ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން: ބޭރު ދަތުރުތަކުގެ ބޭނުމަކީ އެހީ ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ/ރައީސް އޮފީސް
22 އޮކްޓޯބަރ 2019 - 12:54
ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ހޯއްދެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ، ޖަޕާންގައި، ވިދާޅުވެއްޖެ އެވެ.
ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ރައީސްގެ ދެކަނބަލުން ކުރެއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދެއްވުމުގެ އިތުރުން ބޭރު ގައުމުތަކުގައި އުޅޭ ދިވެހިންނަށް އެ ގައުމުތަކުން ރަނގަޅު ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވަން ވެސް މަސައްކަތްކުރައްވާ ކަމަށެވެ.
ޖަޕާނަކީ ގިނަ އެހީތަކެއް ރާއްޖެއަށް ދެމުން އަންނަ ގައުމެއް ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ވެސް މި ދަތުރުފުޅުގެ ބޭނުމެއް ކަމަށެވެ.
ޖަޕާންގެ މި ދަތުރުފުޅުގެ ދައުވަތު ރައީސަށް ލިބިވަޑައިގަތީ 40 އަހަރަށް ފަހު އެ ގައުމުގެ ރަސްކަމުގެ ތަޚުތާ ނަރުހީޓޯ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަތުމަށެވެ. މި ރަސްމިއްޔާތަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުން ވެސް ޖަޕާނަށް ވަޑައިގަތެވެ.
ނަރުހީޓޯ ތަޚުތަށް އިސްކުރަނީ އޭނާގެ ބައްޕާފުޅު އަދި މިހާރުގެ އެމްޕެރާ އަކިހީޓޯ އަމިއްލަފުޅަށް ރަސްކަން ދޫކުރެއްވުމުންނެވެ.
ޖަޕާނުގެ ގާނޫނު އަސާސީ އޮންނަ ގޮތުން އެމްޕެރާއަކު އަމިއްލަފުޅަށް ތަޚުތުން ދުރުވެވޭނެ ފުރުސަތެއް ނޯވެ އެވެ. ނަމަވެސް އަކިހީޓޯގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން މަގާމުން ދުރުވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން އެދިވަޑައިގަތުމުން ގާނޫނު ހަދާ މަޖިލީހުން 2017 ގައި ވަނީ ޚާއްސަ ބިލެއް ފާސްކޮށް، އެ ފުރުސަތު އަކިހީޓޯއަށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންވެލި
22 October 2019
އެހީ ލިބުނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ.
އެބަޖެހޭ ހުއްޓަން
22 October 2019
ސަލާންޖެހުން އެބަޖެހޭ ހުއްޓަން، މާތާހިރުކަމެއްނޫންތީކީ، އިހައްދުވަހު އެވެރިއެސަލާމަތްވީ ބޮޑުތޫފާނަކުން!
ކަރީމުއްދީން ބާޝާ
22 October 2019
ކީއްކުރާކަށް ދަތުރުކުރަނީ ސިޓީ ނުވަތަ ފެކްސް ނޫނީ އީމޭލު ފޮނުވާބަލަ އެހީދޭށޭ ކިޔާފާ. އަނެއްކާ އެހީއޭކިޔާފާ އަބަދު ނާށިގަނޑު ދިއްކުރުން ވަރަށް ހަޑި.
މާލެމާ
22 October 2019
ބަޖެޓުގެ ބޭނުމަކީ ކޮބާ ދެން؟ ތަރައްގީނޫން ކޮން ކަމެއްތޯ މަނިކްފާނުކުރެއްވީ؟
އިބިރާ
22 October 2019
ސީޝެލްސް ނުވަތަ މޮރިޝަސްފަދަ ތަންތަނަށް ވަޑައިަތީވެސް ތި ބުނާ ފައިސާ ހޯދަންތޯ؟
އޮނަރަބްލް އަފީފު ދީދީ
22 October 2019
އިއްޒަތްތެރިރައީސް. އެހީހޯއްދެވުމަށްދަތުރުކުރެއްވުމުގެބަދަލުގައި މަނިކުފާނުގެދައުރުގައި "ވިޔަފާރީގެ ބައިވެރިންހޯދުމަށް ދަތުރުކުރެއްވުމަށް" ނިންމަވާންވެއްޖެ. # މިގޮތުން 50 އަހަރަށް މޯލްޑިވިއަން އާއި ހަނިމާދޫ، ގޭންއެއަރޕޯޓް، ފެނަކަ، ރޯޑް ޑިވޮލޯޓްމަންޓް، އެމްޓީޑީސީ ޕަބްލިކް ކުންފުނިތަކަށް ބަދަލުކޮށް ކުންފުނިތަކުގެ %51 ޖެޕާން، ކޮރެއާ، ޤަތަރު، ޖާރމަން، ފްރާންސް، އިޓަލީއާއި ބްރެޒިލް އަދި އިޤިރޭސިވިލާތުގެ ކުންފުނިތަކަށް ގަނެ އިންވެސްޓް ކުރާން ހުޅުވާލާ.