ފުވައްމުލަކު ތުނޑީގައި އާންމުން ޗުއްޓީ ހޭދަކުރަނީ: މިއީ 15 އަހަރުގެ ތެރޭގައި ތުނޑި މިހާ ބޮޑުވި ފުރަތަމަ ފަހަރު -- ފޮޓޯ: އަބްދުﷲ އާސިފް، ސޯޝަލް މީޑިއާ
13 އޮކްޓޯބަރ 2019 - 13:22
ފުވައްމުލަކުގެ ތުނޑި އާދަޔާ ހިލާފަށް ބޮޑުވުމާ އެކު އެ ރަށުގެ ރައްޔިތުންނަށް ލިބުނު އުފަލާއި ރަށުގެ ހިތްގައިމު އެ މަންޒަރުން އެތައް ބައެއްގެ ހިތްހަމަޖައްސައިދީފި އެވެ.
ކުރިން ވެސް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ އެ ތުނޑި، ރަށުގެ އާންމު ނަމުން ނަމަ ތޫނޑު، މިދިއަ 15-20 އަހަރުގެ ތެރޭގައި މިހާ ބޮޑު ނުވާ ކަމަށް، ފުވައްމުލަކުގެ ބައެއް މީހުން ބުނެ އެވެ. މި ދުވަސްކޮޅު ފަސް އަރާފައި އޮތްލެއް ގިނަކަމުން، 80-100 މީޓަރަށް ތުނޑި ވަނީ ދެމިފަ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގެ އިސް ވެރިއަކު "މިހާރު" އަށް ވިދާޅުވީ އެހާ ވަރަށް ތުނޑި ބޮޑުވީ މިދިއަ ހަފުތާގައި ކަމަށެވެ.
"ކުރީގައި ނަމަ އެވަރަށް ތުނޑި އޮވޭ. އެކަމަކު މިދިޔަ 15 ނުވަތަ 20 އަހަރު ތެރޭ އެހާ ބޮޑުވެފައި އޮތް ތަނެއް ނުފެނޭ،" އޮފިޝަލް ވިދާޅުވި އެވެ.
People’s are enjoying at thoondu. #fvmthundi pic.twitter.com/Aazmfy2OAu
— Mob byn (@MubeenIbrahim2) October 11, 2019
ހިތްގައިމު އެތައް ސިފައެއް ލިބިފައިވާ ފުވައްމަލުގެ ރައްޔިތުން މިދިއަ ހުކުރާއި ހޮނިހިރުދުވަހު ވަނީ ތުނޑީގައި އުފާ ފާޅުކޮށްފަ އެވެ. އެގޮތުން ތުނޑީގައި ވަގުތު ހޭދަކުރި މީހުންގެ އަދަދު 2،000 އަށް އަރާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ.
"އެހާ ގިނަ މީހުން އެއްފަހަރާ ޖަމާވެފައިވާ ތަން އާންމުކޮށް ފެންނަނީ ރޯދަމަހާ ދިމާކޮށް މި ސިޓީގައި ބާއްވާ މާހެފުން ފެސްޓިވަލުގައި. ވަރަށް އުފާވެރި މަންޒަރެއް ފެނުނީ،" ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.
ދަތުރު ދިއުމުގެ އިތުރުން ހަވީރު ވަގުތު ވެސް ގިނަ ބަޔަކު ތުނޑީގެ ހިތްގައިމުކަން ދެކިލަން ޒިޔާރަތްކުރެ އެވެ.
ދަތުރު ދިޔަ މީހުންނަށް ލިބުނު އަނެއް ނަސީބަކީ އެ ސަރަހައްދުގެ ރާޅުތައް ވެސް ހަފުތާ ބަންދުގައި ކުޑަވުމެވެ. އެހެންކަމުން މޫދު ކުޅިވަރުތައް ވެސް ހާސްކަމެއް ނެތި ކުރިއަށް ގެންދިޔަ ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ.
ފުވައްމުލަކު ތުނޑީގައި ޗުއްޓީ ދުވަސް ހޭދަކުރަނީ: މިދިޔަ ހަފްތާ ބަނދުގައި އެތަނަށް 2000 މީހުން ޒިޔާރަތްކުރި ކަަމަށް ބެލެވޭ -- ފޮޓޯ: އަބްދުﷲ އާސިފް، ސޯޝަލް މީޑިއާ
ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެނުނީ ފުވައްމުލަކަށް އީދެއް އައިސްފައިވާ މަންޒަރެވެ.
