އ.ދ ގެ އާއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާ އަށް ފުރާވަޑައިގަތުމުގެ ކުރިން ނައިބް ރައީސް ފައިސަލް ނަސީމާ ސަލާމްކުރައްވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން
02 އޮކްޓޯބަރ 2019 - 12:40
ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ހޭދަކުރަން ބަޖެޓުގައި ކަނޑައެޅި މިންވަރުގެ 99.4 ޕަސެންޓް ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ދައުލަތުގެ އެކި ދަތުރުތަކަށް 141 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދަތުރުތަކަށް މި އަހަރަށް ކަނޑައަޅާފައިވަނީ 142 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ކަނޑައެޅި ބަޖެޓުން ބާކީ އޮތީ މިލިއަނެއްހާ ރުފިޔާ އެވެ.
ސަރުކާރުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރީ ރިކަރަންޓް ހަރަދަށެވެ. އޭގެތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަޖެޓުގެ 74 ޕަސެންޓް ވަނީ ހޭދަކޮށްފަ އެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ އަށް 7.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ކަނޑައަޅާފައިވާ ބަޖެޓަކީ 9.5 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުން ހިންގާ ޕަބްލިކް ސެންޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މިހާތަނަށް ހޭދަކޮށްފައިވަނީ، ކަނޑައެޅި ބަޖެޓުގެ 37 ޕަސެންޓެވެ. މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރީ މަގު ހެދުމައި އެއާޕޯޓް މަޝްރޫއުތަކަށެވެ.
ސަރުކާރުގެ ހިންގުން ލަސް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާ އިރު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ ވެރިކަމުގެ ފުރަތަމަ އަހަރެއްގައި އެންމެ ގިނަ މަޝްރޫއުތައް ހިންގީ މި ސަރުކާރުން ކަމަށެވެ. މިހާތަނަށް 129 މަޝްރޫއު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވެރިކަމުގެ ފުރަތަމަ އަހަރު ހިންގީ 70 މަޝްރޫއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލިދައްކާ!!!
03 October 2019
ޕްރޮޖެކްޓް ތަށް ފެށުނީމާ ވީ ދޯ މި ސަރުކާރު އައިފަހުން އެންމެ ލޯލާރި ވެސް ނުލިބޭ މަގުހަދަން ރަށަށް އައިސްތިބި މީހުން ހިފާފަ ހުރި ގެއަށް. މީހުން ވެސް ނުނެރުނު އެއްޗެހިވެސް ނުނެރުނު މަސައްކަތްވެސް ހުއްޓިފަ ގެއަށް ކުލި ދައްކަނީ އެއްނޫން. މިހާރު އަހަރެއް މިވަނީ ! މޮޅު އަނގަ ތެޅުވުން ނޫން ކަމެއްވޭތަ؟
ނެގުނުކަތީބު
03 October 2019
ކޮބައިތަ މައްސަލައަކީ؟ އެވަރަށް އެހީގެ ފައިސާއާއި މިނިވަންކަމާއި ޙައްޤުތަށް ހޯދައި ދީފި ނޫންތޯ؟
ބަޖެޓް ހުސްވީ
03 October 2019
އެންމެ ދަތުރަކުން ދަތުރު ބަޖެޓް ހުސްވާނެ ނު، ގޭދޮށު ކުދިންނާއި ޕާޓީގެ އެކްޓިވިސްޓުން ގޮވައިގެން ފަސްޓް ކުލާހުގަ އެމެރިކާއަށް ދިޔައީމަ. ފުރަތަމަ ބުނީ އެވަރެއް ނުދެޔޯ އަސްލު ޚަރަދުވިވަރު އައިއްސަ ބުނާނަމޯ. ކީކޭ ދެން ބުނާނީ.
އަޅުގަނޑު އާރިފް
03 October 2019
ދެން މަތިންދާ ބޯޓުގަ ރަށަށްވެސް ނުދެވޭނެތަ!
އަހުމަދު މުސްތަންސިރު
03 October 2019
އާޗާ.ސަޅި.ނަންބަރުން ކަންކަން ނިންމަންޏާ ހާދަ ގަދައޭ ހުރިހާ ސަރުކާރުތަކެއްވެސް.އަރަބް ސްޕްރިންގ ގެނެސްގެން ޢަރަބިންނަށް ވީ ވަކި ފައިދާއެއް ނެތެވެ.ލީބިޔާ ސުންނާފަތިވީއެވެ.އީރާޤަށްވީ ވެސް އެހެންނެވެ.ސީރިޔާ އަހުލީ ހަގުރާމައަކަށް ވެއްޓުނީއެވެ.ދިވެހިންނަށް ވާން އުޅެނީ އިންޑިޔާގެ ވަކި ޝަހަރަކަށް ކަމަށް ނިކަން ހުރެ އެބަ ޤަބޫލްކުރެވެއެވެ.
ހމ
02 October 2019
ދެންވެސް އިންތިޚާބެއް އޮތިއްޔާ އެބައިގަނޑަށް ވޯޓުދީ.ދެއަތުގައި ހުރިބާރެއްލާފަ ގަދައަށް އަތްޖަހާ.އޭރަށް ހުންނާނީ ހަތަރެސްކަން ހަމަވެ އިތުރުވެސްވެފަ.
ދޮންވެލި
02 October 2019
ފައިދާ ނެގީއެވެ. ދަތުރު ބަޖެޓް ހުސް،ކޮށްލީ އެވެ. އެންމެގިނައިން ދަތުރު ކުރި މިނިސްޓަރާ އެންމެ ގިނައިން ހަރަދު ކުރި ފަރާތް ހާމަ ކޮށްލަ ބަލާށެވެ.
ގެސް
02 October 2019
ބަޖެޓްގެ އެބައިގަ ބާކީ އޮތް 1 މިލިއަންގެ ދަތުރު ކުރާނީ ކޮން ލަކީ މީހެއްބާ؟
ސުންނި
02 October 2019
ޔާމީނުގެ ފުރަތަމަ އަހަރުގެ ބަޖެޓަށް ވުރެ މިއަހަރުގެ ބަޖެޓު އެތަށް ގުނައެއް ބޮޑު. ނުވިތާކަށް ލޯނުތަކާ އިސްތިގުލާލު ވިއްކައިގެން ލިބުނު 'ހިލޭ' އެހީތަށްވެސް ގިނަ. މިސަރުކާރު މޮޅުވެގެން ރައްޔިތުންނަށް ލިބުން އެއްވެސް މަންފާއެއް ނެތް.
ހިޔަޅު
02 October 2019
9 މަސް ތެރޭ ދުވާލަކަށް 522000 އަށް ވުރެ ގިނަ ރުފިޔާ. މާތްކަލާނގެ ކުޅަދުންވަތަކަން. މީ ފުކެއް ބޮޑުވަރު.