ތޮއްޑޫގައި ހައްދާފައި ހުރި ކަރާ ދަނޑުތަކެއް.
03 އޮކްޓޯބަރ 2019 - 20:34
ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށްޓަކައި "ގްރޯން އިން މޯލްޑިވްސް" ގެ ނަމުގައި ހާއްސަ ޕްރޮޖެކްޓެއް އެސްޓީއޯ އިން ފަށައިފި އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ޕައިލެޓް މަޝްރޫއުއެއްގެ ގޮތުގައި އެންމެ ފުރަތަމަ ވިއްކަނީ އއ. ތޮއްޑޫގެ ދަނޑުވެރިން އުފައްދާ ބާވަތްތަކެވެ.
މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެ ކުންފުނިން ދަނޑުވެރިންނަށް އެހީތެރިވުމަށް ނިންމީ އެ މީހުންނަށް ލިބޭ ނަފާ އިތުރު ކުރުމަށް ކަމަށެވެ.
އަމްރު ވިދާޅުވި ގޮތުގައި، އެސްޓީއޯ އިން ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވަން ބޭނުންވަނީ، އެ ކުންފުނި މެދުވެރިކޮށް މަސްވެރިކަމުގެ ދާއިރާ ވެސް ތަރައްގީ ކުރި ގޮތަށެވެ.
"އެސްޓީއޯގެ ދަށުން މިފްކޯ ހިންގާ އިރު އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ރަނގަޅު އަގެއްގައި މަސް ވިއްކޭނެ ގޮތް ހޯދައި ދިނުމަށް. ނަތީޖާއަކަށް ވީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، ޒަމާނީ މަސް ދޯނި ފަހަރު ގެންގުޅެން ފެށި" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، ދަނޑުވެރިން ތަކެތި އުފައްދާ އިރު ބައެއް ފަހަރު ވިއްކަން ޖެހެނީ އުފެއްދުމަށް ހަރަދުކުރި ވަރަށް ވުރެ ވެސް ކުޑަ އަގެއްގައި ކަމަށެވެ.
"މާލެ އަށް ތަކެތި ވިއްކާ އިރު ބޯޓަކަށް އަރުވާފަައި ފޮނުވަނީ. ލިބޭނެ އަގެއް ނޭނގޭ. އަދި އެ ބޯޓު އެނބުރި ރަށަށް އައީމާ އެނގޭނީ ތަކެތި ވިއްކައިގެން ލިބުނު އަގު،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހައިސިއްޔަތުން ދަނޑުވެރިން ވިއްކާ ތަކެތި ގަނެ، ބަންދުކުރުމަށް ފަހު ވިއްކާނެ ކަމަށެވެ. އަދި އޭގެ ނަތީޖާ އަކީ އޭނާ ވިދާޅުވި ގޮތުގައި ދަނޑުވެރިންނަށް ރަނގަޅު ނަފާއެއް ލިބުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޚުތާރު
03 October 2019
ވަރަށް ރަނގަޅު ކަމެއް. އެކަމް ކެލާ ކަހަލަ ރަށްތައް އަވަހަށް ފަށަންވާނެ އަމްރޫ
ވަތަނޭ
03 October 2019
އަހަރުވަނީ އަދި ނީވޭ ވައްކަން ކުރެޔޭ ކިޔާ އަޑެއް.ތިހެން ހިފަހައްޓާލާ. ތިތާ ތި ހުންނަ ސޮރަށް ވާނެ މިކަން. ސާބަސް.
ާފިކުރީ
03 October 2019
އެސްޓީއޯ ކުރަން ލަސްވެއްޖެ ކަމެއް ތީ.ތީތި ސަޅިއޭ
ސުހޭލު
03 October 2019
މުޅި ދައުލަތް ބަލަދު އަރާފަ ދޯ އޮންނަނީ.އެކަމް އަމްރުވާ ރަނގަޅު ފައިދާ ނެރެދޭ ވިއްޔަ.
ފާއިޒާ
03 October 2019
ހެޔޮނުވާނެ އަމްރު ދަނޑުވެރިކަން ކޮޅަށް ޖަހައިދީ. މަ ބުނާނީ ތީ މޭން އެކޭ
ހަޖަމު ކުރަމާ
03 October 2019
މަސް ކިލޯއެެއް މާންދޫ އަށް ގަންނަ އަގު 16 ރުފިޔާ 14 ރުފިޔާ އަދި 9 ރުފިޔާ އަށް ދަށްކޮށްފި އެވެ.ކިރުވަނީ ދޯންޏަކުން ދުވާލަކު ޓަނެކެވެ.މަސްވެރިން ނަށް ހައްޤުވާ މިންވަރަކީ މިއީ ކަމަށް ޤަބޫލް ކުރަމެވެ.
ލާމު އަތޮޅު
03 October 2019
ދަނޑުވެރި ކަނުގެ ނަފާ ވެސް މަސްވެރި ކަމުގެ ނަދާ ވެސް ޓޫރިޒަމުގެ ނަފާ ވެސް މާލެ އާއި މާލެ ވަށާތިބި މީހުނަށެވެ.އަހަރެމެނަށް އޮތީ ވޯޓް ލުމެވެ. ދެން އަތް ޖެހުމެވެ
ވިސްނާބަލަ
03 October 2019
މިއީ ރިސްކު ބޮޑު ފައިދާ ކުޑަ މަސައްކަތް ކުރާ މީހުން ނެވެ. 100 ވަޅުގެ ކަރާ ދަޑެއް ހައްދަން 10 ހާސް ރުފިޔާ ޚަރަދު ވާނެއެވެ. 100 ވަޅުގެ ކަރާ ދަނޑެއް މޮޅަށް ހެދިއްޖެ ނަމަ ލިބޭނީ 3 ޓަނު ކަރަލެވެ.ނާލަށް / 3000 ރުފިޔާ ނާލަށް ދޭން ޖެހެއެވެ. ދެކޮޅުން އުފުލާ ބޭލުމަށް އިތުރު /500 ރުފިޔު ޚަރަދު ވެއެވެ.ކަރާ ކިލޯއެެއް ވިއްކޭނީ 10، ނުވަތަ 15 ރުފިޔާ ދެމެދު އަގަކަށެވެ.އިންދާ ހުރިހާ ދަނޑަކުން އެެއްޗެއް ނުލިބޭނެ އެވެ. ވީމާ ދަނޑު ވެރިކަން ކުރަނީ ކީއްކުރަންތޯ
ޚަދީޖާ ބާސިތު
03 October 2019
އެބަ ރަނގަޅުވޭ.ތި ހުރިހާ ފާމަސީއެއް ހިންގުމަށްވުރެ ފައިދާވާނެ
ސަނާކިޔާ
04 October 2019
ހުރިހާ ފާސީއެ ހިންގަނީ ނަފާ ހޯދަންތަ.. ޙިދުމަތަކީ ސަރުކާރަކުން ދޭންޖެހޭ އަސާސީ ހައްގެ.. ހޮސްޕިޓާތަކާ ސްކޫލުތަ ހިންގަނީ ނަފާވެރިކަމުގަ..