ފުށިދިއްގާ
20 އޮކްޓޯބަރ 2019 - 16:22
އދ. ފުށިދިއްގާ އަށް އަރާ ކޮންމެ ޓޫރިސްޓެއްގެ އަތުން ފަސް ޑޮލަރާއި 10 ޑޮލަރާ ދެމެދުގެ ފީއެއް، އެރަށް ގަވާއިދާ ހިލާފަށް ބޭނުންކުރަމުން ދިޔަ ފަަރާތުން، ނެގި ކަމަށް، ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ރަށަށް ދާ ޓޫރިސްޓުންގެ އަތުން ރޭގަނޑު މަޑުކުރާ ނަމަ 10 ޑޮލަރު އަދި ދުވާލު އެކަނި ގޮސް ތިބޭ ނަމަ ފަސް ޑޮލަރު ނަގާކަން އެނގޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިގޮތަށް ޓޫރިސްޓުންގެ އަތުން މާލީ މަންފާ ހޯދަމުން ގެންދަނީ 2016 އިން ފެށިގެން ކަމަށް، ލިޔެކިޔުންތަކުން އެނގެ އެވެ. އެއީ ސަފާރީތަކުގެ ޓޫރިސްޓުން އާންމު ގޮތެއްގައި މަޑުކޮށްލާ ރަށެކެވެ.
އދ ކައުންސިލްގެ ރައީސް އަލީ ނަސީރު ވިދާޅުވީ ގާތްގަނޑަކަށް ދެ ހެކްޓަރުގެ ފުށިދިއްގާ އަކީ ގުދުރަތީ ގޮތުން ރީތި ރަށެއް ކަމަށެވެ. ވަރަށް ގިނަ އަދަދެއްގެ ސަފާރީތަކުގެ ޓޫރިސްޓުން އެރަށަށް ދާކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ނަސީރު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތުމުން އެ ރަށުގައި ހިނގާ ކަންކަން ކައުންސިލަކުން ނުބަލަ އެވެ.
ރިސޯޓެއް ހަދަން ދެ ފަރާތަކުން ފުށިދިއްގާއަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ފައިސާ ދައްކާފައިވާކަން އެނގެ އެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން ފާހަގަވި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، މިދިއަ ޖުލައި މަހު ވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ސަރުކާރުން 2015 ގައި ނިންމީ އެޗްއެމްއެޗް ނަމަކަށް ކިޔާ ކުންފުންޏަކަށް އެރަށް ދޭށެވެ. އެކަމަކު ރަށް ދިން ކަމުގެ ރަސްމީ އެގްރީމެންޓެއް ނެތް ނަމަވެސް ފައިސާގެ މުއާމަލާތްތައް ހިންގާފައިވާ ކަން އެނގެ އެވެ. އެޗްއެމްއެޗު ކުންފުނިން ދައުލަތަށް 3 މިލިއަން ޑޮލަރު ދޭން ޖެހުނު އިރު މިހާތަނަށް 1.3 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.
އެކަމަކު އޭގެ ފަހުން މޯލްޑިވިއާނާ ކިޔާ ކުންފުންޏަކަށް އެރަށް ދޭން ވެސް އޭރުުގެ ސަރުކާރުން އެއްބަސްވި އެވެ. އެފަހަރު ސަރުކާރުން ކަނޑައެޅި މުއްދަތުގައި 600،000 ޑޮލަރު އެކުންފުނިން ދައްކާފައިވެ އެވެ.
މި ދެ ކުންފުންޏާ އެކު ވެސް ސަރުކާރުން ރަސްމީ އެއްބަސްވުމެއް ހަދާފައެއް ނުވެ އެވެ. އަދި ދެ ކުންފުންޏާ މެދު ހަދާނެ ގޮތެއް ކަނޑަނޭޅި އުޅުނު އިރު ޓޫރިޒަމް މިނިސްޓްރީގެ ހުއްދައެއް ނެތި އެރަށުން މާލީ މަންފާ ހޯދަމުން ދިޔައީ އަހުމަދު ހަލީލް، މ. ހަސްތީ އެވެ.
ފުށިދިއްގާ 2009 އިން ފެށިގެން އޮންނަނީ ވަރުވާއަށް ލިއެގެން ބެލެހެއްޓި ހަލީލް އަތުގަ އެވެ.
ކުރީގެ އެމްޑީޕީ ސަރުކާރުން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން 2011 ގައި ފުށިދިއްގާގައި ލަގްޒަރީ ވިލާތައް އަޅަން ހުށަހެޅި އެވެ. އެ ހުށަހެޅުން ސަރުކާރުން އޭރު ގަބޫލުކުރިޔަސް، އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ފަހުން ވަނީ ދެކޮޅުހަދައިފަ އެވެ.
މި މައްސަލަ ޚަލީލް، ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގައި މައްސަލަ ނިމުނީ އޭނާގެ ކޮޅަށެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ ރަށް ދައުލަތާ ހަވާލުކުރާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރިކީލަ
23 October 2019
ކައުންސިލްގރައީސަށް ޒިންމާ ނުއުފުލެއެއްނުން.....އަތޮޅުގަ ތިވަރު ކަންކަން ވެގެންދާއިރު ތިޔަ ހުންނަވަނީ އެއްވެސް ކަމެއްގަ ވާނުވާވެސް ބަލާނުލާ
ހަކީމް
20 October 2019
" ކުރީގެ އެމްޑީޕީ ސަރުކާރުން ހިންގި ސީއެސްއާރު " ... ހާދަ ހަޑިއެއް ހޭވިޔޭ. އެއޮތީ ފ.އަތޮޅު ފެރީ ނިޒާމޭ ކިޔާފަ 2 ރަށް ދަމައިގެންފަ. އެމީހުން ދުއްވާ ފެރީއެއް މިދުނިޔެ މައްޗަކު ނެތް. ކުންފުނީގެ އެއް ހިސާދާރު އެހެރީ މ.ޑ.ޕ ފ. އަތޮޅު މެންމެބަރު ކަމުގަ. މ.ޑ.ޕ އާއި ޕ.ޕ.ޕ ވަކި ތަފާތެއް އެބައޮތްތަ. ކުރަނީ ހަމަ އެއްކަމެއް. ކުރާގޮތް ތަފާތީ.
