ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ކ) އާއި ޖަމާލް ޚާޝުގްޖީ. --ފޮޓޯ:އޭއެފްޕީ
30 ސެޕްޓެމްބަރ 2019 - 13:25
ވޮޝިންޓަން (ސެޕްޓެމްބަރު 30) - ސައުދީ ސަރުކާރަށް ފާޑުކިޔާ ވޮޝިންޓަން ޕޯސްޓުގައި ލިޔަމުންދިޔަ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލަން އަމުރުކޮށްފައި ނުވާނެ ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސީބީއެސްގެ "60 މިނިޓް" ޕްރޮގްރާމްގައި ޕްރިންސް މުހައްމަދު ވިދާޅުވީ ޚާޝުގްޖީ މަރާލުމަކީ ވަރަށް ބޮޑު ކުށެއް ކަމަށެވެ.
"އެއީ ވަރަށް ނުބައި ކުށެއް. އެކަމަކު އެއީ ސައުދީ ސަރުކާރުގެ ވަކި ފަރުދުންގެ ބަޔަކު ކުރި ކަމަކަށްވާތީ، ސައުދީގެ ލީޑަރެއްގެ ހައިސިއްޔަތުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަން،" ޕްރިންސް މުހައްމަދު ވިދާޅުވި އެވެ. "ސައުދީ ސަރުކާރުގައި މަސައްކަތް ކުރާ ބަޔަކު، ސައުދީ ރައްޔިތަކާ ދެކޮޅަށް ކުށެއް ކޮށްފި ނަމަ، ގައުމުގެ ލީޑަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމުގެ ޒިންމާ ނަގަންޖެހޭ. އެއީ ބަޔަކު ކުރި ބޮޑު ގޯހެއް."
ޕްރިންސް މުހައްމަދު ވިދާޅުވީ ޚާޝުގްޖީގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓެއް ކަމަށްވާ ޚާޝުގްޖީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހު ލިޔުމެއް ހޯދުމަށެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެ އެވެ. ސައުދީން ފަހުން ބުނެފައި ވަނީ ޚާޝުގްޖީ މަރާލުމުގައި ބައިވެރިވެފައި ވަނީ ސައުދީ ޖާސޫސީ އިދާރާގެ ބައެއް ކަމަށެވެ.
"ބައެއް މީހުންނަށް ހީވެދާނެ ސައުދީ ސަރުކާރުގައި މަސައްކަތް ކުރާ ތިން މިލިއަން މީހުން ކޮންމެ ދުވަހަކު ކުރާ ކަންތައް އަޅުގަނޑަށް އެނގޭނެ ކަމަށް. އެކަމަކު އެއީ ވާނެ ކަމެއް ނޫން. އެ ތިން މިލިއަން މީހުން ކުރާ ކަންތައް ރިޕޯޓް ކުރާނީ އެ މީހުންގެ ވެރިންނަށް ތިބޭ މީހުންނަށް،" ސީބީއެސް ޕްރޮގްރާމްގައި ޕްރިންސް މުހައްމަދު ވިދާޅުވި އެވެ.
ވަލީ އަހުދު ވިދާޅުވީ ތަހްގީގު ނިމި، ކުށް ސާބިތުވެއްޖެ ނަމަ، އެ މީހެއްގެ ރޭންކަށް ބެލުމެއް ނެތި، އިންސާފު ގާއިމްކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
01 October 2019
ތިވާހަކަ ކިރުބޯ ތުއްތުކުދިންވެސް ގަބޫލެއް ނުކުރާނެ! ސަބަބަކީ މީނާގެ އެންމެ އަރިސް މީހުން ޕްރައިވެޓް ޖެޓެއްގަ ތުރުކީއަށްގޮސް އޭނާގެ ހަށިގަނޑު ކުދިކުދިކޮށްލީ.
ލުބްލާ
01 October 2019
އާނ ކަލޭ ތިހެން ބުނީމަ އަހަރެމެން ހިތުގެ އަޑިން ގަބޫލު ކޮށްފިން. *އައި ރޯލް*