އެމްއެމްއޭ އިމާރާތް-- ފޮޓޯ: އާކައިވް
24 އޮކްޓޯބަރ 2019 - 12:45
ދައުލަތުގެ ހަރަދުތައް މެނޭޖް ކުރުމަށްޓަކައި މިއަހަރުގެ މިހާތަނަށް 3.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ ކަން ފިނޭންސްގެ ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.
އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ދިވެހި ރުފިޔާއިން ޓީބިލް ވިއްކި ވަރު 931 މިލިއަން ރުފިޔާ އަށް އަރަ އެވެ. ޑޮލަރުން ޓީބިލް ވިއްކި ވަރު 150 މިލިއަނަށް އަރާއިރު މިއީ އިންޑިޔާ ސަރުކާރަށް ވިއްކާފައިވާ ވަރެވެ. ފިނޭންސް މިނިސްޓްރީން ބުނީ، ޓީބިލްގެ އަދަދު އެހާ ބޮޑު ކަމަށް ދައްކަނީ އިންޑިޔާ އަށް ޓީބިލް ވިއްކުމުގެ ސަބަބުންނެވެ. އިންޑިޔާ އަށް ޓީބިލް ވިއްކާފައި ވުމާ އެކު މި އަހަރު ސަރުކާރުން އިތުރަށް ސޮވެރިން ބޮންޑު ވިއްކައިފައެއް ނުވެ އެވެ.
މިދިޔަ ހަފްތާގައި 226 މިލިއަން ރުފިޔާގެ ޓީބިލް ދައުލަތުން ވިއްކާފައިވެ އެވެ. ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ.
އެމްއެމްއޭ އިން ހަތަރު މިންގަނޑެއްގެ ތެރެއިން ޓީބިލު އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. ޓީބިލު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ މިންވަރަކަށް އިންޓްރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ހަތަރު ބިލިއަން ރުފިޔާ ބަޖެޓުގެ ބޭރުން ހޯދުމަށް ކަނޑައަޅާފައިވެ އެވެ. މި އަހަރު ނިމޭއިރު ކުރިއަށް އޮތް ދެ މަސް ތެރޭގައި ވެސް ބޮޑެތި އަދަދުތަކުން ޓީބިލް ވިއްކާނެ ކަމަށް ފިނޭންސުން ބުނެ އެވެ.
ސަރުކާރުގެ ކޭޝްޕްލޯ ހަމަޖެއްސުމަށް ޓީބިލް ވިއްކާ އިރު މިިދިޔަ އަހަރު ނިމުނުއިރު ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. އެހެންކަމުން ޓީބިލް ވިއްކި އަދަދު ހިސާބުތަކުން އެންމެ ބޮޑު އަހަރަކަށް މި އަހަރު ވެގެންދާނެ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް މީގެ ކުރީ ސަރުކާރުތަކުން ވެސް ބޮޑެތި އަދަދުތަކުން ޓީބިލް ވިއްކާފައިވެ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ކޭޝްފްލޯ ހަމަޖެއްސުމަށް 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. އެއީ އެއްފަހަރާ ޓީބިލް އެންމެ ގިނަ އަދަދަކަށް ވިއްކި އެއް ފަހަރެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް ވިއްކުމަށް ހަފްތާއަކު އެއް ފަހަރު ހުޅުވާލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރޭ
24 October 2019
އަޅުގަނޑައްފެންނަނީ ޓީ ބިލްގެ އިތުރައްް ކޮފީބިލާ ކިރުސައި ބިލްވެސް ވިއްކަން، ދަރަނި 3 ގުނަ ކޮއްލެވޭނެދޯ؟.
