އިމިގްރޭޝަނުން ޑީޕޯޓު ކުރި ދެ ބިދޭސީން ކަމަށްވާ އަބޫ ހަނީފާއި (ކ) ޝަފީގުލް އިސްލާމް.
06 އޮކްޓޯބަރ 2019 - 12:26
ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ރާއްޖޭގައި ވިޔަފާރި ކުރުމުގައި އުޅުނު ދެ ބިދޭސީއަކު ޑީޕޯޓު ކުރި މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ފާސްކޮށްފަ އެވެ.
އިމިގްރޭޝަނުން ޑީޕޯޓްކުރީ ބަންގްލަދޭޝްގެ ޝަފީގުލް އިސްލާމް ނަމަކަށް ކިޔާ މީހަކާއި އެ ގައުމުގެ އަބޫ ހަނީފް ނަމަކަށް ކިޔާ މީހެކެވެ. ދެ މީހުން އެނބުރި ގައުމަށް ފޮނުވާލީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރަން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
މަޖިލިހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އިމިގްރޭޝަނުން ދެ ބިދޭސީއަކު ޑިޕޯޓު ކުރި މައްސަލަ ކޮމިޓީން ބަލަން ޖެހޭ ކަމަށެވެ. އަދި އިމިގްރޭޝަންގެ ވެރިން ހާޒިރުކޮށް އެކަން ހިނގާފައި އޮތް ގޮތް ބަލަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ބިދޭސީންނަކީ ޖިނާއީ އެތައް ތުހުމަތެއް ކުރެވޭ ދެ މީހުންނެވެ.
އިމިގްރޭޝަންގެ ވެރިން ހާޒިރު ކުރަން ހުށަހެޅުއްވި އުޝާމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ، ކޮމިޓީން އެޅުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
އުޝާމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ، އެއީ ގައުމީ ސަލާމަތާ ވަރަށް ބޮޑަށް ގުޅުން ހުރި މައްސަލައެއް ކަމަށެވެ. ތަހުގީގު ނުކޮށް، އެމީހުން ޑީޕޯޓު ކުރި މައްސަލަ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި ކުށެއް ކުރި ކަން ތުހުމަތު ކުރެވޭ އެއްވެސް އިދާރާއަކުން އެ މައްސަލަ ތަހުގީގު ކުރަން ފަރާތަކާ ހަވާލު ކުރުމެއް ނެތި ރާއްޖެ އިން ބޭރަށް ފޮނުވާލެވިގެން ވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމާ، ކުރިއަށް އޮތް ތަނުގައި އެކަހަލަ ކަމެއް ވިޔަ ނުދިނުމަށް އަޅުގަނޑުމެން ބަލަން ޖެހޭ މައްސަލައެއް އެއީ،" އީސަ ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓެ) ވިދާޅުވީ އިމިގްރޭޝަންގެ ވެރިންނަށް ސިޓީ ފޮނުވައިގެން އެކަން ހިނގި ގޮތް އޮޅުން ފިލުވުމުގެ ބަދަލުގައި އެބޭފުޅުން ކޮމިޓީ އަށް ހާޒިރު ކުރަން ޖެހޭ ކަމަށެވެ. އަދި ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.
ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އިރު ރާއްޖެ އަށް މީހުން ރެކްރޫޓްކުރުމުގެ ތެރެއިން ހިއުމަން ޓްރެފިކިން އަށް މަގުފަހިވާ އެތައް ކަމެއް ހިނގަ އެވެ. އެހެންވެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިން ވޮޗްލިސްޓްގައި ރާއްޖެ އިން ހިމެނޭތާ އަހަރުތަކެއް ވެއްޖެ އެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، ޑީޕޯޓް ކުރި ދެ ބިދޭސީންގެ ތެރެއިން ހަނީފަކީ ރާއްޖެ އިން އެންމެ ގިނަ އަދަދަކަށް ޑޮލަރު ބޭރުކުރާ އެކެކެވެ. ގިނަ ވިޔަފާރިތަކެއް ހިންގާ އިރު، އޭނާ ރާއްޖެ އެތެރެވީ ވަޑިއަކަށެވެ. އެކަމަކު ފުރަން އެއާޕޯޓުގައި ހުއްޓައި އަތުލައިގަނެ، ޑީޕޯޓް ކޮށްލީ މަނީ ލޯންޑަރިން އާއި އެ ނޫން ވެސް ބޮޑެތި ކުށްތަކުގެ ތުހުމަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 October 2019
މިހިސާބަށް މިމައްސަލަ ދިއުމުންވެސް އެޑްވާންސް ވީސާނަގައިގެން މެނުވީ ބަންގްލަދޭޝް ރައްޔިތުނަށް ރާއްޖެނާދެވޭގޮތަށް ޕޮލިސީ ބަދަލުނުކުރެވިގެން އުޅެނީ މިކަމުގައި ބާރުގަދަފަރާތްތަކެއްގެ ނުފޫޒު އޮތުމުންތޯ؟! # އިތުރަށް ވިސްނާންޖެހެނީ ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގައި މާބޮޑު ހިއްސާއެއްނެތް މަންޒިލެއް ކަމުގައިވާ ޑާކާއަށް މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓް ބާއްވަން ޖެހޭސަބަބާއި މިކަމުގައި ބައެއްގެ މަސްލަހަތުއޮތްނަމަ އެއީ ކޮންބައެއްތޯ ބެލުން.
