28 އޮކްޓޯބަރ 2019 - 15:10
ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން މިހާރު ހަދަމުން އަންނަ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަަމަށް ސިޓީ ކައުންސިލްގެ މެމްބަރަކު ތުހުމަތު ކުރައްވައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން "މިހާރު" އަށް މިއަދު ވިދާޅުވީ އަޑި ޕާކްގައި ފާހާނާ ބަރިއެއް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައި އޮތީ ރައީސް އޮފީހުން ދިން ހާއްސަ ބަޖެޓަކުން ކަމަށާއި އެ ޕާކް ތަރައްގީ ކުރަން އެ އޮޮފީހުން ދޭ ފައިސާ ހަރަދުކުރާނެ ގޮތް ކައުންސިލުން އަދި ފާސް ވެސް ކޮށްފައި ނުވާ ކަަމަށެވެ.
ފަޒީން ވިދާޅުވި ގޮތުގައި އަޑި ޕާކްގައި ހަދާ އިމާރާތުގެ މަަސައްކަތުގެ އަގު 35،000ރ. އަށް ވުރެ ބޮޑުވާނެތީ، އެއީ ބިޑަށް ހުޅުވާލައިގެން ކުރަން ޖެހޭ ކަމެއް ކަމަށް ނިންމައި ބިޑް ކޮމިޓީ އަށް އެކަން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، ބިޑް ކޮމިޓީން އެ މަސައްކަތް އަދި އޮތީ ބަޔަކާ ހަވާލު ނުކޮށެވެ.
އޭނާ ވިދާޅުވީ އަމިން ކޮންސްޓްރަކްޝަނުން އެ މަސައްކަތް ކުރަމުން އެދަނީ އެއްވެސް އެއްބަސްވުމެއްގެ ދަށުން ވެސް ނޫން ކަމަށާއި ނަމަވެސް މަސައްކަތުގެ އަގަށްވާ ފައިސާ ހޯދަން އެ ކުންފުނިން މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
Mibalanee avaha iulaanu kureveytho. Vee enme avahaka mauloomaathu dhee kaamiyaabu kuraabayakah masakai havaalu kureveytho.
— Fazeen 🇲🇻 (@fazeen2457) October 27, 2019
Ekamu mihaaru mioh masakai ninmanee!
Mivaruveemaves balan hunnanvee?@ACC_Maldives https://t.co/dXxlN2EQMC
އަޑިޕާކްގައި ހަދާ އިމާރާތުގެ މަސައްކަތް ގޮސްފައިވާ ގޮތުގެ ވާހަކަ މީޑިއާ އަށް ހާމަ ކުރެއްވުމުން ކައުންސިލްގެ އިސް ބޭފުޅަކު އިންޒާރު ދެއްވި ކަމުގެ ތުހުމަތެއް ވެސް ފަޒީން ކުރެއްވި އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް އެ މަަސަައްކަތާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ، "ލޮނުޒިޔާރަތްކޮޅު [ތަރައްގީކުރަން] ގިނަ ސްޕޮންސާތަކެއް ލިބިފައިވާ" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފަޒީން ކުރައްވާ ތުހުމަތާ ބެހޭ ގޮތުން ޝިފާ ވިދާޅުވީ "ފަޒީން ވަގު ބަދުނާމު ނާޅުވާ އެއްވެސް މުވައްޒަފަކު ކައުސިލްގައި ނެތް" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިފާ
29 October 2019
ޝިފާ ޕާކްގަ ކުރާނީ ކޮންމެވެސް ބަޔަކަށް "ޝިފާ" ލިބޭ ކަހަލަ ކަންކަން. މިފަހަރު އަމީން ކޮންސްޓްރަކްޝަން. ދެން ފަހަރަކުން އެހެން ބައެއް. ވެއިޓިންގ ލިސްޓަށް އަރާ ތިބެލާ. ވަގުތު ޖެހުނީމަ އެ ޝިފާ ލިބޭނެ.