ކައްކާ
20 October 2019
ދެން ތިހުރިހާ އޮޅުންބޮޅުމެކޭ ނުކިޔާ މިކަން ދިޔަގޮތުގެ ހުލާސާއަކީ: އަރިއަތޮޅުގެ ފަޅުރަށެއް، އަތޮޅުގެ ރައްޔިތަކަށް މަންފާއެއްނުލިބޭ، ރަށުގެ ކަމަކާ އަތޮޅު ކައުންސިލުން ބެހިގެންނުވޭ، ރަށުގެ މުއްސަނދިކަން މާލޭމީހާއަށް.
ދެރަ
20 October 2019
އަސްލު ރާއްޖޭގެ ހުރިހާ ފަޅުރަށެއް ކޮރޮޕްޝަންތެރެއިން ވިއްކާލުމަށްވުރެ ކައިރި ރައްރަށު މީހުންނަށް މަސައްކަތެއްކޮށްގެން މަންފާލިބޭގޮތަށް އޮތުން މާރަނގަޅު. ޢަދި ލިބޭއާމްދަނީއަކުން ދޢުލަތަށް ޓެކްސް ދެއްކުމުން ގައުމަށް މާބޮޑުތަނުން ފައިދާވާނެ. މިހާރު ކިތަށް ފަޅުރަށްބާކީ އެބައޮތްތަ? ދެނީވެސް 99 އަހަރަށް.
އާދޭއާދޭ
21 October 2019
ރާއްޖެއަށް އަންނަ ކޮންމެ މީހަކީ ޓޫރިސްޓެއް ތާ؟ ރާއްޖެ އަށް އަން ކޮންމެ މީހަކު ދާން ބޭނުންވާ ރަށަކަށް ދިއިމާއި ހުންނަން ބޭނުންވާ ތަނެއްގައި ހުރުމުގެ މިނިވަންކަން އޮވެއެވެ. ރާއްޖެ އަންނަ ބޭރުމީހުން ރާއްޖެ އަންނަން ޖެހެނީ ހަމައެކަނި ރިޒޯޓަކަށް ބްކިންގސް ހަދާގެން ތޯއެވެ؟
ހަމަ ބުއްދި
20 October 2019
އެ ކަން މަނާ ކަމަކަށް ވަނީ ކިހިނެއް ތޯއެވެ؟ ޓޫރިސްޓުން ވިޔަސް އެހެން ދިވެެއްސެއްވިޔަސް ބަޔަކު މަސައްކަތް ކުރާ ރަށަކަށް ގޮސް ކައިބޮއި ނިދާ ހަދާ ނަމަ ޚަރަދެއް ނުވަތަ އަގެއް ދޭން ޖެހޭނެ ނޫން ތޯއެވެ؟
ދެބޯގެރި
20 October 2019
ސަފާރީ ތަކުގެ ޓޫރިސްޓުން ރަށްރަށަށް ފޭބުން މަނާ ވަނީ ކޮން ޤާނޫނެއްގެ ދަށުން ތޯއެވެ؟ ރަށްރަށް ފައިބާ ޓޫރިސްޓުން އެރަށް ރަށަށް ބާލާ ސަފާރީ ތަކުގެ މައްސަލަ އެއް ނެތް ނަމަ އެ މީހުން ފައިބާ ރަށުގެ މީހާ ގެ އޮތީ ކޮން ކުށެއް ތޯއެވެ؟ މަގޭ ގޭގެ ޓޮއިލެޓް އަށް ވަންނަން ވަންނަ މީހާ އަތުން މަށަށް 5 ޑޮލަރު ނުނެގެންވީ ކީއްވެ ތޯއެވެ؟
ހަވާލު
20 October 2019
ރަށް ހަވާލުކުރީ ތަރައްގީ ކުރަން. އެތާ ހަޓުގަނޑެއްހަދާ ޕާޓްޓައިމް މަންފާ ހޯދާކަށް ނޫން
ކަމަނަމަނަ
20 October 2019
ތަރައްޤީ ނުކުރުމަކީ އެހެން ކަމެކެވެ.އެކަމަކު ބްކިންގ ހަދާގެން ސީދާ އެރަށަށް ޓޫރިސްޓުން ނުގެނޭ ދެއްތޯއެވެ. އެތާތިބޭ ބަންގާޅީ ދެމީހުން ލާރި ނަގަނީ އެރަށަށްޚިދުމަތެއް ހޯދާ ތީ ނޫން ތޯއެވެ؟ އެރަށަށް ޓޫރިސްޓުން އެރުން ވެސް މަނާތޯ އެވެ.އެހެން ކަމަށް ވާނަ އެކަމުގެ ޒިންމާ އެރަށަށް ބޭރު މީހުން އަރުވާ ސަފާރީ ތަކުގެ ޒިންމާއެއް ވެސް އޮންނަން ޖެހޭނެ ތާއެވެ.މަނާ ކަންތަށް " ކަޅާ ހުދުން " ލިޔެފައި އޮންނަން ޖެހޭނެއެ
ސޮފޫ
21 October 2019
ކަލެޔައް ހާދަނޭގުނޭ ގާނޫނީ ގޮތުން ޓުއަރިސްޓު ނިންދެވޭނީ ކޮންތަންނެގަތަ