ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
23 އޮކްޓޯބަރ 2019 - 10:24
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އާންމުންގެ ތެރެއިން އިންނަ މެމްބަރު ކަމަށް ހޮވާނެ މީހަކު ކަނޑައަޅަން ހަ މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
މަޖިލިހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހަ ބޭފުޅުންގެ ނަން އިއްވުމަށް ފަހު، މައްސަލަ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
1- ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
2- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު 1851
3- އަހުމަދު މިޒްމާދު، މއ. ލޫޕިން
4- އަހުމަދު ސާވީ، ދަފްތަރު ނަމްބަރު 5295
5- މިރުފަތު ފާއިޒު، މއ.ރަންފޮށި
6- ހުސެއިން އަމްރު، ވ. ރޯޝަން
ޖޭއެސްސީގައި އާންމުންގެ ފަރާތުން މިހާރު އިންނަވާ މެމްބަރު އަބްދުލް ހަންނާންގެ ދައުރު ވަރަށް އަވަހަށް ހަމަވާނެ އެވެ. އޭނާ ޖޭއެސްސީގެ މެމްބަރަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ގަ އެވެ.
އެ މަގާމަށް މީހަކު ހޮވާނީ ރައްޔިތުންގެ މަޖިލިހުގައި ނަގާ ވޯޓަކުންނެވެ.
އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ އިތުރުން ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްރީން
23 October 2019
ޒުބައިރު އަހުމަދު މަނިކަކީ ތިކަހަލަ މަސައްކަތަކަށް ޤާބިލް މީހެއް ނޫން. ސިކުނޑީގެ މައްސަލަ އުޅޭކަމަށް ފާހަގަ ކުރެވޭ
ހަސަންބޭ
23 October 2019
އަލީ މުހައްމަދު މަނިކު ކިޔާމީހާމީ ހުރިހާތަނަކަށް ކިރުމަތިލާ މީހެއް.
ދެރަ
23 October 2019
ޖުޑީޝަލް ސަރވިސް އެކުލެވޭ ގޮތް ބަދަލު ކުރަން ޖެހޭ ... ނޫނީ ރައްޔިތުން ކަރުނައަޅާ ރޯންޖެހޭ ހިސާބަށް، ޖުޑީޝަރީ ވެއްޓިދާނެ!
ޢާސީ
23 October 2019
މިއޮތީވާ ކަމެއް އަދިވެސް ފްލެޓްތަކާ ސީލައިފް ގްލޯބަލް އިން ރައްޔިތުން އަތުން އަތުލި ފައިސާތަކުގެ ބަދަލުހޯދައިދިނުމުގެ އެއްވެސް ކަމެއްގެ ވާހަކަނުދައްކާ ހެޔޮނުވާނެ މިކަންކަން އަވަސްކޮށްދެއްވާ..
ބުރެކި
23 October 2019
މުޅިންވެސް މާލޭމީހުން. ހެހެހެހެ.
ބޮޑު ދައިތާގެ ދަރި
23 October 2019
ނަޝީދަށް ރަގަޅު ވާނީ ޒުބައިރު އަހްމަދު މަނިކު ތާއެވެ ހޮވޭނީ ވެސް އޭނާ އެވެ. މަޖްލީހަކީ ނަޝީދުގެ ކްލާސް ރޫމެވެ