މާވަށު ދާއިރާގެ މެމްބަރު ސައީދު: ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ މަންޒަރު ބަލަން އިދިކޮޅު ކޯލިޝަނުން މަޑުން ނުތިބޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
16 އޮކްޓޯބަރ 2019 - 22:13
ޝަރުއީ ދާއިރާއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާ މަންޒަރު ބަލަން ނުތިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮތީ ނިންމައިފަ އެވެ. އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކަންބޮޑުވުން ފާޅުކުރައްވައިި، ނެރުއްވި ބަޔާނާ ގުޅިގެން އެމަނިކުފާނުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން މިރޭ ވަނީ ނިންމައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޖޭއެސްސީ މިހާރު ފެނިގެންދަނީ އެމްޑީޕީގެ ބެންޗެއްގެ ގޮތުގައި ކަމަށާއި އެ ކޮމިޝަނުން މިހާރު ކުރާ ކަމަކީ އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒު ކުރުން ކަމަށެވެ. އެގޮތަށް ފަނޑިޔާރުންނާ މެދު ޖޭއެސްސީން އަޅަމުންދާ ފިޔަވަޅުތަކުގެ ބޭނުމަކީ އިސްލާމީ ޝަރީއާ އަށް ޚާއްސަ ވެފައި ތިބި ފަނޑިޔާރުން މަގާމުން ދުރުކޮށް، އެމްޑީޕީން ބޭނުންވާ ބަޔަކު އައްޔަން ކުރުން ކަމަށާއި އެކަންކަމަށް އިދިކޮޅު ކޯލިޝަނުން ޖާގަ ނުދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"މިހާލަތަށް ގައުމު ވެއްޓޭއިރު ޕީޕީއެމް ޕްރޮގްރެސިވް ކޯލިޝަން މަޑަކުން ނުތިބޭނެ. ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި މަޖިލިސް ތެރެއިން އަދި އަޅުގަނޑުމެންގެ މެމްބަރުންގެ އަދަދު ކިތަންމެ މަދަސް." ސައީދު ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކުރިން ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގި ކަމަށާއި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ފަނޑިޔާރަކު ނިޒާމުން ގެއްލުވާލުމަކީ އޭގެ ހެއްކެއް ކަމަށެވެ. އޭރު ނުފޫޒު ފޯރުވަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން މިހާރު އަނެއްކާވެސް ކުރަމުންދަނީ އެފަދަ މަސައްކަތްތަކެއް ކަމަށާއި އެކަމަކު ވަކި ބައެއްގެ މުދަލަކަށް ޝަރުއީ ދާއިރާ ހެދުމަށް އިދިކޮޅު ކޯލިޝަނުން ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ވެސް ސާބިތުކަމާ އެކު ރައްޔިތުންނާ އެކު ދެމި ތިބޭނަން. ރާއްޖޭގައި މުސްތަގިއްލު ކަމަށް މިހެން ބުރޫ އަރުވަން އަންނި (މުހައްމަދު ނަޝީދު) އާއި އެމްޑީޕީން ކުރާ ހަމަ ކޮންމެ މަސައްކަތެއްގައި ފާރެއްގެ ގޮތުގައި އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުގައި ހުއްޓިގެން ތިބޭނަން. އެއީ ދިވެހިރާއްޖޭގެ ޖުޑީޝަރީއެއް އަޅުގަނޑުމެން ދުލެއް ނުކޮށްލާނަން ކެނެރީގެ ތެރެއަށް ދާކަށް،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް ނިންމުމެއްގެ މައްސަލަ ޖޭއެސްސީއަށް ނުބެލޭނެ ކަމަށާއި އެ ފުރުސަތު ގާނޫނު އަސާސީން އެ ކޮމިޝަނަށް ލިބިފައި ނެތް ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތުގައި ހެޔޮ ނިޔަތެއް ނެތް ކަމަށާއި ސަރުކާރުގެ ބޭނުމަކީ އިސްލާމީ ޝަރީއަތް ރާއްޖެއިން ނައްތާލައި، ހުޅަނގުގެ އުސޫލުތަކެއް ރާއްޖެއަށް ގެނައުން ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ސަރުކާރާއި މަޖިލިސް އެމްޑީޕީއަށް ލިބުނަސް، ޝަރުއީ ދާއިރާގެ ކޮންޓްރޯލް ނެގޭނެ ކަމަށް އުއްމީދު ކުރުމަކީ ގޯހެއް ކަމަށާއި އެ ފުރުސަތު އިދިކޮޅު ކޯލިޝަނުން ނުދޭނެ ކަމަށެވެ. އިދިކޮޅު މެމްބަރުންގެ އަދަދު ކިތަންމެ މަދު ވިޔަސް، އެކަމާ ދެކޮޅަށް އެ ކޯލިޝަނުން ތެދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
17 October 2019
ފުރަތަމަ ތި ދެ ޕާޓީން ޚަރަދުކޮށްގެން ސަޢީދުގެ ސިކުޑި ހަމަތޯބަލަންވީނު ؟
1234
17 October 2019
ކަލޯ 1 ފެބްރުއަރީގެ ހުކުން ތަންފީޒުކުރީ އުއްތަމަ ފަޑިޔާރާއި އިތުރު ފަޑިޔާރެއް ހައްޔަރުކޮށްގެންކަން ހަދާންއެބަހުރިތަ ؟ މިރާއްޖޭގައިތިބީ މޮޔައިންކަމަށް ހީނުކުރާތި؟
ޒުވާނާ.
