މަރުކަޒީ ބޭންކް އެމްއެމްއޭ. ރާއްޖޭގެ ރިއަލް ޖީޑީޕީއާއި ރިޒާވް ވެސް މިއަހަރު ދަށްވި
14 އޮކްޓޯބަރ 2019 - 14:14
ރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން މިދިޔަ އަހަރު ހުރީ 6.7 ޕަސެންޓްގައި ކަމަށާއި އެކަމަކު މިއަހަރު 5.2 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އިގްތިސާދު އޮތް ގޮތް ބެލުމަށް ފަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ބުނީ ރިއަލް ޖީޑީޕީގެ ކުރިއެރުން ދަށަށް ދިޔައީ ރާއްޖޭގައި ހިންގަމުން އަައި އިމާރާތްކުރުމުގެ ބޮޑެތި ބައެއް މަޝްރޫއުތައް ނިމުމާ ގުޅިގެން ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީ އަށް ގެންނަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ދުރުނޫން މުސްތަގުބަލެއްގައި ކުރިއެރުމުގެ ނިސްބަތް ހަމަޔަކަށް އެޅޭނެ ކަމަށެވެ. ނަމަވެސް އިގުތިސާދު ރަނގަޅުކުރުމަށް ރިކަރެންޓް ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
"...ރިކަރެންޓް ހަރަދު ކުޑަކުރަން މަަަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ހާއްސަކޮށް ސިއްހީ ދާއިރާއިން ދޭ ސަބްސިޑީތަކާއި ސިއްހީ ދާއިރާ އަށް ކުރާ ހޭދަ ދަށްކުރަން ޖެހެ އެވެ،" ވޯލްޑް ބޭންކްގެ ރިޕޯޓްގައި ބުނެފައި ވެ އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން މިދިޔަ އަހަރު ހުރީ 6.7 ޕަސެންޓްގަ އެވެ. އެގޮތަށް ކުރިއެރީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އާއި އިމާރާތްކުރުމުގެ އިންޑަސްޓްރީ ވަރުގަދަ ވުމުންނެވެ. އެ އިންޑަސްޓްރީތައް ވަރުގަދަވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހިންގި މަޝްރޫއު އާއި ބްރިޖް އެޅުމާއި އާ ރިސޯޓްތައް ހަދަން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް ވޯލްޑް ބޭންކްގެ ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވްގައި 726 މިލިއަން ޑޮލަރު ހުރި ނަމަވެސް މި އަހަރު ހުރީ 677 މިލިއަން ޑޮލަރުގަ އެވެ. އެއީ ނުވަ މަސްދުވަހުގެ އިންޕޯޓަށް ފުދޭ މިންވަރެެވެ.
ރައްޔިތުންގެ އާއްމު ހާލަތާ ބެހޭ ގޮތުން ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގައި ފަގީރުންގެ ނިސްބަތް ބައިނަލްއަގުވާމީ ގައުމީ މިންގަނޑުން ބަލާ ނަމަ ހުރީ 8.2 ޕަސެންޓުގަ އެވެ. އެކަމަކު ބައިނަލްއަގުވާމީ މިންގަނޑުން ބަލާ ނަމަ ފަގީރުންގެ ނިސްބަތަކީ 6.6 ޕަސެންޓެެވެ.
ރާއްޖެ އަށް ލިބޭ އާމްދަނީ އާއި އިގުތިސާދީ ފައިދާ ބެހޭ ގޮތުގައި އޮތް ހަމަހަމަކަން އަދިވެސް ވަރަށް ކުޑަ ކަމަށާއި އެގޮތުން ރާއްޖޭގެ ފަގީރުންގެ 90 ޕަސެންޓް ދިރިއުޅެނީ އަތޮޅުތަކުގައި ކަަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
އިގުތިސާދީ ގޮތުން ރާއްޖެ އަށް ހުރި ރިސްކްތަކުގެ ތެރޭގައި ޗައިނާގެ އިގްތިސާދާއި ޖުމްލަ ގޮތެއްގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގުތިސާދު ދަށަށް ދާނެ ކަމަށް ބެލެވޭތީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އޭގެ އަސަރުކުރުން ހިމެނެ އެވެ. އަދި ރާއްޖެ އަކީ ޑީސަލަށް ބަރޯސާވާ ގައުމަށް ވާއިރު ތެެލުގެ އަގު އުފުުލިދާނެ ކަމަށް ބެލެވުމަކީ ވެސް އޮތް ރިސްކެކެވެ.
ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރިޕޯޓްގައިވާ ގޮތުން، ބޮޑެތި މަޝްރޫއުތައް ނިމުމުގެ ސަބަބުން އިމާރާތްކުރުމުގެ އިންޑަސްޓްރީ އަށް އައި މަޑުޖެހުން ފޫބައްދާނެ މަޝްރޫއުތަކެއް ފެށިފައި ނެތުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
14 October 2019
ވޯލްޑްބޭންކަށް އޮޅުނީ. ތި މިސަރުކާރުގެ މައްސައެއް ނޫން. ޔާމިން ސަރުކާރުގަ ތިހުރިހާ ޕްރޮޖެކްޓެއް ހިންގުމަކީ އެ ޔާމީން ވިޔާނުދާކަމުން. ވޯލްޑް ބޭންކަށް ނުފެނުނީ މިސަރުކާރުން ބަދަލުގެ ގޮތުގައި ދިންހާ ޕްރޮޖެކްޓްތައް 1 ބިލިއަނަށް އަރާ. އަދިވެސް އެބަހުރި މަންދު ކޮލެޖް މެގަ ޕްރޮޖެކްޓާއި އެމްއެންޑީ ސުޕަ މެގަ ޕްރޮޖެކްޓް. ވޯލްޑްބޭންކުން އަލުން ހިސާބު ހަދާލާ
ގައުމީ ލޯބީގާ
14 October 2019
"ސިއްހީދާއިރާއިން ދޭސަބްސިޓީތަކާއި ސިއްހީދާއިރާއަށް ކުރާހޭދަ ؛ ކިކޭބުނާނީ ރައިސް ހުވާކުރި ފުރަތަމަ ދުވަހުވެސް ވިދާޅުވީ ދުނިޔޭޣެ ބާޒާރަށް ތެލުގެ އަގު ކިތަންމެ ބޮނޑުވިއަސް ކަރަންޓްގެ އަގު ހެއުކުރާނަމޭ މިހުންނަނީ އަސާސީ ކަންކަން އެންމެ ލެޕްޓޮޕަކުން ގައުމު ހިންގާފަވެސް ވީ ވައުދު ފުއްދަން ޖެހޭނެ ވަޒީފާދީފަ ތިބި ބޭކާރު މީހުން ވަޒީފާއިންވަކި ކޮއްފަ މިހާރު އަނެއްކާވެސް ބޭސް ފަރުވާއަށް ސަލާންޖަހާމީހުން ގޭގޭ ދޮރުފަތުގަ ތަޅަންފަށައިފި ވީވައުދު ނުފުއްދޭ.
ހުސޭނު
14 October 2019
ހާސްނުވޭ ފިނޭންސް މިނިސްޓަރ މާދަމާ ބުނާގެ އިގްތިސާދުން ދައްވިބައި އިންޑިޔާއިން ލޯނެއްގެ ގޮތުގައި ކުރިއަށް އޮތް 4 އަހަރައް ދޭން ބުނެފިއޭ. 5.2-7.7 އެހެންވީމާ %2.5 އިންޑިއާއިން ލިބުނީމަ މިސަރުކާރުން އެއްކަމެއް ނުކުރިއަސް ރެކޯރޑް ބިންދާލެވޭނޭ.. ލޯނުމިނިސްޓަރު.
