ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ކުރިން ބައްދަލުކުރައްވަނީ. ފްރީ ޓްރޭޓް އެއްްބަސްވުން ކުރިއަށް ގެންދަން މަޖިލީހުން ބޭނުން ނުވެދާނެ ކަމަށް ނަޝީދު ވިދާޅުވި---ފޮޓޯ: ރައީސް އޮފީސް
06 އޮކްޓޯބަރ 2019 - 14:44
ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުން އެ އޮތް ގޮތަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ބޭނުންވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ޗައިނާއިން ޖެހޭނީ އެ ގައުމަށް ރާއްޖޭން އަދާކުރަން ޖެހޭ ދަރަނި ހަގީގީ މިންވަރަކަށް ކުޑަކުރަން ކަމަށާއި އެކަމުގައި އިތުރު ގޮތްްތަކެއް ހޯދަން ސަރުކާރުން މަަސައްކަތް ނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ އެމްޑީޕީ ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށް ޗައިނާއާ އެކު [ލޯނުގެ ކަންތައްތަކުގައި އެއްބަސްވާނެ] އިތުރު ގޮތްތަކެއް ހޯދަން. ޗައިނާ އިން ޖެހޭނީ ދަރަނީގެ މިންވަރު ހަގީގީ މިންވަރަކަށް ކުޑަކުރަން،" ނަޝީދު ވިދާޅުވި ކަަމަށް ދަ ހިންދޫގެ ހަބަރުގައި ބުންޏެވެ.
ޗައިނާއިން ދީފައިވާ ލޯނުތަކުގެ އިންޓަރެސްޓް މާ ބޮޑު ކަމަށާއި މަޝްރޫއުތަކަށްް ހޭދަވާނެ ކަަމަށް ކަނޑައަޅާފައިވާ އަގުތައް ވެސް މާ ބޮޑެތި ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ވިދާޅުވެފަ އެވެ. ދަ ހިންދޫ އަށް ދެއްވި އިންޓަވިއުގައި ވެސް އެ ވާހަކަ ތަކުރާރުކުރެއްވި އެވެ.
އެއާ އެކުގައި ވެސް ޗައިނާއާ ރާއްޖެއާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ޗައިނާއިން ރާއްޖެ އަށް ގެނެސްފައިވާ އިންވެސްޓްމެންޓްތަކާ ދެކޮޅަށް އަބަދުވެސް ފާޑުވިދާޅުވަމުުން ގެންދަވާ އިރު އެމްޑީޕީގެ ސަރުކާރަށް އަހަރެއް ވީ އިރު ވެސް އެއްވެސް އެއްބަސްވުމެއް އުވާލައިފައި ނުވާ ކަމަށާއި އެކަން ތަފްސީލުކޮށްދެއްވާނީ ކިހިނެއްތޯ ދަ ހިންދޫން އެމަނިކުފާނަށް ސުވާލު ދެންނެވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވަނީ "އިދިކޮޅުގައި ތިބޭ އިރު ވަކާލާތުކުރާ ބަދަލުތައް ގެނައުމަކީ ސަރުކާރަށް އައުމަށް ފަހު އުނދަގޫ ކަމެއް" ކަމަށެެވެ.
"އަޅުގަނޑަށް އަބަދުވެސް އިހުސާސްވީ ގޮތްތަކެއް ހޯދުމަށް ވުރެ މުހިއްމު ކަމެކޭ އުސޫލުތަކުގައި ހިފެހެއްޓުމަކީ،" ނަޝީދު ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖެ އަށް ދީފައިވާ ލޯނުތަކަކީ އެ ލޯނު ދިން މަޝްރޫއުތަކަށް ހޭދަވާނެ މިންވަރަށް ވުރެ މާ ބޮޑެތި ލޯނުތަކެއް ކަމަށާއި އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ވެސް މާބޮޑު ކަމަށް ވިދާޅުވެ، އެމަނިކުފާނު ވާހަކަ ދެއްކެވި ކޮންމެ ފަހަރަކު ޗައިނާއިން އޮތީ ރައްދު ދީފަ އެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުނު ދުވަހު ބޭއްވެވި ނޫސްކޮންފަރެންސްގައި ނަޝީދު ވިދާޅުވީ ޗައިނާ ރައްޔިތުންނާ ނުވަތަ އެ ގައުމުގެ ސަރުކާރާ ވެސް އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ޗައިނާ އިން ގައުމުތަކަށް ލޯނު ދޫކުރުމުގެ ކަންތަން ހިންގާ ގޮތާ ބެހޭ ގޮތުން އެއްޗެއް ވިދާޅު ނުވެ ހުންނެވުމަކީ ރާއްޖޭގެ އިތުރުން ދުނިޔެ އަށް ވެސް ހުރި ގެއްލުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވެސް އަނެއްކާ އެ ވާހަަކަ އަލުން ދައްކަވާފައި ވާނެ ކަމަށެވެ.
ޗައިނާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ލޯނުތައް ހުރީ ރާއްޖެ އަށް ގެއްލުންވާ ގޮތަށް ކަމަށް ފާހަގަކުރައްވައި މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވީ ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކެވެ. އެ ފްލެޓްތައް އިމާރާތްކުރަން އަގު ދީފައި ވަނީ އެ މަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އެފަދަ މަސައްކަތަކަށް ހަގީގަތުގައި ހަރަދުވާނެ މިންވަރަށް ވުރެ ދެ ގުނަ އިތުރަށެވެ.
