ބްރިޖްގެ މަސައްކަތް ކުރަން ހަދާފައިވާ ޕްލެޓްފޯމް: ބްރިޖްގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް މިރޭ ވަނީ ފަށާފައި--. ފޮޓޯ:ނިޝާން އަލީ/މިހާރު
24 ސެޕްޓެމްބަރ 2016 - 21:10
ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ ފުރަތަމަ ތަނބުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް މިރޭ ފަށައިފި އެވެ.
ޗައިނާގެ ސަރުކާރުގެ ހިލޭ އެހީ އަދި ލޯނު އެހީގައި އަޅާ، ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް މިރޭ ފަށާފައިވާ ކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބްރިޖްގެ މަސައްކަތް ނިމި، 2018 ގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ބްރިޖްގެ މަސައްކަތް ތާވަލް ކުރި ގޮތަށް ކުރިއަށް ނުދާ ކަމަށް އަޑު ފެތުރުނަސް ސަރުކާރުން އެކަން ދޮގު ކުރެއެވެ.
ބްރިޖްގެ މަސައްކަތް ހިނގާ ގޮތް ބެލުމަށް ލޮނުޒިޔާރަތްކޮޅުގައި ޕްލެޓް ފޯމެއް ހަދަން ވެސް ސަރުކާރުން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ މަސައްކަތަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި އެކަން ކުރާނީ މަޝްރޫއާ ހަވާލުވި ސްޓްރާޑާ ކުންފުނިން ކަމަށް ސަރުކާރުން ބުނެ އެވެ.
ބްރިޖްގެ މަސައްކަތަށް 300 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދު
25 September 2016
ބްރިޖު ނޭޅޭނެޔޭ ބުނީ ތަންދޮރު ނުދަންނަ މީހުން... އަޅުގަނޑައައް އިނގެ ބްރިޖު އެޅިދާނެކަން އަދި މިައަދު ތި އަޅާ ފެންވަރައް ވުރެއް މާ ރަނގަޅައް އެޅިދާނެކަންވެސް... ތިލަފުށިން ފެށިގެން ގުޅީފަޅު، ވިލިމާލެ، މާލެ، ހުޅުލެ އަދި ހުޅުމާލެވެސް ގުޅުވާލެވިދާނެ... އެހެންވީމަ އޅުގަނޑެއް ހައިރާނެއް ނުވޭ ބްރިޖެއް އަޅައިގެނެއް... އެކަމަކު ރާއްޖޭގެ ދައުލަތައް ވަންނަ ލާރިޔާ އެއައް ވާހޮތް އެއީ އަޅުގަނޑައް މާ ހައިރާން ކުރުވަނިވި ކަމެއް....
މޯރޗް
25 September 2016
މަށަށް ހީވަނީ ބްރިޖް ނިމޭ އިރުވެސް އަދި އެ ބުނާ ޕްލެޓްފޯމް ނުނިމޭނެހެން.
އާދޭއާދޭ
25 September 2016
ބްރިޖްގެ ތަނބުތައް ކޮންކްރީޓް ކުރަން ފެށުން އެއީ އުފާވެރި ހިނިތުން ވުމެއް ގެނެސްދޭނެ ކަމެކެވެ. ދެން އިދިކޮޅު ރަންރީނދޫ ކުދިން ވެސް އަންނަންވީ ބްރިޖް ހަދާ ތަން ބަލާލާ ނަށާލާ ލަވަކިޔާލަން ހަނދުވަރު ދޭ ރޭތަކުގައި. ހުރިހާ ކުދިންވެސް މިކަމުގައި ސަރުކާރަށް އެއްބާރު ލުން ދޭންވީ އެވެ. ހުރިހާ ކުދިން ވެސް އަންނަންވީ ސަރުކާރާއި ގުޅިގެން ބްރިޖް ހަދާ ޗައިނާ މީހުންނަށް ވެދުން ތައްޔާރުކުރަން. އަންނަންވީ ހުރިހާ ކުދިން ވެސް. އާދޭ، އާދޭ، އާދޭ، ބައިބައި، ބައިބައި، ބައިބައި،
ރޯނުއެދުރު
25 September 2016
ނޫސްވެރިން ތަންކޮޅެއް ތަފްސީލުކަމާއެކު ތަނބުތަކުގެ ކޮންކުރީޓް މަސަތްކަތް ކުރާގޮތް އާމުންނަށް ގެނެސް ދިނުން އެދެން..މިހެން އަދި ލިޔެލިޔަސް އެހާބޮޑަށް މައުލޫމާތެއް ނުލިބޭ މިކަން ދާގޮތުގެ ކޮންކުރީޓް މަސަތްކަތް ދާގޮތުގެ
މުހައްމަދު
25 September 2016
ބުރިޖް ނޭޅޭނެޔޭ ބުނި މީހުންނަށް މިހާރު ބުރިޖް އެޅޭތައް ފެންނާނެ... މާލޭގެ ކޮންމެ ދިމާލަކަށް ބަލައިލިއަސް ފެނިގެން ދާނީ ރައީސް ޔާމީންގެ ހަރުދަނާ ވިސްނުމާއެކު ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް... ސާބަހޭ ރައީސް ޔާމީން ތިޔަ ކުރައްވާ ހިއްވަރަށް
ހަސަނު
25 September 2016
އޭ.. ފަހުން ނަގާގޮތަށް ބާ ގޮންގުރިޓު އަޅަނީ... މި މިނިސްޓަރު ބުނެގެން އަދި ފަހުން ނުނަގާ ގޮތަށް ހެދި އެއްކަމެއްވެސް އަދި މިއުޅެނީ ނުފެނިގެން....
