މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

20 އޮކްޓޯބަރ 2019 - 06:29

އަންނަ މަހުގެ 1 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރާ ކަރަން ޖޯހަރުގެ ފިލްމު "ޑްރައިވް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމުގެ ދެ ލަވައިގެ ވީޑިއޯ އާއި ލަވަތަކުގެ ޖޫކް ބޮކްސް ވެސް ކުރިން އާންމުކުރުމަށް ފަހު ޓްރެއިލާ ދައްކައިލި އިރު، މި ފިލްމަކީ ތުރިލާތަކަށް ލޯބިކުރާ މީހުން ގަޔާވާނެ ކަހަލަ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑެވެ. އިޒްރޭލުގައި ބޮޑު ބައި ޝޫޓްކޮށްފައިވާ "ޑްރައިވް" ގެ މުހިއްމު ތަރިންނަކީ ސުޝާންތު ސިންގް ރާޖްޕޫތު، ޖެކްލިން ފެނަންޑޭޒް، ސަޕްނާ ޕައްބީ އަދި ވިކަރަމް ޖީތު ވާކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ އާއި ޕަންކަތު ތުރިޕަތީ ވެސް ހިމެނެ އެވެ.

ކުރިން ސިނަމާތަކަށް ގެނެސްދޭން ނިންމައި އެކަމަކު ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުން ފަހުން ސްޓްރީމްކުރާ ގޮތަށް ދޫކޮށްލާ "ޑްރައިވް" ޑައިރެކްޓްކޮށްފައި ވަނީ 2008 ގައި ކަރަންގެ ދަރުމާ އަށް "ދޯސްތާނާ" ހަދައިދިން ތަރުން މަންސުޚާނީ އެވެ.

"އިއްތިފާގް" ޗައިނާ އަށް

މީގެ ދެ އަހަރު ކުރިން ކަރަން ޖޯހަރުގެ ދަރުމާ އާއި ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ އިތުރުން ބީއާރް ފިލްމްސް ގުޅިގެން ގެނެސްދިން މިސްޓްރީ ތުރިލާ ޗައިނާގައި ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަބްހޭ ޗޯޕްޅާ ޑައިރެކްޓްކޮށްފައިވާ ފިލްމު އެ ގައުމުގައި އަޅުވަން ނިންމާފައި ވަނީ މި މަހުގެ 25 ގަ އެވެ. ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން މިހާރު ވަނީ ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފަ އެވެ.

"އިއްތިފާގް" އަކީ ހަމަ އެ ނަމުގައި ޑައިރެކްޓަރު ޔާޝް ޗޯޕްޅާ 1969 ގައި ގެނެސްދިން ފިލްމުގެ ރިމެކެކެވެ. އެ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ރާޖޭޝް ކަންނާ އާއި ނަންދާ އަދި ސުޖިތު ކުމާރެވެ.

"އިއްފާގް" ގެ ރިމެކްގެ މުހިއްމު ތަރިންނަކީ ސިދާތު މަލްއުތުރާ އާއި ސޮނާކްޝީ ސިންހާގެ އިތުރުން އަކްޝަޔޭ ކަންނާ އެވެ.

ޖުމްލަ 10 ކްރޯޑް ރުޕީސް (1.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ނޮވެމްބަރު 3، 2017 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި 56.25 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"ޕާގަލްޕަންތީ" ގެ ޕޯސްޓަރުތަކެއް

އަންނަ މަހުގެ 22 ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީީ" ގެ ޕްރޮމޯޝަންތައް ފަށައި، ފިލްމުގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖޯން އަބްރަހަމް، އިލިއާނާ ޑި ކްރޫޒް، އަނިލް ކަޕޫރް، ކްރިތީ ކަރްބަންދާ، ޕުލްކިޓް ސަމްރާޓް، އުރުވަޝީ ރޮޓޭލާ، އަރުޝަރު ވަރުސީ ހިމެނެ އެވެ.

އަނީސް ބުނިގޮތުގައި "ޕާގަލްޕަންތީ" ވެގެންދާނީ ބެލުންތެރިން ހީހީ ހަލާކުވާވަރުގެ ފިލްމަށެވެ. މީގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ އިނގިރޭސިވިލާތުގަ އެވެ. "ޕާގަލްޕަންތީ" އަކީ ފްރެންޗައިޒަކަށް ހަދާނެ ކަމަށް އަނީސް ބުނެފައިވެ އެވެ.

މިއީ މި ފަހުން މުޅިން ވެސް ސީރިއަސް ކެރެކްޓާތަކުން ފެންނަ ޖޯން. ހެއްވާ މަޖާ ރޯލަކުން ފެންނާނެ ފިލްމެކެވެ.

"ފްރޯޒެން 2" ގައި ޕްރިޔަންކާ އާއި ޕަރިނީތީގެ އަޑު

އަންނަ މަހު ރިލީޒްކުރާ ޑިޒްނީގެ އެނިމޭޓެޑް ފިލްމު "ފްރޯޒެން 2" ގެ ހިންދީ ވާޝަނަށް ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ ކަޒިން ކޮއްކޮ ޕަރިނީތީ ޗޯޕްޅާ އަޑުއަޅައި ދީފި އެވެ.

އަންނަ މަހުގެ 22 ގައި ރިލީޒްކުރާ ފިލްމުން ޕްރިޔަންކާގެ އަޑު އިވިގެންދާނީ އެލްޒާގެ ކެރެކްޓާއިންނެވެ. ޕަރިނީތީ އަޑުއަޅައި ދިނީ އަނާގެ ކެރެކްޓާއަށެވެ. "ފްރޯޒެން 2" ހިންދީ ބަހުގެ އިތުރުން ތަމަޅަ އާއި ތެލެގޫ ބަހުން ވެސް އިންޑިއާގައި ރިލީޒްކުރާނެ އެވެ.

ކްރިސް ބަކް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ އޮރިޖިނަލް ފިލްމަށް ބަލާ އިރު އެލްޒާގެ ކެރެކްޓާ އަށް އަޑުއަޅައި ދިނީ އިޑީނާ މެންޒެލް އެވެ. އަނާ އަށް އަޑުއަޅައި ދިނީ ކްރިސްޓެން ބެލް އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454