falcon_autho
06 October 2019
ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަމިއްލަ އިޚްތިޔާރުގައި ފުރަންދާން ދިޔައީމާ ހިފަހައްޓައި ހައްޔަރުކުރާއިރު ޤާނޫނީގޮތުން ބޮޑުކުށެއް ކޮށްފައިވާ ބަޔަކު އަވަސް އަވަހަށް ފުރުވާލީމާ ދެން އިންސާފު ގާއިމުކުރާނޭ ގޮތެއް ބުނެބަލަ. މިހާރަކަށް އައިސް ބައެއް ކުންފުނިތަކުންނާއި ސަރުކާރުންވެސް އެމީހުން ގެންގުޅޭ ބިދޭސީއަކު ދިވެހިރައްޔިތަކަށް ބޮޑު ޖިނާއީ އަމަލެއް ހިންގީމާ އަވަސް އަވަހަށް އެމީހާ ފުރުވާލަނީ. ތަހްގީގު ކުރަން ބަލާއިރު އެމީހާ އަތުޖެހޭކަށް ނުހުރޭ.
އަލިފް ހ
06 October 2019
ޤާނޫނާ ޤަވާއިދު ތަކުގެ ތެރެއިން ކަމެއް ކުރީމަވެސް މިމީހުންގެ ގަޔަށް ހިނި އަރައިގެން މިއުޅޭ ސަބަބެއް އެބަޖެހޭ ބަލަން. މިކަންތައް ތަކުގަ އަޑީގަ ތިބީ މި މެންބަރުންނެކޭ މަށެއް ނުބުނަން! ލޮލް
ޓެރޭ
06 October 2019
މުޅި މަޖިލިސް ތިކަަމަށް ހުސްވާންޖެހޭ 24ގަޑި އިރު ހުޅުވައިގެން ވިޔަސް ތިކަންބަލާ ފޮނުވާލި ދެމީހުން ގެންނަންޖެހޭ. ގަލޮޅު ދަޑުން ފެނިގެން ދިޔަ އިމިގްރޭސަންގެ ހަރުދަނާ ކަމާ ތެދުވެރިކަމާ ގައުމުދެކެވާ ލޯއްބާ ސަރުކާރުތަކުގެ ގާބިލްކަން.
ގަމުކަރާ
06 October 2019
މަޖުލީހަކީ މައްސަލަ ބަލާ ތަނެއްތަ؟ ނޫނީ ގާނޫނު ހަދާ ތަނެއްތަ؟ ޢޮޅިއްޖެ!!
ބަންދަގީ
06 October 2019
މިޤައުމުގެ އިމިޤްރޭޝަން ޤާނޫނުތަކަކީ އެއްޗެއްނޫންކަން ގަލޮޅު ދަނޑުން އިއްޔެ އެގިއްޖެ. އެމަންޒަރުން ޤައުމު އެކިއެކި ވެރިން ފެއިލްވެފައިވާ މިންވަރާއި ޤައުމުގައި ކޮރަޕްޝަނާއި ފަސާދަ ފުޅާވެފައިވާ މިންވަރު އެގިއްޖެ. އަދި ޤާނޫނާ ޚިލާފުވުމަކީ މިޤައުމުގައި ފަސޭހައިން ރެކި ގަނެވޭނެ ކަމެއްކަން އެގިއްޖެ. ވެރިން މިތިބީ ތިމާގެ ފޫކޮޅު ކަހައިދޭ މީހާގެ ފޫކޮޅު ކަހައިދޭ ގޮތަށް. މަޖިލިސް މެޖޯރިޓީ ހޯދައިން ތިބެ މިކުރާ ކަމަކީ ކުކުޅު ގުއިދޮއްވުން.
ބަށިބޯން
06 October 2019
އިމިގްރޭޝަނުން ހެދީ ހަމަ ރަނގަޅަށް !