ޖުހާން
29 October 2019
ބަޔަކަށް އޮޅުނަކަސް އަހަރެމެންނަށް ގަބޫލު ކުރެވޭ މި ވަގު ޔަހޫދީ ސަރުކާރެއްކަން ނިކަން ވިސްނާލަ ބަލަ ބިޔަ ބޮޑު ބަޖެޓެއް ފާސްކޮށްގެން އެވަރުން ނުވެގެން އަނެއްކާ އިތުރަށް ބަޖެޓެއް ހަދައިގެން ކުރި މަސައްކަތެއް. ސާހިދު، މަހުލޫފް އިބޫ ބޭރު ގައުމުތަކަށް ގޮސްގެން އުދުހެނީ މާރިޔާވެސް ވައި ކުޑާގަ އުދުހެނީ ކެވެނު ވަރަކަށް ކައި ހުސްކުރަނީ ނޫސް ތަކެއްގަ ނުލިޔާނެ. އެބައި މީހުން އެތިބީ ފައިސާއިން ފިއްތާފަ
falcon_autho
29 October 2019
ފަޒީން އެދައްކަނީ ރަނގަޅުވާހަކައެއް. ވަރަށް ބޮޑަށް ކޮރަޕްޝަން ވަދެފައި އޮތްތަނެއް. މަގޭ ރައްޓެއްސަކު ސިޓީ ކައުންސިލުން ކޮށްދޭ ކަމެއްގައި އެތަނަށް ފޯމެއް ހުށަހެޅުމުން 4 މަސްވިއިރުވެސް އެއްވެސް ޖަވާބެއް ނުދިން. ރަށްޓެހި އެހެންމީހަކު މެދުވެރިކޮށް ބެލުމުން އެނގުނީ ސޮއިކުރަން ވެރިޔާގެ މޭޒު މައްޗަށް ގެންގޮސްފައިވާކަން. އެކިގޮތްގޮތުން އުޅެގެންވެސް ކާމިޔާބެއްނުވި. އޭގެ ފަހުން އައީ އެ ވެރިޔާގެފޯން ކޯލެއް. ބައްދަލުކުރަން ބޭނުންކަމަށް. 15 ހާހުން ސަލާމަތްވީ
އިޙްސާސް
29 October 2019
ހޯހޯ އެއްގޯތި ބުޅާތައްވެސް ކޯޅޭދޯ ކާއެއްޗަކަށް މާބޮޑަށް ދަހިވެތިވީމަ. އެހެން ހަމަ ތިޔަ ކައުންސިލަށްވެސް ތިޔަވަނީ.
ކުޑޭ
28 October 2019
ޝިފާ ދެން އިސްތިއުފާދީ! ކަރަޕްޝަން އެއްވެސް ވަރަކަށް ބަލައެއް ނުގަނެވޭ
ރާއްޖެ
28 October 2019
ހަމަ ތި ހުރިހާ މެންބަރުން ދެން އޮންނަ އިންތިޚާބެއްގަ ވެސް ވޯޓް ލައިގެންކަލޭމެން ހޮވާނެ.
ކ.މާފުށި
28 October 2019
ރައީސް އޮފީހުގެ ހާއްސަ ބަޖެޓުން މިރަށުގައި ކުޑަކުދިންގެ ޕާކެއް ހައިދިނުން އެދެމެވެ.
ހޫން
28 October 2019
އެޖެންޑާ .ނަވާރަ .ވަރަށް.ތަފާތުވާނެ..
ކަޅުކަޅު ދޮނޭ
28 October 2019
ޢެއްބަސްވުމަކާ ނުލާ އަމީންކޮންސްޓްރަކްޝަނުން އެވަރު މަސައްކަތެއް ނުފަށާނެ.. އެއީ މަޖީދީމަގުގަ މަސައްކަތެއލިބޭތޯ ތިއްބަ ލިބޭމަސައްކަތް ކުރަން ދާހެން ދާބައެއްނޫން.. ތި ކައުންސިލަރުގެ ތުހުމަތުގަ ހުރީ ކިހާވަެއްކަންވެސް އިގޭނެ.....
ޖަހޯބަރާ
28 October 2019
މިގައުމުގަ ކޮރޮޕްޝަނާއި ފަސާދައިގެ އަމުލަތައް ހިންގަނީ މަޖީދީމަގުގަ އުޅޭ ނިކަމެތިންނެއްނޫން.. ޓައިއަޅައިގެންތިބި މީހުނާއި ގައުމުގެެ ބޮޑުންނާއި ބޮޑެތި ކުންފުނިތައްވެސް ބައިވެރިވެގެން. އޮޅުވާލަން ނޫޅޭ.!
ރަތްލާޖެހި އެމްޑީޕީ ސޮރެއް
28 October 2019
ފްލެޓް ދޫކުރުން ހައުސިންގ މިނިސްޓްރީން ނަގައި، ސިޓީ ކައުންސިލަށް ދޭން ސިޓީ ކައުންސިލް މެމްބަރުން މި ބާރުއަޅާ ސަބަބު މިހިރަ ފަޅާ އަރަނީ، ހެޔޮނުވާނެ އެކަން ހަވާލު ކުރަން، ސިމެންތިކޮޅުވެސް ވިއްކާލާނެ ތި ކައުންސިލަރުން، އަމީން ކޮންސްޓަރަކްޝަނަކީީވެސް ހުރިހާ ސަރުކާރެއްގައި ނިކަން ފާޓުފުޅާ ކޮރަޕްޝަން ހިންގާލާ ބަޔެއް