ހުސޭނު
25 September 2016
ހަސަނާ ތިޔަ ވިސްނަނީ ގޯސްކޮށް... ހަސަނަށް ހިވާނެޔޭ ފުޅަށް ބުޑުން ދަންޔާ ކެޔޮގަނޑު ކަޑާލާނެޔޭ،،، މިހާރު ބުރިޖް އެޅޭތައް ފެންނާނެ... އިދާރަ ކުރެއްވިއްޖެޔާ 2018 ގައި ހަސަނުވެސް އަދި އައިމިނަވެސް ދާނީ ހުޅުލެ ނުވަތަ ހުޅުމާލެއަށް ބުރިޖް މަތީގައި...
ވާނުވާ
25 September 2016
ބުރިޖު އަޅާތަން ބަލަން ހަދާ ޕްލެޓްފޯމް ހަދާތަން ބަލަން ޕާކެއް ހަދަން ފެނޭ!!
ސ
25 September 2016
އެ ޕާކް ހަދާތަން ބަލަން އަރާ ތިބޭނެ ގެއެއް އެތާ ކަރިން މީހަކު ގަނެފި
ކައުންސެލަރު
25 September 2016
ބުރިޖް އަޅާތީ ވަރަށްދެރަވޭދޯއެވެ! ހިތްގިލާލަ ގިލާލާ ޖެހޭނީ ތިބޭށެވެ. އިރާދަކުރެއްވިއްޔާ ބުރިޖްއަޅާފައި ދައްކާނަމެވެ.
މުގާބޭ
25 September 2016
ބުރިޖު ހުޅުލޭ ކޮޅުން ބަލަން ބޭނުވާ މީހުން ކިހިނެއްތޯ ހަދާނީ، ހުޅުލޭގަ ނެތް ބުރިޖު ބަލަން އަރާނެ ގަހެއް ޕުލެޓުފޯމެއްވެސް. ވަރައް ތަންގަޅުވާނެ 10000 އަކަފޫޓުގެ ބިމެއް ހުޅުލެއިންވެސް ނިއުޕޯޓަ ހަވާލުކޮއް ގެން ރެސްޓޯރެންޓެއް ހުޅުލޭގަވެސް ހެދިއްޔާ.
ރޮބަޓޭ
25 September 2016
އެއީ މީހުން އުޅޭ ހިސާބެއް ނޫން. ކަލޭ ދުވަހަކުވެސް ހުޅުލެއަށް ދިޔައިތަ؟ ފުރަތަމަ ރަށުން މީހުންކޮޅެއް ގެނޭ ތިތަން ބަލަން.
ރާއްޖޭ މީހާ
25 September 2016
މުގާބޭ އާ ނޭނގޭނެ ރާއްޖޭގައި ކަންތައް ކުރައްވާ ގޮތެއް... ދިވެހިންގެ ކަންތައްތައް ނިންމާނީ ދިވެހިން... މުގަބޭއޭ ނޫން... ވަރަށް ސަލާމް...
ތަރައްގީ މެކުހަށް.
24 September 2016
ހުޅުލެ މާލެ ބުރިޖުވެސް ރާސްލާފަ އަޅާ ނިންމާލާނެ. ޔޫތު ސިޓީ ވެސް ފަތު އަޑު ކިޔާފަ ގޮސް އާރާސްތުވެ ނިމޭނެ. ހާހުން ހާހުން ފުލެޓު ތަކާއި ދުނިޔޭގެ ފެނވަރުގެ ހޮސްޕިޓަލާ ސުކޫލް ތަކާ ޝޮޕިން މޯލުތަކާ ކެފޭ ރެސްޓޯރަންޓު ތަކާ ހިއްގައިމު ޕާކާއި ސްޕޯޓްސް ސެނޓަރު ތަކާ މުނިފޫހި ފިލުވާނެ މައިދާންތަށް ވެސް ބިނާވާނެ. އަދި ކޮބާތޯ މާލެ ވިލިނގިލި ގުޅިފަޅު ތިލަފުށި ވެސް ބުރިޖުން، ގުޅުވާ އާރާސްތުކުރެވޭނެ. ޢަތޮޅުތަކުގަ ބޭނުންވާ ތަރައްގީގެ މަޝްރޫތަށް ވާރޭހެން ވެހެމުން އެޔޮށް ދަނީ. ޢެއާޕޯޓުތަކާ ބަދަރުތަކާ ނަރުދަމާ މީރުފެން ތާރު އެޅި މަގުތަށް މިހެން ކިޔަމުން ގޮސް ދުލުން ކިޔަން މާގިނަ ތަރައްގީގެ މަޗްރޫއުތަށް ފެންނަމުން މިދަނީ. ސީމެގު ޖެހޭނީ އެޖެންޑާ ކޮށްގެން ބަލަން ތިބެން.