ޢައްޓަމަސް
24 October 2019
ގައުމު ނޭންގިތިއްބާ މިއޮއްގެން ހުސްވަނީ
ބުއްޅަބޭ
25 October 2019
ނޭގިތިއްބައޭ؟
ގާސިމް އިބްރާހިމް
24 October 2019
ތި ހެޑްލައިންތައް ތައްކޮޅެއް ރަގަޅު ކޮށްބަލަ. "ޗަންޕާއަށް ދައުލަތުން ޓީބިލް ވިއްކި އަދަދު 3.2 ބިލިއަނަށް!" މިހަން ޖެހީމަ ދޯ މީހުންނަށް މިވާގޮތެއް އިގޭނީ؟!؟!
އަޙްމަދު.
24 October 2019
އެކަމަކު ގާސިމާ އެ އޮތީ އޭގެތެރެއިން އިންޑިއާއަށް 150 މިލިއަން ޑޮލަރުގެ ޓީބިލް ވިއްކި ވާހަކަ. ތިވަރުން ކިހިނިއް ހެޑްލައިން ޖަހާނެގޮތް ކިޔާދޭނީ.. އަދިވެސް ކޮމެންޓް ކުރެވޭތޯ ބަލާތި
ނަން
24 October 2019
ޤައުމު ދަރުވާފަ ދެން ފިލާ! އެއީ ނުވެ އޮތް ކަމެކީ.. ކަމެއް ނުކޮއް ހަަވަޔަށް ރާއްޖޭބަޖެޓް ދިރުވާލީ ޕާޓީ ކުދިން ކޮޅާ ގުޅުން ހުރި މީހުންނަށް ބަދަލު ދިނުމުގެ ނަމުގައި..
ކަދުރޭ2
25 October 2019
ޔެލޯ ފީވަރ އޯކޭ.
ވަގޯ
24 October 2019
ވަގު ވަގު ކިޔަކިޔާއެނަޔަށް އިނގިލި ދިއްކުޮއގެންހުރެ މަވައްކަންކުރީމަ ގިނައިން ކެވޭނެނު
ހަސަންބެ.
24 October 2019
ޓީބިލްގެ އަދަދު އެހާ ބޮޑު ކަމަށް ދައްކަނީ އިންޑިޔާ އަށް ޓީބިލް ވިއްކުމުގެ ސަބަބުންނެވެ. މީކޮންވާހަކައެއް. އިންޑިއާ އެމެރިކާ އިރާގަށް ވިއްކިޔަސް ޓީބިލްގެ ވިއްކި އަދަދު ވާނީ އަދަދަކަށް ނޫންތަ. ހަސަންބެއަށް އަށް ތައުލީމީ ކުއްޖަކު އަޅެ މިޓީބިލަކީ ކޯޗެއްތޯބުނެދީބަލަ. ހަސަންބެމެން މަސްވިއްކީމާ މިފްކޯއިންދޭ ބިލަކަށް ފައިސާއެއްވެސް ނުލިބޭ.
ޅޮސް
24 October 2019
ވަރަށް ތަފާާތު ދެއްތޯ
އެޖެންޑާ19
25 October 2019
އެޖެންޑާ 19 ތަފާތުވާނެ. ވައްކަންތައް ހުންނާނީ ސަޅިނަން ނަމުގަ ހަތަރެސްކަން ކޮއްފަ.
ޝޮކްތެރަޕީ
24 October 2019
ސަރުކާރު މިދަނީ ރާއްޖޭގެ އަންނަން އޮތްޖީލު ދަރަނި ވެރި ކޮއްލަމުން. ހުރިހާ ދިމާލަކުން ކަނީ.
ރަދީފު ބިންތު ކުމާރު ބިންތު މަރޭ
24 October 2019
ތިޔ "ސައި" ބިލްތަކުގެ ސަބަބުން އަހަރެމެނާ އަހަރެމެންގެ ދަރިންގެ އަރުތެރޭގައި ހިތިރަހަ ލައްވާލާނެ. މިކަން ވަރަށް ސާފް.
އަލީ ރާޖާ
24 October 2019
ވޯޓްލީ ކޮހުން ތިބޭ ރާކަނިމަސް ކައިގެން ކޮނޑުހުޅު ނެއްޓެން ދެން އަތް ޖަހަން