ފުވައްމުލަކު ތުނޑިއަށް ކުއްލި އާ ދިރުމެއް މި އައީ ރަށް ގިރުމުގެ މައްސަލަ ވެސް ދިމާވެފައިވާ ދުވަސްވަރެއްގަ އެވެ. ރަށުގެ ބައެއް މީހުން ގެންދަނީ ތުނޑި ހިމާޔަތްކުރަން ވެސް ގޮވާލަމުންނެވެ.
ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު ހިލަ ޖަހާނެ ފަރާތެއް ހޯދަން ސަރުކާރުން މިދިޔަ ހަފްތާ ބިޑަށް ހުޅުވާލި ކަމަށް ފުވައްމުލަކު ކައުންސިލުން ބުންޏެވެ.
ފުވައްމުލަކުގެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ "ވަން ފުވައްމުލައް" ގެ ނައިބު ރައީސް އަޝްރަފް ނުއުމާން ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފެންނަނީ ބަނދަރު ހަދާފައިވާ ސަރަހައްދުން ކަމަށެވެ.
ތުނޑި އާއި އެހެން ދިމަދިމާލުން ވެލި ނެގުން މަނާކޮށްފައި އޮތަސް، އޭނާ ވިދާޅުވި ގޮތުގައި ބައެއް މީހުން އަދިވެސް ގެންދަނީ ވެލި ނަގަމުންނެވެ.
"ރަށު ތުނޑިއަށް ވެލި އިތުރުވާ ތިން ޗެނަލެއް އޮވޭ. ތުނޑިން ވެލި ނުނަގާ ނަމަ ނުވަ ވަރަކަށް އަހަރު ތެރޭގައި ކުރިން އޮތް ވަރަށް ތުނޑި ބޮޑުވާނެ ކަމަށް ބެލެވޭ،" އަޝްރަފު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލެ މީހުން
15 October 2019
ތިރަށުން އަހަރުން މާލެ މީހާއަށް ގޯއްޗެއް ލިބިދާނެބާ މާލެމީހާ ރާއްޖެތެރެ މީހާ އެއްވެސް ތަފާތު ކުރުމެއްނެތި؟ ޜަށުން މާލެއަންނަމީހާވެސް ދައުވާކުރަނީ ހަމަމިކަމަށް...ރާއްޖޭގެ ކޮންމެ ރަށަކުންވެސް މާލެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ފަހިކޮށްދެވިދާނެބާ؟؟ ނުވާނެ އެކަމެއް.....
ސަޅި.
14 October 2019
ތިތަން މާލެ ނޫނީ ހުޅުމާލެ ގެންދެވޭނެގޮތެއްނެތްތޯ ؟
އޮނަރަބްލް އަފީފު ދީދީ
13 October 2019
ރާއްޖޭގައި ނެތްވަރުގެ ހިތްގައިމު ކުޅިތަކާއި ޤުދުރަތީ އެތައްކަމެއްގެ އިތުރުން ފެހިކަން ގަދަ މުލައް ފާހަގަވަނީ ގިނަ އަދަދެއްގެ މިޔަރުއޮތް ޝާކް ޕޮއިންޓެއް ލިބިފައިވާ ހިތްގައިމު ރަށެއްގެ ގޮތުގައި. # އެމްޑީޕީގެ ގެސްޓް ހައުސް ސިތާސަތުގެ ދަށުން ވެއްޖެ ނޫންތޯ ސްރީލަންކަންއިން ގަމަށް އަންނަ ފަތުރުވެރިންނަށް މުލަކަށް އައިސް ގޮސްވުމަށް ފަސޭހަވާނެ ގޮތަށް އެދުވަސްދުވަހު ފޭދޫ މުލައް ފެރީނިޒާމެއް ބާއްވަދީ ޝެޑިއުލް ކުރަން.
