އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:އޭއެފްޕީ
20 އޮކްޓޯބަރ 2019 - 12:59
ފްލޮރިޑާ (އޮކްޓޯބަރު 20) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފްލޮރިޑާ ރިސޯޓުގައި ބާއްވަން ނިންމި ޖީ7 ގެ ސަމިޓް، ކޮރަޕްޝަނުގެ ތުހުމަތުތައް ކުރަން ފެށުމުން، އެހެން ތަނެއްގައި ބާއްވަން ނިންމައިފި އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީޑިއާ އާއި ޑިމޮކްރެޓިކުން އުނދަގޫ ބޮޑުވުމުން "ޓްރަމްޕް ނޭޝަނަލް ޑޯރަލް"ގައި ބާއްވަން ޕްލޭންކުރި ޖީ7 ގެ ސަމިޓް ނުބާއްވަަން މިހާރު ނިންމާފައިވާ ކަމަށެވެ.
"ސަމިޓް ބާއްވާނެ އެހެން ތަނެއް ހޯދަމުން މިދަނީ. ކޭމްޕް ޑޭވިޑްގައި ވެސް ބޭއްވިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ވައިޓް ހައުސްގެ އެކްޓިން ޗީފް އޮފް ސްޓާފް މިކް މުލްވަނީ ބުރާސްފަތި ދުވަހު ވިދާޅުވީ އަންނަ އަހަރުގެ ޖޫން މަހު ބާއްވާ ޖީ7 ގެ ސަމިޓް ބާއްވަން ފްލޮރިޑާގެ ޓްރަމްޕް ގޮލްފް ކޯސް އަށް ވުރެ ރަނގަޅު ތަނެއް ނެތް ކަމަށެވެ. އެކަމަކު ޑިމޮކްރެޓިކުން ވަނީ ކޮންގްރެސްގެ ތެރޭން އެކަން ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ.
ޓްރަމްޕް ނޭޝަނަލް ޑޯރަލް އަކީ ޓްރަމްޕް އޮގަނައިޒޭޝަން އަށް އެންމެ ގިނަ ފައިސާ ވައްދާ އެއްތަނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy