަތުރުފަތުރުގެ ނިޒާމާ އެހެން ކަންކަން ތަރައްގީ ކުރަން ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

21 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 2%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޑުބަ

01 October 2019

ހއ.އިން އއ އަށް ޖާބިރު ބަދަލްވީ ރިސޯރޓް ޒޯނު ތެރޭގަ ފައި ހަރުކުރަނީ ޖާބިރަކީ މި ސަރުކާރުގަ އަޑީގަ ހުރި މީހެއް

The name is already taken The name is available. Register?

ަސދސ

30 September 2019

މަޖިލިހުގައި ދެން އަނގަގަދަ ނުކުރާނެ

The name is already taken The name is available. Register?

ޖާބިރޫ

30 September 2019

އިހު އޮތް ދަރަށް

The name is already taken The name is available. Register?

ކޮރަޕްޝަބް ޗޭނު

30 September 2019

ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބަނޑާރަ ނައިބެއްގެ ލަފާގެ މައްޗަށް ޤައުމުގެ ބޮޑެތި މާލީ މުޢާމަލާތް ތަށް ނިންމުމަކީ ކަންބޮޑުވާ ކަމެކެވެ. ރަގަޅު މުޢާމަލާތެއް ކަމާ މެދު ޝައްކު އުފެދޭ ކަމެކެވެ

The name is already taken The name is available. Register?

ވޯލް

30 September 2019

ތިޔަ ޖާބިރު ލޯލާރިއެއްވެސް ނުދޭނެ އޭނައަށް ފައިދާ ނުވާ ގޮތަކަށް، ތިޔަ ރަށަށްވެސް ވާނެ ފައިދާއެއް ނޯންނާނެ ޖާބިރު ފުށުން. އެހެންނެއް ނުން، އެތަން ހިނގީމަ ނުސީދާގޮތުގައި ރަށައި ރަށްޔިތުންނަށް ފައިދާ ވާނެ.

The name is already taken The name is available. Register?

Dhaadhey

30 September 2019

މީހުން އުޅޭ ރަށްރަށްވެސް ޓޫރިޒަމް މިނިސްޓްރީން ކުއްޔަށްދޭ ތަންތަނަށް ހެދީތޯ؟ ކޮބައިތޯ ރަށުކައުންސިލާއި އަތޮޅު ކައުންސިލުގެ ދައުރު. މުޅިންވެސް މާލޭ ސަރުކާރުން ގޮތްނިންމާފައި ހަޑިގަނޑު ކައުންސިލާ މިޙަވާލުކުރަނީ.

The name is already taken The name is available. Register?

ވާލުސޮރު

30 September 2019

މި ހަބަރުން ނޭންގުނު ރަށެއްގެ ބިމެއް ޓުއަރިޒަމް މިނިސްޓްރީން ކުއްޔަށް ދެވުނު ސަބަބެއް، އަނެއްކޮޅުން މަތިވެރި ކައުންސިލުގެ ތަނެއް ކިހިނެތްތޯ ޑިސްޕިއުޓް މަރުހަލާގައި ނިންމީ. ޖާބިރުތޯ އެކަމުގަ އުޅުނީ،

The name is already taken The name is available. Register?

ގަޓް ބްރޯ

30 September 2019

އެއް ޚަބަރަކުން ފެންނާނެ ދައުލަތަށް މިލިއަނުން ދަރާ އެބައޮތޭ އަނެއް ޚަބަރަކުން ފެންނާނެ ދިގު މުއްދަތަކަށް ރާއްޖޭގެ ބިންތަކެއް ޖާބިރަށް ދީފިއޭ. މިވެސް ފާޑެއްގެ އަރަތެއް ތޯއްޗެ!

The name is already taken The name is available. Register?

ޖާބިރު ފަނޑިޔާރު

30 September 2019

ދަނޑުވެރި ކަމަށް ދޭ ފަޅުރަށް ރަށް 21 އަހަރަށް ދެނީ ކީއްވެތޯ؟ ދަނޑުވެރި ކަމަށް ދޭ ފަޅު ރަށް ރަށުގެ މުއްދަތު ވެސް ތަން ކޮޅެއް އިތުރު ކުރަންވީ ނޫން ތޯއެވެ؟ ރުކެއް ހައްދާ ބޮޑު ކުރަން ވެސް 5 އަހަރު ބޭނުން ވެއެވެ އެރުކުން އާއްމު ދަނީ އެއް ލިބެން 10 އަހަރު ބޭނުން ވެއެވެ. ވީމާ 10 އަހަރު ފަނޑުވެރިކަން ކުރަން ޖެހެނީ ގެއްލުމުގައެވެ. ނުވަތަ އެއްޗެއް ނުލިބި އެވެ

The name is already taken The name is available. Register?

ވިދާދު

30 September 2019

ދިޔާނާއަށް އުއްތަމަ ފަނޑިތާރުކަން ނުދީ ތިކަން ހައްލެއް ނުވާނެއެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454