17 October 2019
ދެންދުވޭ ބާރައް ދެފައިނުޖަހަ ކަ މެއްވާ ބަޔަކު ތިހެން ކޮސްއަނގައެއް ނުތަޅާނެ އަހަރެ މެން ރިސޯޓު މުވައްޒަފުން ވޯޓުނުދިނީ ރިސޯޓު ހިއްސާ ނުދިނީ މަ
މުޙުއްމާ
17 October 2019
ކޯޓްތަކާށް ނުފޫޒް ފޯރުވާ ބޭނުންހާ ގޮތަކަށް ޙުކުމް ކުރުވަމުން ދިޔަ ބޭފުޅުން ތިހެން ވިދާޅުވީމަ ހަމަ ހިނިއައްނަނީ. މިސަރުކާރުވެސް ވެރިކަމަށް އައީ ކޯޓްތައް ހަމަޔަކަށް އަޅުވާނެ ކަމުގެ ވަޢުދާއިއެކު އަދި އެކަމަކު އެކަން ކުރާތަނެއް ނުފެނޭ.
ކިޔުންތެރި
17 October 2019
ފިނިފެން މާއަށް ހުކުންކުރާތީ ބަލަންނުތިބެވެނީ
ީފޮނިޓައްޕު ހަސަނު
17 October 2019
ސިޔާސީ މީހުންނަށް ބާރު ލިބޭނީ ދެ ގޮތަކަށް. އެއްގޮތަކީ ރައްޔިތުންގެ ސަޕޯޓުން ލިބޭ ބާރު ދެވަނަ ގޮތަކީ ފައިސާގެ ނުފޫޒު ފޯރުވައިގެން ހޯދާ ބާރު. ތި ސައީދަކީ 2 ގޮތުން ކުރެ ބާރެއް އޮތް މީހެއް ނޫން.
ނީނނޭ
17 October 2019
ސަރުކާރު ބަދަލުކުރުން ލާޒިމު ކަމަކަށް ވެއްޖެ.
މުހަންމާ
17 October 2019
އަނގަ ތަޅަންތިބޭ. ކުރެވޭނެ ކަމެއް ނޯންނާނެ. ރައްޔިތުން ހޮވި ސަރުކާރުން ރައްޔިތުން ބޭނުންވާ ބަދަލުތައް ގެންނާނަން. ކަލޭމެން އެހެން ކަމަކާ އުޅޭ. ވަރަށް ސަލާމް !!
އަހުމަދު.
17 October 2019
ބަލަ ސައީދޫ. ކަލޯމެންގެ ވެރިކަމުގައި ކޯޓުތަކުގެ ފުރާލުން ޓިނުނަގައިގެ ވަދެ ފަނޑިޔާރުން ޖަލަށް ލިދުވަސް މިހާރު ހަނދާން ނެތީތޯއެވެ.؟ އޭރު އެ ބޭނީ އިނގިލިތޯ އަތްތޯ ފައިތޯއެވެ؟ މިހާރު ތިތިބީ މޮޔަ ބޮލަށް އަރާފަ. ދެން އަތްޖަހާ.
އިބުރާހީމޫ
17 October 2019
ސައީދު ކަލޭތީ ބުރުމާގާސިމާއި މައިޒާންއަލިބެ ކާންދީބޮޑުކުރިކުއްޖެޢް..........އެމީހުންނަކީވައްކުރާ ހަރާންކޯރުވާބަޔެއްނޫން...............ކަލޭގެޡަމީރުގާ އެކަންއށަގަތީކީއްވެ؟