"ދޮރު ނުބަހައްޓާ ޓައިލްސް ނުޖަހާ ކުލަ ނުލާ އެހެންވީމާ ފިނިޝިންނާ ނުލައި 1،900ރ، އަށް އަކަފޫޓެއް. މާލޭގައި އެންމެ ރީތިކޮށް ތިހިރީ ފެނިވަޑައިގަންނަވާ ނޫންތޯ ފްލެޓްތައް އެއީ 1،200ރ، އަށް އަކަފޫޓެއް. މީ 1،900ރ، އަށް. އެހެންވީމާ ދެ ގުނަ އަގުގައި ހަދާފައި މިހިރީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ވާހަކަފުޅަށް ރައްްދު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވެފައި ވަނީ ފްލެޓްގެ އަކަފޫޓަކަށް ޖެެހެނީ 1450ރ. ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާ، އެކުވެރިސުވައިދީބް
07 October 2019
މި މަނިކްފާނު ކިޔާލަވަ އާއި ރާގު ވަރަށްގިނަ ދިވެހިންނަށް މިހާރު ދަސްވެއްޖެ.
ޢާދަމުގެ ދަރިއެއް
07 October 2019
މަޖްލިސްއާ މެދު ރައްޔިތުންވެސް ނުރުހިދާނެ !
އަލިބެއްޔާ!
07 October 2019
ނަޝީދު މިހެން ބުނުމަކީ އެއްވެސް ޝަރުތަކާނުލާ 65 މެމްބަރުން މިކަމަށް އެއްބަސްވުން.
ޒުވާނާ.
07 October 2019
ރައްޔިތުން ނައް ޖެހިފަ މިއޮތީ މިވެރިކަން ބަދަލުކުރަން ޗައިނާ ޔަކީ ރާއްޖެޔައް ރައްޔިތުންނައް ފައިދާ ވާގޮތައް ތަރައްގީ ގެނެސްދޭނެ ބަޔަކީ ތިޔައިންޑިޔާ ނުދޭނެ ރާއްޖެ ހަ މަނޭވާލިޔަވެސް
އިނޫ
07 October 2019
އެމް ޑީ ޕީ ސަރުކާރުގަ ނަޝީދު ހުޅުމާލޭގަ އެޅިފުލެޓުގެ އަކަފޫޓަކަށް 2200 ރުފިޔާއަށްވުރެ އަގުބޮޑު.
ކަކުނިބޯ
07 October 2019
ތިޔައީ ހަ މަ ތިކަން އޮތްގޮތް، ރުހުންދޭނެކަ މެއްނެތް ފްރީޓްރޭޑް އެއްބަސްވުމުމުމ މުން ފައިދާވާނީ ޗައިނާއަށް އައިހެވަން ޕްރޮޖެކްޓް ޗައިނާއަކުން ނުހިންގާނެ ކޮލޮ މްބޯ ޕޯޓް އަދި ހަ މްބަންޓޯޓާޕޯޓް އެ މީހުނގެ ބާރުގެދަށުގައި ހުއްޓާ އެހެންވީ މާ މިޤައު މަށް ފައިދާނެތްކަ މެއް ނުކުރެވޭނެ. ވާންކޮށްފަބަހަށްޓާ ޗައިނާޖެހޭނީ ލޯންތަށް ކުޑަކުރަން ތިޔައި ގަޓުހުރު މަކީ
765--
06 October 2019
މިހާރު ވާހަކަ ދައްކާއިރު މީނާއަށް ކިޔެނީވެސް އެމްޑީޕީ ސަރުކާރޭ..
ފަޤީރުކޮއެ
06 October 2019
މިޤައުމުގަ އަޅެ ރައީސުލްޖުމުހޫރިއްޔާއެއް އެބަހުރިތަ؟ ދީނީ މައްސަލަ! ހާރިޖީ މައްސަލަ! ދާޙިލީމައްސަލަ! ކަމެއްވާހެންވެސް ހީނުވޭ
ރާއްޖެ
06 October 2019
މަޖިލީހުގަ 25 އަހަރު އިނީ ވެސް އެހެން. ހައްޕު ކިޔައިގެން.
ހީވޭ
06 October 2019
ހޮވަން ވޯޓްލީ މީހުންނަށް އޮޅުނަކަސް މިގައުމުގެ އަސްލު ވެރިއާ އެހުރިހާ ވާހަކައެއް އެދައްކަނީ...
ބަނާނާ ސަރުކާރު
06 October 2019
ތިޔަވާގޮތުން ޗައިނާގެ ވިޔަފާރިތަ ފުޑުނީ.. ވަރަށް ގެއްލުންވާނެ ޗައިނާއަށް.. ޝީޖިންޕިން ބޯކަހާނެ މިހާރު.. ޗައިނާގެ ވިޔަފާރިތަ ހިމާޔަތްކުރަން ބޭނުމިއްޔާޖެހޭނީ ނަޝީދު ބުނާގޮތަކަށް ކަންކުރަން.. ޗައިނާ ކުޑަކަކޫ ޖެހުނީތި..
ގައުމީދޫ
06 October 2019
ޢަޅުގަނޑު ހަނދާނަށް އަންނަނީ ކުޑައިރު ލިބުނު ޗާބީ ދޭ ބުދެކެވެ. ޗާބީ ދީފައި ބިންމަތީގައި ބެހެއްޓުމުން، އޭތީގެ ސްޕީކަރުން އަޑުއިވުމުން އޭގެ ބީޓަށް ނަށާ ހަދާނެ. މިހާރު މި ފެންނާނީ ރާއްޖޭގެ “މާވަރުގަދަ” ސިޔާސީ ލީޑަރަކުވެސް އިންޑިއާގެ ބެރަށް ނަށާތަން. ކަޝްމީރު މައްސަލައާއި ، އޯއިސީ އާއި ، ދިވެހިގައުމަށްވުރެ މާ އިންޑިއާވެ ޕަޕެޓް ހެދިގެން އުޅޭތަން!