"ސައުންޑް ޝާޓް" އެއް ދައްކައިލަނީ.
11 އޮކްޓޯބަރ 2019 - 07:39
އިވުމުން މަހުރޫމުވެފައިވާ މީހުންނަށް މިއުޒިކްގެ އަޑު އިހުސާސްކޮށްދޭ ޖެކެޓެއް އީޖާދުކޮށްފި އެވެ.
ލަންޑަނުގެ ފެޝަން ކުންފުނި ކިއުޓްސާކިޓްގެ މި އުފެއްދުމުގެ ފަހަތުގައި ތިބީ ބީރު ދެބެއިން ކަމަށްވާ ހާމަން އާއި ހެރޯޑާ ބާހޭން އެވެ.
އެ ދެބެއިންނަކީ އަޑުއިވުމުން މަހޫރުވެފައި ވިޔަސް ވަރަށް ކުޑައިރުއްސުރެ ވެސް މިއުޒިކާއި ނެށުމަށް ލޯބިކުރާ ދެ މީހުންނެވެ. އެކަމަކު ބީރުވުމުގެ ސަބަބުން މިއުޒިކަށް ނެށޭނެ ގޮތެއް ނެތެވެ.
Speaking about fashion, inclusivity, and innovation @lineapellefair #innovationsquare next week in Milano 🇮🇹 #WearableTech #innovation #inclusivity #cutecircuit #soundshirt pic.twitter.com/Bugis2mbaf
— CuteCircuit (@CuteCircuit) September 26, 2019
އެހެންވެ "ސައުންޑް ޝާޓް" ގެ ނަމުގައި އުފެއްދި ޖެކެޓަކީ މިއުޒިކްގެ އިހުސާސްތައް ހަށިގަނޑަށް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.
މިއީ އެ ލައިގެން ހުންނަ މިއުޒިކް ކުޅޭ އާލާތެއް ބޭނުންކުރާ އިރު ނުވަތަ މިއުޒިކް ކުޅޭ ތަނެއްގައި އިންނަ އިރު އޭގެ އަޑު އިހުސާސްކޮށްދެވޭނެ އުފެއްދުމެކެވެ.
ކިއުޓްސާކިޓުން "ސައުންޑް ޝާޓް" ތައްޔާރުކޮށްފައި ވަނީ 16 ސެންސަ އެކުލެވޭ ގޮތަށް ސްމާޓް ފެބްރިކުންނެވެ. މީގެ މައިގަނޑު އެއްޗަކަކީ ސްމާޓް ފެބްރިކާއި މައިކްރޮއިލެކްޓްރޯނިކްސް އެވެ. ބަލާލެލުމަށް ޖެކެޓްގެ ބޭރުން މާ ބޮޑު ތަފާތެއް ވެސް ފެންނާކަށް ނުހުންނާނެ އެވެ. އެއްވެސް ނަރެއް އަދި އެ ނޫން ވެސް އާލާތެއް ބޭރުން ފެންނާކަށް ނުހުރެ އެވެ. އެކަމަކު ބަލާލެލުމަށް، ސުޕަހީރޯއިން އަޅާ ކަހަލަ ކޮސްޓިއުމަކާ ވައްތަރެވެ.
"މިއީ ހަމަ ފެންނަ ފެނުމަށް މާ އާދަޔާހިލާފު ކަމެއް ބޭރުން ފެންނަން ނުހުންނަ ޖެކެޓެއް،" ހާމަން ބުންޏެވެ. "އެކަމަކު މީގެ ސަބަބުން މިއުޒިކަށް ލޯބިކުރާ އެތައް ބަޔަކަށް ހިނިތުވުން ވެސް ގެނެސްދޭނެ. އަހަރެމެންގެ ދިރިއުޅުން މީގެ ސަބަބުން ބަދަލުވެއްޖެ."
"ސައުންޓް ޝާޓް" ގެ އަގަކީ 3,673 ޑޮލަރު (56,747.85ރ.) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy