ދިވެހިރާއްޖެިއން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު (މ) އެވޯޑާއެކު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެމްއެމްޕީއާރުސީ
23 އޮކްޓޯބަރ 2019 - 10:16
އިންޑިއާ ކަނޑުގެ ލީޑިން ސްޕާ އެވޯޑް ފަސް ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.
މިދިއަ ހޯމަދުވަހު ދުބާއީގެ އަރުމާނީ ހޮޓަލުގައި ބޭއްވި ވޯލްޑް ސްޕާ އެވޯޑު ހަފްލާގައި މި އެވޯޑާ ހަވަލުވީ ރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒެވެ.
މި އެވޯޑަށް އިންޑިއާ ކަނޑުގެ ކެޓަގަރީން ރާއްޖެއާ ވާދަކުރީ މޮރިޝަސް އާއި މަޑަގަސްކަރަ އަދި ސީޝެލްސް އެވެ.
އެމްއެމްޕީއާރުސީން ބުނީ މިއީ ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތްތަކުގެ ތެރެއަށް އިތުރުވި ކާމިޔާބީއެއް ކަމަށެވެ. މި އެވޯޑުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ މިހާރަށް ވުރެ ބޮޑަށް އިސްތިހާރުވެ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ވޯލްޑް ސްޕާ އެވޯޑްސް ތައާރަފުކުރީ 2015 ގަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު އިންޑިއާ ކަނޑުގެ ލީޑިން ސްޕާ އެވޯޑު ލިވެނީ ރާއްޖެއަށެވެ.
ރާއްޖޭގެ ގިނަ ރިސޯޓްތަކުގައި ވަރަށް މަތީ ފެންވަރަށް ސްޕާގެ ހިދުމަތް ފޯރުކޮށްދެ އެވެ. އަދި ބައެއް ރިސޯޓްތަކުގެ ސްޕާތައް ހަދާފައި ހުންނަނީ ވެސް، ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްދަމައިގަންނަ ފަދަ ހިތްގައިމު ޑިޒައިންތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާދޫގަރު
23 October 2019
ބައެއް ޓީވީ ސީރިއަލް ތަކުގައި ވެސް ކޮންމެވެސް ކަމަކާ ފިލަން ނުވަތަ ބޯހަމަޖައްސާލަން އާއިލާ ގޮވައިގެން މޯލްޑިވްސް އަށް ދޭބަލާށޭ ވެސް ބުނޭ. ނެޓްފްލިކްސް އިން މިދޭތެރެއަކުން ބެލި "އެޒެލް" ކިޔާ ދިގު ސީރީސް އެއްގައި.