ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: ރަހީނުކުރި ބިދޭސީއެއް ހޯދަމުން ދަނިކޮށް އޭނާ އަމިއްލައަށް ވަނީ ސަލާމަތްވެފައި -- ފޮޓޯ/މިހާރު
30 ސެޕްޓެމްބަރ 2019 - 11:16
މާލޭގައި ބަންގްލަދޭޝްގެ މީހަކު ރަހީނު ކުރުމުން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ އަމިއްލަ އަށް ސަލާމަތްވެއްޖެ އެވެ.
ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ބަންގްލަދޭޝްގެ ފިރިހެނަކު ރަހީނު ކުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި އެކަމަކު ރަހީނު ކުރި މީހުންގެ ކިބައިން އޭނާ އިއްޔެ އަމިއްލަ އަށް ސަލާމަތް ވެފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތް ވުމުން، އެ މީހުންނަށް ފިލައިގެން ގޮސް އެ މީހާ ވަނީ ފުލުސް އޮފީހަށް ހާޒިރުވެ، އެކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައި ދީފަ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ފުލުހުން އަދި އިތުރު ތަފުސީލެއް މީޑިއާ އަށް ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެކަމަކު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
30 September 2019
މި ނޫނީ ނޯން ނާނެ ބޭރު މީހުން ނަން އުޅެން ފަސޭހަގައުމެއް އުދަގޫބައެއް.
ސައްބީސް
30 September 2019
މިޤައުމުައި މީގެކުރިން ނުފެންނަ ކުއްތަށް މިދަނީ ފެންނަމުން ކަމާގުޅުންހުރި އިދާރާތައް ސަމާލުވުމަށް ގޮވާލަން
ޑައިވަރ
30 September 2019
ދެން ރަހީނުކުރިމީހުންވެސް ޕޮލިހަށް ގޮސް ހައްޔަރުވީމަ ނޫނީ އެމީހުންވެސް ހައްޔަރެއް ނުވާނެ، ސާބަސް ފުލުހުންނަށް
އިސްމާލި
30 September 2019
ދެން ހުރިހައި އެންމެން ޑީޕޯޓު ކޮށްލާ. މި ގައުމު ނޫނީ ނޯންނާނެ ބިދޭސީންނަށް އެންމެހައި ބޮޑެތި ކުށްތައް ކޮށްފައި ފަސޭހައިން ސަލާމަތް ވެވޭނެ ގައުމެއް.
ކަރީމުއްދީން ބާޝާ
30 September 2019
ދެން ތިޔަކަންވެސް ތިޔަ ނިމުނީ.