ވޮލާ
14 October 2019
މިކަމުގެ ޒިއްމާ ނަގަންޖެހޭނީ ޔާމީނު ދެން މިސަރުކާރުގެ ވެރިން
އައިޝަތު އިސްމާޢީލް
14 October 2019
ރިއަލް ޖީ.ޑީ.ޕީ ދަށެއް ނުވޭ. ގްރޯތު މަޑުޖެހުނީ.
ރާއްޖެތެރޭއިބުރޭ
14 October 2019
އަދި ރަނގަޅު ވާނެ ވެރިކަމަށް ބަޔަކު އަރާތަނުން އިގްތިސޯދު ކޮޅަކަށް ނުޖެހޭނެ...ސަރުކާރަށް ފުރުސަތު ދޭން ޖެހޭނެ
ހިސްނާ
14 October 2019
އެއްޗެއްގެ ނުވަތަ މީހެއްގެ އަގު ވަޒަން ކުރެވޭނީ، އެކަމެއް ނުވަތަ އެމީހާ ބީވެދިއުމުންނެވެ. ? ދިވެހި ގައުމު މިއޮތީ ކޮންފަދަ ހާލެއްގަ.??
ފަރީދާ
14 October 2019
ބޮޑެތި މަޝްރޫޢުތައް ނިމުނީމައި އިންޑަސްޓްރީއަށް މަޑުޖެހުން އަންނަވާހަކަ މުޅިއަކުން ރަނގަޅެއް ނޫން. ބޮޑެތި މަޝްރޫޢު ތައް ހިންގީ ވަގުތީ ގޮތުން މިތަނަނަށް އައި ޗައިނާ ކުންފުނިތަކަކުން. އޭގެން ކުޑަ ޕަސެންޓެއް ރާއްޖޭގެ އިކޮނޮމީއަށް ވަނީ. ފައިސާވެސް، މެޓީރިއަލްވެސް، މީހުންވެސް އައީ ޗައިނާއިން. ދެން މިތަނުގެ އިންޑަސްޓްރީއަށް ކޮން ހީނަރުކަމެއް އަންނާނީ؟
ރަދީފް
14 October 2019
ވޯލްޑް ބޭންކްގަ ތިބި ރިސާޗް ކުރާމީހުން ، ފައިނޭންޝަލް ސެކްޓަރ ސްޕެޝަލިސްޓުން އަދި އިކޮނޮމިސްޓުންނަށްވުރެ ކަލޭ މޮޅު.!! ސާބަސް. ލަދު ކޮބާ؟؟؟
ހޮޓްކިންގ
14 October 2019
ތިއެއްކިޔާނެ ކަމެއްނެތް. ގައުމު އިނދަޖެހިއްޖެ. އެކަން ފެނޭ ވިޔަފާރިތަކުން. ކޮންސްޓްރަކްޝަން އިންޑަސްޓްރީކޮބާމިހާރު؟ ގޭކުލި ނުދެއްކިގެން ބިލްތައް ނުދެއްކިގެން ރައްޔިތުން ބިކަވެ ދުވަނީ. މުޅިން މަރައިފި. 5 އަހަރު އުމުރުން ބޭކާރު މިވީ.
ނައިނާ
14 October 2019
މިއީ އިކޮނޯމިސްޓް ދުރުކޮށް ވާހަކައިން ދަޅަދައްކާ ރީންދޫކުދިންގެނައުމުގެ ނަތީޖާ. ޔާމީންގެ ވެރިކަމުގައި އިގްތިސޯދީ ދުވެލި ހުރިހިސާބާ ގާތަށްވެސް އަދުގެ ސަރުކާރަށްނުދެވޭނެ. ހުރިހާ ފިއްތުންތަކާއިއެކުވެސް ޑޮލަރު ތިޔާގިކޮށް، ބޯޑެތި މަޝްރޫއުތަށް ހިންގަމުން ރިޒާވްވެސް ގައުމު މީންދުވަހަކު ނުޖެހޭހާ މަތިކޮށްލަދިން.
ގައުމީ ލޯބީގާ
14 October 2019
ޝުކުރިއްޔާ ރައިސް ޔާމީން ތިވަރެއްނެތް