ރައީސް އިބްރާހިމް މުހައްމަދު ސޯލިހު(މ) އާއި އެމަނިކުފާނުގެ އަނބިކަބަލުން ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ އިސް އޮފިޝަލަކު(ކ) ރައީސްއަށް މަރުހަބާ ވިދާޅުވަނީ -- ފޮޓޯ: ރައީސް އޮފީސް
20 އޮކްޓޯބަރ 2019 - 20:06
ޖަޕާން ސަރުކާރުގެ ޚާއްސަ ދައުވަތަކަށް ޖަޕާނަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު އެ ގައުމަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި، އެ ގައުމުގެ އެމްޕެރާ އަކިހީޓޯ މަގާމުން އަމިއްލަފުޅަށް ދުރުވެ ވަޑައިގަތުމަށް ފަހު، ކްރައުން ޕްރިންސް ނަރުހީޓޯ މަގާމަށް އިސްކުރައްވާ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވާނެ އެވެ. މި ރަސްމިއްޔާތުގައި އެކި ގައުމުތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެ އެވެ.
President @ibusolih’s official visit to Japan—a longstanding developmental partner—aims to foster those historic ties through continued cooperation in various fields and strengthened people-to-people contact. pic.twitter.com/E5oR77tJvj
— The President's Office (@presidencymv) October 20, 2019
ރައީސް އޮފީހުން މިއަދު ކުރެއްވި ޓްވީޓެއް
ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއާ ވެސް ރައީސްގެ ދެކަނބަލުން މި ދަތުރުފުޅުގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ގައުމު ސަރުކާރުގެ ގިނަ އިސްވެރިންނާއި އަމިއްލަ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަންނަވާ ވާހަކަފުޅުތަކުގައި ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރެވޭނެ ގޮތްގޮތް މަޝްވަރާކުރައްވާނެ އެވެ. އަދި ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ އެކި ދާއިރާތަކަށް މީހުން ބިނާ ކުރުމަށާއި އުމްރާނީ މަސައްކަތް ކުރުމަށްޓަކައި ޖަޕާނުގެ ފަރާތުން އެހީ ހޯދުމަށްޓަކައި ވެސް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ދެކަނބަލުން މިއަދު ޖަޕާނަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން، ގައުމުތަކުގެ އެންމެ އިސްވެރިން ގުޅުން ބަދަހިކުރުމަށް ޖަޕާނުގައި ބާއްވާ ހާއްސަ ހަރަކާތެއްގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ޖަޕާނުގެ ތާރީޚީ އަދި ސަގާފީ ބިނާތަކަށް ރައީސްގެ ދެކަނބަލުން މި ދަތުރުފުޅުގައި ޒިޔާރަތްކުރައްވާނެ އެވެ. އޭގެ ތެރޭގައި ކިޔޯޓޯ ސިޓީ އާއި ހިރޮޝީމާގެ އިތުރުން އޮސާކާ އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނެގުނުކަތީބު
21 October 2019
މި ވެރިން އަބަދު ބަލަނީ ބޭރުގައުމަކަށް ދަތުރެއް ލިބޭނީ ކޮން އިރަކުންތޯ؟ ގައުމު އޮޔާގޮސް ބޮއްސުން ލިޔަސް އޯކޭ. ޢާއިލާގެ އެންމެން ގޮވައިގެން ޕިކްނިކް ހަދާލެވޭތޯ. ދެން ބުނާނެ އެގައުމުންނޭ މަތިންދާ ބޯޓާއި ޚަރަދު ކުރީ. އައްޕަގެ ގޭގައި އޮތްނަމަ ތިދަތުރު ލިބުނީސްތަ؟ ވީމާ ތި ދަތުރުން ލިބޭނަމަ ލިބޭ ހުރިހާ އެއްޗަކީ ދިވެހޮރައްޔިތު އެންމެންގެ އެއްޗެތި.
ގައުމީ ލޯބީގާ
21 October 2019
ރައިސްތަންތަނަށްވަޑައިނުގަތަކަސް ރަގަޅުވާނެ .ގައުމުގެ އެއްކަމެއްވެސް ރަގަޅެއްނޫން ހުރިހާކަމެއްބޮއްސުންލައިފަ . ދުނިޔެ ބަލައިލަންބުރުޖެހެން ގައުމުތަކަށް ވަޑައިގެން އިިޢްޒަތުގަ އުޅެޅަށް ވެގެން ހެންހީވަނީވެރިކަމެއްނުލިބިގެން ގައުމުކުޑަކުރީއިންސާފޭ އަދުލޭ ރައްޔިތުންނޭ ހައްގޭ އެރުނީމަ ކުރިންލިބުނުވަރުވެސް ނުލިބެނީކީއްވެގެންހޭ . ކިހާބޮނޑު ލަޑެއްމިއީ . އަތްމަތި ދަތިވުން މީކިހާބޮނޑު ހިތްދަތިކަމެއް .
މަމީ މަ
20 October 2019
އަދި ކިޔާތަ ދެވުނީ؟
އާދަމް ބާއީ
20 October 2019
ވެދާނެ ސިންގަޕޫރުކަހަލަ ގައުމެއްގެ މަޑުކޮށްލީކަމަށްވެސް.