ހައިރާން
13 October 2019
މަށަށް އޮޅިއްޖެ މިހާރު. އަހަރެން މިއީ ހަފްތާއަކު 1 ފަހަރު ފުވައްލުައް ފޭދޫ ދަތުރުކުރާ މީހެއް. ހަމަ ގައިމުވެސް ސްރީލަންކަން އަށް އަމާޒުކޮށް މިހާރުވެސް ހަފްތާއަކު 3 ފެރީ ޝެޑިއުލްކޮށް ކުރޭ. އެވަރު މަދު؟؟؟
މާގުރެޓު
13 October 2019
ތިފޮޓޯތައް ނެޓަށްލީމަ ދުނިޔެ ހޫނުވެގެން ރާއްޖެ އަޑިއަށްދަނީއޭކިޔައިގެން ކޯޓުފަޓުލޫނުގަ މޫދަށްއެރި ފިލްމުކުޅުނު މީހުންގެ އަގުވެއްޓޭނީ.
ތެއާސާ.
13 October 2019
ޓްރަމްޕް ލެވެލްގެ ކޮމެންޓެއް. މަރުހަބާ
ރުޅި
13 October 2019
އަހަރެން އަބަދުވެސް ބުނަން ރައް ހަލާކުނުކޮށް އޮވެއްޖެނަމަ ލޮނުގަނޑު އުސްވިވަރަކަށް ރަށްތައް އުސްވާނޭ. އެހެންވީމާ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ އަޑިއަކަށްނުދާނެ.
ވައްލޯ
13 October 2019
އެހެންވީމަ މަނިކުފާނު އިންނަވަން ވާނީ ކްލައިމެޓް ކަންކަން ބަލާ ބއަިންލް އަގްވާމީ ކޮމެޓީގެ ޗެއަރ އަކައް
ދސދސދސ
13 October 2019
ކަލޯ ތީ ސައިންޓިސްޓުން ބުނާވާހަކައަކީވެސް. މާލެ ނަހަދާށޭ. މުރަކަ ދިރެން ފުރުސަތު ދޭށޭ. ފަރު ނުމަރާށޭ. އެއީ ދިރޭ އެއްޗެކޭ. އެކަމަކު ގިނަ ލާރި ލިބެނީ ފަރުތައް ރާކޭސް އަރުވާލީމާ. މިރާޢްޖޭގެ ސިޔާސީ މީހުންނަށް މިތިބީ ދުނިޔޭގެ އެންމެ ނުބައި މަ ބުނާނީ. އެއި މިކޮންކްރެޓް ދޭ ހަދާ ގިނަ މިނިސްޓަރުންނަކީ ތިމާވެށި ކިޔަވައިގެން ތިބި މީހުން. އެންމެ
އޮނަރަބްލް އަފީފު ދީދީ
13 October 2019
ބަލާލަން ދެވެންނެތީމަ ވަރަށްދެރަ. އެމްޑީޕީގެ ވައުދުނާމާގައި ދަތުރު ފަތުރުގެ ނިޒާމަކުން ގުޅުވާލާނެ ވާހަކަ އޮތް ކަމުގައިވިޔަސް އައްޑޫއާއި އެންމެކައުރީގައިއޮތް ފުވައްމުލަކަށްވެސް ދުވަހުން ދުވަހަށް ޝެޑިއުލް ކޮށްގެން ޕަބްލިކް ޓްރާސްފަރ ފެރީ ނިޒާމެއް ޤާއިމްކޮށްފައިނުވާތީ ކިތަންމެ ކައިރީގައިއޮތް ކަމުގައިވިޔަސް މުލަކަށް ދެވޭކަށްނެތް. # މުލައް އަދި އައްޑޫސިޓީގެ ޙަރަދުގައި ޑެއިލި ފެރީ ބާއްވަންވެއްޖެ ނޫންތޯ.
ޝިއާ
13 October 2019
ތުނޑިއަށް ވެލި ޖަމާވާ 3 ޗެނެލް އޮންނަކަމަށް އަޝްރަފް ވިދާޅުވެފައިވާކަމަށް އޮތްއިރު އެ 3 ޗެނެލް ބުނެދިންނަމަ ރަނގަޅުވީސް. ޙަޤީޤަތަކީ އެތަނަށް ވެލި ޖަމާވަނީ އެހެންޏާވެސް ވެލި ޖަމާވާ އުސޫލުންކަން. ޥެލި ނުނަގާނަމަ ވެލި އިތުުރުވާނެ. ޢަދި އެތަނުގެ ރާޅު ހުންނަގޮތުން އެތާގެ ވެލި އޮފްވެ އާދަޔާ ޚިލާފު ރީތިކަމެއް ވަނީ ލިބިފައި.