ގަވަރުނަރު އަލީ ހާޝިމް (ވ) ޔަޒާން (ކ) އާ ސްކޮލާޝިޕް ހާވާލު ކުރައްވަނީ-- ފޮޓޯ:އެމްއެމްއޭ
16 އޮކްޓޯބަރ 2019 - 10:59
މިދިޔަ އަހަރު އޭލެވެލްގެ އެކައުންޓިން އާއި ބިޒްނަސް ސްޓަޑީޒް އިން ދުނިޔޭގެ އެއްވަނަ ހޯދި އަބްދުﷲ ޔަޒާން ރަޝީދަށް، އެމްއެމްއޭ އިން ސްކޮލާޝިޕް ދީފި އެވެ.
މި ސްކޮލާޝިޕް ޔަޒާން އާ ހަވާލުކޮށްދެއްވީ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ އޮސްޓްރޭލިއަން ޔުނިވާސިޓީގައި އިކޮނޮމިކްސް ސައިންސުން ބެޗްލާސް ޑިގްރީ އަށް ކިޔެވުމުގެ ސްކޮލާޝިޕެކެވެ. މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެމްއެމްއޭއިންނެވެ.
އެމްއެމްއޭ އިން ބުނީ މި ސްކޮލާޝިޕަށް 15 ދަރިވަރަކު ކުރިމަތިލި ކަމަށެވެ. ޔަޒާން އަށް ސްކޮލާޝިޕް ލިބުނީ ޕޮއިންޓުގެ ގޮތުން އެހެން ކުދިންނަށް ވުރެ މަތިވުމުން ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ތައުލީމީ ރޮގުން ހޯދާފައިވާ ކާމިޔާބީތަކަށެވެ.
ޔަޒާން ބުނީ އޭނާ އަބަދުވެސް ބޭނުންވަނީ މި ދާއިރާއިން ކުރިއަށް ދާން ކަމަށެވެ. އަދި އެމްއެމްއޭގެ މި ފުރުސަތަކީ ލިބުނު އިތުރު ހިތްވަރެއް ކަމަށް އޭނާ ބުންޏެވެ. މި ފުރުސަތުގެ ދަށުން ޔަޒާންގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
"އަބަދުވެސް މިދާއިރާ އިން ކުރިއަށްދާން ބޭނުންވަނީ. އެކަމަކު މި ކަހަލަ ފުރުސަތެއް ލިބޭނެ ކަމަށް އުއްމީދެއް ނުކުރަން. މިއީ ވަންސް އިން އަ ލައިފް ޓައިމް އޮޕޯޗުނިޓީއެއް،" ޔަޒާން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ މިއަހަރުން ފެށިގެން ސްކޮލާޝިޕް ދޭން ފެށީ އިގްތިސާދާ ގުޅުން ހުރި ދާއިރާތަކުން ކުދިން ތަމްރީން ކުރުމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ އަދި ކޮންމެ އަހަރަކު ވެސް މި ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލާނެެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށިސް
17 October 2019
ޢަހަރެން ތިތާ އުޅެނީ ކިޔަވައިގެން އައިމާ އާދައިގެ މީހަކަށް ވީމމާ ބަލައެއް ނުގަނޭ.. އޮސްޓުރޭލިޔަްއިން އެގައުމުގެ ހަރަދުގަ ކިޔެވީމވސް... ޥަރަށް ހުދުނުހުތާރު ތަނެއް
ޔެމްޔެމްޔޭ
16 October 2019
ކިހިނެއްތަ އެމްއެމްއޭ އެހާ މުއްސަނދިވަނީ؟ ލާރި ޕުރިންޓުކުރަނީތަ؟ ކިހިނެއް ހޯދާ ފައިސާއެއްތަ އެއީ؟
ބަޑޭރި
16 October 2019
އެމްއެމްއޭގެ ރޯލަކީ ކޮބާތަ އިޤްތިސާދުގައި. އެގޭ ކުއްޖަކު ހުރިއްޔާ ބުނެލަދީބަލަ. ލާރި ޖެހުންތަ. ލާރި ޖަހައިގެން އަހަރުމެންނަށް ބޭރުން އެއްވެސް އެއްޗެއް ގަނެވޭތަ؟ ނުގަނެވޭ ނުއެއް އުފެއްދޭ. ދެން ދިވެހިފައިސާ އަކީ ހަމަ އެކަނި މަނޮޕޮލީގައި ގެންގުޅޭ ކަހަލަ ފައިސާތަ؟ މިރާއްޖެއަށް ބައިވަރު ޓޫރިސްޓުން އާދޭ. އެމީހުންނަށް ބޭނުންވާ އެއްޗެއް ނޫނޯ ރުފިޔާއަކީ. ހުރިހާއެއްޗެއް ބުދުޖެހި ނޫޓުން ގަނެވިއްކައި ރުފިޔާމީ ފަޤީރުން ބޭނުން ކުރަން އޮންނަ އެއްޗަކީތަ
މުރާސިލް
16 October 2019
ފަރަންޖީ ޔުނިވަރސިޓީތަކަށް ފޮނުވިޔަސް އަދި ނުނިމޭ ދުނިޔޭގެ މިހާރު އެންމެ ބާރަށް ކުރިއަރަނީ އިސްލާމް ފައިނޭންސޭ ކިޔާ އެތި. ބިލިއަނުން ޓްރިލިއަނަށް އަރާނެކަމަށް ވަނީ. އެ ނުކިޔަވާދީ ކިހިނެއް ސަރުކާޜު ބޭނުންވިޔަސް ރާޢްޖޭ އިސްލާމިކް ފައިނޭންސް މަރުކަޒަކަށް ހަދާނީ.
