ކޮމިޝަނަރު ކަމަށް ވާދަ ކުރައްވާ ފިޔާޒާއި ފަޔާޒް---
08 އޮކްޓޯބަރ 2019 - 16:21
އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ތަޅުމަށް ހުށައަޅަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ރައީސް ނަން ފޮނުއްވި ހަތަރު ބޭފުޅުންނާ އިއްޔެ ކޮމެޓީން ވަނީ އިންޓަވިއުކޮށްފަ އެވެ. މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން ނިންމީ ހުސެއިން ފިޔާޒް މޫސާ އާއި އަހުމަދު ފަޔާޒް ހަސަން އަދި އަހުމަދު އާހިދު ރަޝީދުގެ ނަމެވެ. ފާތުމަތު ސައުޝަންގެ ނަން ފާހެއް ނުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. ވޯޓް ނަގާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ މިހާރު ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަންވާނެ އެވެ. އެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ މުއްދަތު ހަމަވީ ޖުލައި 22 ގަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަމްނާ
09 October 2019
ޕީއެސްއެމް ގެ އެމްޑީ ނެތްތަ!
އިންޑިއާރާއްޖެ
08 October 2019
ތީ އެމްޑީޕީގެ ރަތްލާޖެހި އެކްޓިވިސްޓުން ކަންނޭންގޭ ދިވެހިރަތްޔިތަކު މިގައުމުގަ އެބަހުރިބާ؟؟؟ އިންޓަގްރިޓީ ތިއޮތީ އެކޮޅުކޮޅުން ޖެހިފަ، ވަގުތު ބޭކާރުނުކޮށް ތިތަނުން އެކްޓިވިސްޓަކަށް ޕާޓީއޮފީހުން ތިކަންނިންމާލިނަމަ މަޖިލީހުގެ ކަރަންޓުބިލުނަމަވެސް ތަންކޮޅެއްކުޑަވީސް. އެޖެންޑާނަވާރަ ހާދަހާތަފާތޭދެއްތޯ؟؟؟؟؟
ގުދޯގުދޯ
09 October 2019
ހަމަ އަސަރެއް ކޮއްލާނީ..
މުހައްމަދު ޢަލީ
08 October 2019
ކޮމެޓީން މާކްސްއެއް ނުދިން.ކީއްވެ؟ކޮމެޓީ އޮތީ އަންތަރީސްވެފަތޯ؟ފިޔާޒަށް މާކްސް ނުލިބޭނެތީ މާކްސް ނުދިން.ދެން ފުކެއް ބޮޑުވަރު ދޯތީ.ވެރިކަމަށް އަންނަންވީމާ ކުރީގެ ސަރުކާރުން ހިންގީ ކޮރަޕްޝަން.ތިމާމެން ޤާނޫނުތައް ބަދަލުކޮށް ކަންކަން ކުރާއިރު އޯކޭ.ނުވިތާކަށް މަޖިލީހުގެ ކޮމެޓީތަކުގެ ޢާންމު އުސޫލުން ބޭރުވީމަވެސް އޯކޭ.ސަޅި.ދެން ތިހާ ކުޅުންނުކުޅެ ކޯޓު ފެހިމީހާއަށް ހަވާލުކޮށްލާ.ތި ވޯޓު ނަގައި ނިންމާނެގޮތްވެސް އެބައެގޭ.
މަރީި
08 October 2019
ކަލޯ މަޖިލިސް ގަވާއިދުގަ އޮންނަނީ މާކްސް ނުދޭ ގޮތަށް މިހާރު
އަހްމަދު
08 October 2019
ތިޔަކޯޓަކީފިޔާޒައް ފިޓކޮށްފަހާނިންމާފައޮތްކޯޓެއް އިތުރުޑުރާމާނުކުޅެތިޔަކަންނިންމާލާ
މުށި
08 October 2019
އާހިދުގެ ފޮޓޯގަނޑެއް ނުލިބުނީތަ.
ހުއްޓިކުއްޓި
08 October 2019
ރަތްޔިތުންގެ ލޮލުގަ އަނދުންނާޅުވާ ތިމަގާމުދީބަލަ ފިޔާޒަށް.އެއީނު ބޭނުންވާ ގޮތަކީ.
ކޮލަޗަރި
08 October 2019
ފަޔާޒު އެންމެ ރަނގަޅީ
ހުއްޓިކުއްޓި
08 October 2019
ކުފޫހަމަވާ މީހާގެ ނަންބޭރު ކޮއްލީ.ފިޔާޒުއަށް މަގާމ
އަލީ ރާޖާ
08 October 2019
ވެރިކަމަށް ގެންނަން ދޮގު ޙަބަރާ ޕްރޮޕެގެންޑާ ފަތުރައިދިން ރ ޓީވީގެ ސޮރު ނަގާ ބައިންދަބަލަ ކޮންހާ ޑްރާމާއެއް.
މޫސާ ހަސަން
08 October 2019
އާނއެކޭ.އޭނައަށް ދޭ މަޤާމެކޭ މީ.ދެން ކޮންހާޒާތަކަށްތަ މިއުޅެނީ.އެއްފަހަރު ބުނާނެ ރައްޔިތުން ބުނާއެއްޗެއް ބަލަނީޔޭ.އަނެއް ފަހަރު މާކްސް ނުދޭ.ދެން ކޮން ކަންތައްގަޑެއްތަ މިހިންގަނީ.ދޭންވާ މީހާ ގެންގޮސްފަ މަޤާމު ދިނީމަ އޮންނާނީ އެބުނާ އެއްޗަކަށް ވެފަ.
ސަންޕަ އަހަންމަދު
08 October 2019
އެކްޓިވިސްޓުން ތިފަދަ ތަންތަނަށް ލައިގެންނުވާނެ. ވަރަށް ސާފުކޮށް މިބުނީ.