އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ. --ފޮޓޯ:ރޮއިޓާސް
24 އޮކްޓޯބަރ 2019 - 10:48
ބަޣުދާދު (އޮކްޓޯބަރު 24) - ސީރިއާގެ އިރު އިތުރުން ފައިބާ އެމެރިކާ ސިފައިން އިރާގުގައި ތިބުމުގެ ހުއްދަ ނުދޭނެ ކަމަށް ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. މަހްދީ ވިދާޅުވީ އެމެރިކާ ސިފައިން އިރާގަށް ވަނުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަަމެއް ކުރައްވާނެ ކަމަށެވެ.
މަހްދީ ވިދާޅުވީ ސީރިއާ އިން ފައިބާ އެމެރިކާ ސިފައިން އިރާގުގައި ތިބުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ.
"އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅަމުންދާކަން މިހާރު ވާނީ އިއުލާންކޮށްފައި. ބައިނަލްއަގުވާމީ މުޖްތަމައު އާއި އދ. އަށް ވެސް މިހާރު ވާނީ އެކަން ހުށަހަޅާފައި،" މަހްދީ ވިދާޅުވި އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ކުރިން ވިދާޅުވެފައި ވަނީ ސީރިއާ އިން ފައިބާ އެމެރިކާ ސިފައިން ތިބޭނީ އިރާގުގައި ކަމަށެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އިން 2014 ވަނަ އަހަރު އިރާގުގައި ބާރުގަދަ ކުރަން ފެށުމުން ވޮޝިންޓަނާއި ބަޣުދާދާ ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ފޮނުވި އެމެރިކާގެ 5،000 ސިފައިން އިރާގުގައި މިހާރު ވެސް ތިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
24 October 2019
ތިޔައަރަނީ ތޫފާނަކަށްވުރެ ވަރުގަދަ ތޫފާނެއް. ތިޔަތޫފާނުގާ ގަދަވާނެކަމަކީ، އަރާއެއްވެސް ބަޔަކު ތިޔަތަނުން ފައިބަން ބޭނުން ނުވާނެކަން. އާދައިގެ ތޫފާންތަކުގާ އަރާވަރަށްވުރެ އަވަހަށް ތޫފާން އެތަނަކުން ފައިބައިގެންދޭ. ހެޔޮނުވާނެ އެމީހުނަށްޓަކާ ހަމަ އެންމެ ތަންފުކެއްވެސް ދޫނުދޭތި.
ހަސަންބެ.
24 October 2019
ތީހަމަ މިތާގައި ވެރިކަމުގައި މިހާރުތިބި ހުޅަނގު ގޮނޑިކޮއްކޮމެން . ބޭރުފުށުން ދައްކާލާ ދަޅައެއްތީ. އެމެރިކާސިފައިން މިހާރުވެސް ތިބީ އިރާގު ތެރޭގައި ބނޑަހަޖަހިގެން.
އެންދެރި
24 October 2019
އެމެރިކާ ހައްދު ފަހަނަ އަޅާފަ ވާ ބައެކެވެ.