ހިގޮ
06 October 2019
މުއްސަދިންނަށް ވަގުވިޔަފާރި ކޮށްދީ އުޅޭ ކުދިންބޭރު ކޮށްލީމަ އެހެންވާނެ ނެޓްވޯރކް ގެއްލިގެން އެއުޅެނީ
މަނަ
06 October 2019
އަބަދުވެސް ކުއްވެރިނގެހައްގުތައް ހޯދަދޭންއުޅޭ. އެއްފަަރުވެސް އެންމެ ރަނގަޅެނު އާންމު ފަރުދުންގެ ކަމެއް ނުކުރެވިގެނަ, ނޫނީ އެމީހުނަށް ފޯރާފަ ވާ ތިފަދަ މުސީބާތްތަކަށް ވާހަކަ ދަކާލުންވެސް, ކުންފުނިތަކުން ތިކަމުގަ ތިހާވާ ހަޑިވެސް ބަލާލަން ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
06 October 2019
ރާއްޖޭގައި ތިބި އިމިޤްރޭޝަން ޤާނޫނާއި ހިލާފް މީހުންގެ މައްސަލަ ހައްލުކުރުމަށްޓަކާ ސާކް ޤައުމުތަކުގެ އޯޑިނަރީ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް އެޑްވާންސް ވީސާނެތި ރާއްޖެ ނާދެވޭގޮތަށް ހެދުމަށް ޤައުމީ ސަލާމަތާއި ބެހޭކޮމަޓީން އިމިޤްރޭޝަންގެ މައްޗަށް އަމުރުކޮށް އެކަން އެގޮތަށް ކުރުމުގެ ތައްޔާރީތައް ހަމަޖެއްސުމަށް ފޮރިންގ މިނިސްޓްރީއަށް އަންގާންޖެހޭ.
މުރީދުބެ
06 October 2019
ތިޔައީ ހައްލެއް ނޫން! ތިޔަހެން ހެދީމައި ތިޔަބުނާ ސާރކް ގައުމުތަކަށް (ސިލޯން، އިންޑިޔާ، ޕާކިސްތާން، ބަންގަލާދޭސް..) ދަތުރުކުރާ ދިވެހިންނަށްވެސް އެޑްވާންސް ވިސާ ނުހޯދައި އެގައުމުތަކުން ނުދެވޭނެއެވެ. ދެން އަހަރުމެން ދިވެހިންނަށް އަނެއް އުނދަގޫ ނޫންތަ ޖެހޭނީ؟ މައްސަލަ އަކަށް ވެގެން މިއުޅެނީ ފައިސާގެ ދަހިވެތިކަމުގައި މިހާރުވެސް ހެދިފައި ހުރި ގަވާއިދުތަކާއި ޚިލާފަށް ބައެއް މީހުން ކަންކަން ކުރާތީއެވެ. އެކަން ރަނގަޅު ނުކުރެވި މައްސަލަ ހައްލު ނުވާނެއެވެ!
ކަޑުކޮސް
06 October 2019
އޭރުން އަހަރުމެންނަކަށްވެސް ލަންކާ، އިންޑިޔާއަކަށް ވިސާނުނަގާ ނުދެވޭނެ
އޮނަރަބްލް އަފީފު ދީދީ
06 October 2019
މުރީދުބެއަށް: ފުރަތަމަ ކަމުގެ ސީރިއަސްކަމަށް ވިސްނާ. އެޑްވާންސް ވީސާނެގުމަކީ މިޒަމާނުގައި އުދަގޫ ކަމެއްނޫން. އޮންލައިން ކޮށް އެޕްލައިކުރެވޭނެ އިންތިޒާމް ހަމަޖެއްސިދާނެ. މިހެން އޮތުމުން އިންޑިޔާ ލަންކް ސަރުކާރަށްވެސް އިގޭނެ މިއުޅެނީ އެ ޤައުމުގެ ރައްޔިތުނަށް އުދަގޫކުރާން ނޫންކަން. # މިހާރުވެސް އިންޑިޔާ އަދި އަފްއާނިސްތާނަށް ބަންގްލަދޭޝް ރައްޔިތުނަށް ދެވެނީ އެޑްވާންސް ވީސާ ނަގައިގެން. ފުރަތަމަ ރެސްޓްރިކްޝަންތައް އަޅައި މިކަންކުރުން ހުއްޓުވާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
06 October 2019
ކަނޑުކޮސް އަށް : މިއުޅެނީ މީދާ ރުކަށްއަރާތީ ރުއްކަނޑާލާކަށްނޫން އިގޭތޯ! މިފަދަކަންކަމުގައިވާހަކަދައްކާންޖެހޭނީއިލްމީނަޒަރަކުން. އަދި އެވާހަކަދައްކާންވާނީ ކަމާއިގުޅުންހުރިމައުލޫމާތުހުރިމިންވަރަކަށް. # ދުނިޔޭގައިބޯޑަރުބެލެހެއްޓުމަށް އަޅާފައިވާފިޔަވަޅުތަކަށްބަލާއިރު ސާރކްޤައުމުތަކުގެތެރެއިން ބަންގްލަދޭޝް އޯޑިނަރީޕާސްޕޯޓް ހޮލްޑަރުންނަށް އިންޑިޔާ އަށާއި އަފުއާން އަކަށްވެސް އެޑްވާންސް ވީސާނެތި ނުދެވޭ. މިލިސްޓްގައި ރާއްޖެ ހިމެނުމުގައި މައްސަލައެއްކޮބާ؟