އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަރީފް ރަސްމިއްޔާތެއްގައި: އެ ތިން ބޭފުޅުންނަށް ނަސޭހަތްތެރިވާން ޖޭއެސްސީން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
08 އޮކްޓޯބަރ 2019 - 16:39
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަރީފާ ބެހޭގޮތުން ޖޭއެސްސީން ބެލި މައްސަލައެއްގައި އެ ތިން ބޭފުޅުންނަށް ނަސޭހަތްތެރިވުމަށް ތަހުގީގު ކޮމެޓީން ކުރިން އޮތީ ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އެ ނިންމުން ކޮމިޝަނަށް ހުށަހެޅުމުން އެ ނިންމުމަށް ޖަވާބުދާރީވުމަށް އެ ތިން ބޭފުޅުންނަށް ފުރުސަތު އޮތީ ދެއްވައިފަ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޖަވާބުދާރީވުމަށް އެ ތިން ބޭފުޅުންނަށް ވެސް ފުރުސަތު ދެއްވުމަށް ފަހު ތަހުގީގު ކޮޮމެޓީގެ ނިންމުމުގައިވާ ގޮތަށް ތައުދީބީ ފިޔަވަޅެއްގެ ގޮތުން އެ ބޭފުޅުންނަށް ނަސޭހަތްތެރިވުމަށް ކޮމިޝަންގެ މިއަދު ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފިޔަވަޅު އެޅީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން ގއ. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމާ ގުޅޭގޮތުން ބެލި މައްސަލައެއްގައި އޭނާ އަށް ނަސޭހަތްތެރިވުމަށް ތަހުގީގު ކޮމެޓީން ނިންމި ނިންމުމާ އެއްގޮތަށް އެގޮތަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނިގޮތުގައި އިތުރު ތިން ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅިފައި ހުރި މައްސަލަތަކެއް ވެސް ބަލަން ނިންމައި، ތަހުގީގު ކޮމެޓީ މިއަދު ވަނީ އެކުލަވާލައިފަ އެވެ. އެއީ ބ. އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް އުއްމު ކުލްސުމް އަބޫބަކުރުގެ މައްސަލަ އަކާއި ގއ. ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރުގެ މައްސަލައެއްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގާ ގުޅޭ މައްސަލައެއް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
09 October 2019
ދަ ތްރީ ބޭޑް ބޯއިޒް .. ނަސޭހަތް ދޭމަންޒަރް ޓީވީ އިން ލައިވް ކޮއްލެވިއްޖެ ނަމަ ވަރަށް ސަޅިވާނެ.
ިއިބްރާހިމް
09 October 2019
އެމްޑީޕީގެ ހިތިކަމުގެ ރަހަ އަދާލަތުގެ އަރުތެރޭގައި ލައިފި.
މަލުގެ ކަރުގަޑު
09 October 2019
ކިތަންމެ ވަރެއް އެރުވިޔަސް އަންނިއަކަށް ރާއްޖޭގެ ރައީސް ކަމެއް ނުލިބޭނެ. ލިބޭނީ 100 ހަމަނުވާ މަޖިލީހެއް ރައީސްކަން.
އުދުހޭ
09 October 2019
ބަސްނާހާ ކުދިން ފޮނުވަންވީ އިސްލާހިއްޔާއަށް
އުދުހޭ
09 October 2019
ބަސްނާހަނީދޯ؟
ހިސާނު
09 October 2019
މީގެ އެއްމެ މަޖާ ތަންކޮޅަކީ ޖޭއެސްސީ ރައީސް(އަރީފު) އަށް ނަސޭހަތް ދޭން ވެސް ޖޭއެސްސީ އިން ނިންމެވި ކަމެވެ. ޖޯކް ކަމުން ވެސް މިވަރެއް ނެތެވެ
ިއިބްރާ
09 October 2019
މިއީވެސް އެމްޑީޕީން ދީނަށް ކުރާ ފުރައްސާރައެކެވެ.
ދަނގަޑު ދަހަނާ
08 October 2019
ފަށާ ތާލީމާއި ތައުލީމު ދިޔާނާއި ދުރޫސުލް އަޚުލާގުގެ ފޮތްތަށް މުތައާލިއާ ކުރުމަށް ފަހު މި ބޭކަލުންނަށް ނަސޭހަތް ދެވޭނެ
ނިފޫ
08 October 2019
އިރަކު ފަނޑިޔާރުންހާ ގޯސް ބަޔަކު ނެތް! ދިވެހިންގެ ވިސްނުން ބަދަލުވާލެއް އަވަސްކަމުން އަންތަރީސްވޭ
ހޮޅިކަލޯ
08 October 2019
ތިޔަ މީހުނީ ލައްކަ ގިނަބަޔަކަށް އަނިޔާވެރިވި މީހުންނެވެ. ނަސޭހަތް ދޭކަށް ވެސް ނުޖެހެއެވެ.