ކޯނތި
16 October 2019
އެހެންތަ. އެއީ ކޯންޗެއް؟؟؟
ކަކުނިބޯ
16 October 2019
އިސްލާމިކް ފައިނޭންސަކީ ފައައިނޭންސެއް އަދި އިކޮނޮމިކްސް އެއްވެސް ނޫން އެއީ ހަރާމާއި ހަލާލާ ދެމެދު އެއްޗެއް ކޮންވެންޝަން ބޭންކް ތިޔަރީ އެއް ލިޔެކިޔުމުން ހަލާލުކުރުމަށް ރާވަންޖެހޭރޭވުމަށް އިސްލާމިކް ފައިނޭންސޭތިކިޔަނީ
ހުސް ތަކުރު
16 October 2019
މޮޅުވުމަކީ ފޮތުން އެދުރުވުމެއް ނޫން. ސިކުނޑިން ވިސްނަން ދަސްކުރުމާއި މައްސަލަތަކަށް ޕްރެކްޓިކަލް ސޮލިއުޝަން ހޯދުން. ކުދިންގެ ޓްރެއިން ކުރުމުގެ މުރާދަކީ ވިސްނުމުގެ ޤާބިލުކަމާއި މައްސަލަ ހައްލު ކުރުމުގެ ޤާބިލުކަން އިތުރު ކުރުން. އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އަދި ޤައުމީ ކެޕޭސިޓީ ޑިވެލޮޕް ކުރެވުމަކީ އެއީ. އެީ އޮސްޓްރޭލިޔާ ޔޫކޭ ތަންތަނުން ގެންނަ ސެޓްފިކެޓް އަދަދު އިތުރުކުރުމެއްނޫން
ނިޔާމް
16 October 2019
އެމްއެމްއޭ އަކީ ވިޔަފާރި ކުންފުންޏެއް ތަ؟ އެތަންވެސް ހިނގަނީ ހަމަ ދައުލަތުގެ ބަޖެޓުން ނޫން ތަ؟ އެ ތަނަށް އާމްދަނީ ވަންނަނީ ކިހިނެއް ތަ؟ ހަމަ ސުވާލު އުފޭދޭތީ އަހާލީ
ލަޔާލީ
16 October 2019
ދައުލަތުގެ ބަޖެޓުފޮތް ބަލާލަމާ. އުހުނ، ނެތް އެޔަކު އެމްއެމްއޭއަށް ބައި އަޅާފައެއް ބަޖެޓުންނެއް. ދެން ކިިހިނެއް އެވަނީ؟ ކޮނަތާކުންބާ މުސާރައަށްވާ ލާރި ހޯދަނީ
އައިސްތު
16 October 2019
ތީ ވަރަށް ދެރަވަރު ދެރަފެންވަރު ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ފަންކްޝަނެއް އޮންނަތަނެއް. މީހަކު ޓްރެއިން ކުރެވޭ ކަމަކަށް ނުވާނެ އޯއީސީޑީ ގައުމަކުން ނޫނިއްޔާ. މިމީހުންގެ ވިސްނުން ހުންނާނީ ސީދާ ދެފޮޅުވަތު ދޭތެރޭގައި ކޮންމެ ކަމެއް ކުރިޔަސް. ތިތަނުގައި ހަރުދަނާ ކަމެއްނެތިއްޔާ ޤައުމުގެ އިޤްތިސާދަށް ތިތަނަކީ ބޭކާރު ތަނެއް. ދިވެހި ފައިސާއަކީ އިންޓަރނޭޝަނަލް ފައިސާއަކަށް ދުވަހަކުވެސް ނުވާނެ ތިކަހަލަ ދެއުޅިއެން ނުވާ ވެލިއު އެޑްނުވާ ޚަރަދު ކޮށްގެން
ޗަލުނަޔާ
16 October 2019
ހީވަނީ ފައިސާފައިސާއޭ ކިޔާ މީހަކު ކަންފަތުގައި ޖެހުނުހެން! "އިގްރާ"
9999
16 October 2019
ބްރަދަރ މާ މަދު! އަހަރުން އަންހެނުންގެ ކޮމިޓީއަށްވެސް ތީގެ އެއްޗެއް ބޭނުން. ބްރަދަރ ފަނޑް ކޮށްދޭންވީނު.
ހަކީމް
16 October 2019
މަރްހަބާ ... ޔަޒާން އާއި އެކު ވާދަކުރި އެހެން ކުދިންނަށްވެސް އަވަހަށް ފުރުސަތު ލިބޭނެ ކަމަށް ހީކުރަން.