ގެއްލިގެން ހޯދަމުން އަންނަ ޝިމާ: އޭނާ ގެއްލުނު ކަމަށް ބުނާ ސަރަހައްދު އަލުން ބަލަން ވަނީ ފަށާފައި
28 އޮކްޓޯބަރ 2019 - 19:15
ލ. ފޮނަދު އިން އެ އަތޮޅު މާމެންދު އަށް ޑިންގީއެއްގައި ދަތުރު ކުރަނިކޮށް، މިދިޔަ ފެބުރުއަރީ މަހު އައިމިނަތު ޝިމާ ނާފިޒް 19، ގެއްލުނު ކަމަށް ބުނާ ސަރަހައްދު ފުލުހުން އަލުން ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، ޝިމާ ގެއްލުނު ކަމަށް އޭނާއެކު ދަތުރުކުރި މުހައްމަދު ފަޒީލް ބުނާ ސަރަހައްދަށް ފީނައިގެން ފުލުހުން އަންނަނީ ބަލަމުންނެވެ. އަލުން ފީނަމުން އަންނަ އިރު، މީގެ ކުރިން ވެސް ފުލުހުން މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފިޔަވައި ތަފްސީލެއް ފުލުހުން ނުދިނެވެ.
"ޝިމާ ގެއްލުނު މައްސަލައާ ގުޅުން ހުރި މަސައްކަތްތަކެއް ލ.އަތޮޅުގައި ފުލުހުން ދަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި، ލ. ގާދޫ ކަނޑުއޮޅިއަށް ބަންޑުން ޖަހާލި ޑިންގީން ފަޒީލް ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓްގެ ފަރާ ހަމައަށް ދެވުމުންނެވެ. މި ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެ އެވެ. އޭނާ ބުނެފައި ވަނީ ޝިމާ ސަލާމަތްކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ.
އެކަމަކު އޭގެ ފަހުން، ޝިމާގެ ކޮއްކޮއަކު ގޮވައިގެން މާމެންދޫން އެހެން ދެ ފިރިހެނުންނާ އެކު ދަތުރެއްކުރަނިކޮށް ކަނޑުމަތިން ފަޒީލް ހުއްޓުވާފައިވެ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞާދު
30 October 2019
ތިވާނީ އިނހި ، ބޯވާ ކަހަލަ އެއްޗެހި ގިނައިން އުޅޭ ހިސާބަކަށް. ނާފަހެ އިތުރު ކޯޗެއް ފެންނާނެ ކަމަށް މިހާ ދުވަސްފަހުން. ޓެރަރިޒަމް ޤާނޫނުގެ ދަށުން ދީނީ ހަރުކައްޓޭ ނުކިޔާ މުޖްތަމައުުގެ ހައްގުގައި ޔޫސްކޮށްބާ އިހްލާސްތެރި ކަމެއް ހުރިއްޔާ
އާދަމް ބާއީ
29 October 2019
ގެއްލިއްޖެ މީހެއް ފުލުންނަށް ދުވަހަކު ފެނޭތަ؟
ވަހީދު
29 October 2019
ޙާދިސާއެއް ހިނގާފައިވާ ސަރަހައްދުގައި ފިޒިކަލް ހެއްކޭ މިކިޔާ ހެދި ހުންނާނެ ވަރަށް ޒަމާން ވަންދެން. އެއީ ކަނޑަށް ވިޔަސް ހެކި ހުންނާނެ.
އިޙްސާސް
29 October 2019
އޭ ފުލުހުންނޭ ޝިމާ ގެއްލުނުތާ އަދި ދެތިންދުވަސްވެސް ނުވޭދެއްތޯ؟ މާއަވަހެއްނު ފީނާލަން.
ފޭކު
28 October 2019
ދިވެހިރާއް ޖޭގަ އުޅޭ ފުލުހުންނަކީ ނަމެއްގައި ޔުނިފޯމް އަޅައިގެން ތިބޭ ބައެއް. ހަރާން ވާ އެއްކަމެއްވެސް.
ސައަހައަރޮއޮ
30 October 2019
މީދާ މަރާ ފޯސް. މީދަލާ ދެކޮޅައް ބޮޑު ހަނގުރާމަ އެއް ޓީވީ އައްއަރާ އިއުލާނު ކޮށް ހަމަސް ވަންދެން ގައުމުގެ ހަޒާނާ ހުސްވަންދެން ހަނގުރާމަ ކުރި ހަމަ އެކަނި ފޯސް ދުނިޔޭގަ. މި ހަނގުރާމަ ހިނގީ ނުވަދިހައިގެ އަހަރު ތަކުގަ. އޭރު ދިވެހި ފުލުހުންނާ ސިފައިން އޮއްނަނީ އެއް ޖަމާއަތެއް ގޮތުގަ. އެއްމެ ގިނަ މީދާ މަރާގެން މެޑަލް އޮފް ބްރޭވަރީ ވެސް ލިބުން މީހުއެބަތިބި. އޭގެ ފަހުން ބުޅަލާ ދެކޮޅަށް ހަނގުރާމައިގަ އަމާޒައް ބަޑި ޖަހާ ބުޅާ މަރާލައިގެން މެޑަލް ދިން މީހުނ
ނިރު
28 October 2019
އަދިތަންކޮޅެއް އަވަސް އެ ސަރަހައްދު ބަލާ ޗެކްކުރަން
ޢާސިފު
28 October 2019
ސުވާލަކީ އޭނާ ޑިންގީގަ ފުރިހޭ؟ ނޫނީ މަރާލާފަ ވަޅުލާފަ ކަނޑުވީ ކަމަށް ހަދަނީހޭ؟
ހިރިޔާ
28 October 2019
ބަލަނީ ކޮންމެހެން ހަށިގަނޑު ހޯދަން ކަމުގަ ނުވެދާނެ. ހުއްޓާލާފައި އޮތް މަސައްކަތެއް އަލުން ފަށާނީ ކޮންމެސް އުންމީދެއް ލިބިގެން ކަން ޔަގީން. ތަހުގީގަށް ކުރިއެރުން ލިބި މައްސަލަ އަވަހަށް ނިމުން އެދި ތިބީމު.!
ލާފިންގ ސްޓޮކް
28 October 2019
އަދި މަޑުކޮށްލާ. ތިޔަކަހަލަ ސީންއަކީ އުމުރުދުވަހަށް ބަދަލު ނައިސް އޮންނަ ތަނެއް. އެއްޗެއް އިޔަކާ ނުދާނެ ވަޅެއް ނުޖަހާނެ.
އަރަތު
30 October 2019
ޑިންގީވެސް އެތާއެބަ އޮތް
ޒިމާމް
28 October 2019
އޭރުވެސް އެމީހުން އެކަމަކާ މާބޮޑަކަށް ނޫޅޭ. މާސްކްއަޅައިގެން މަތީ ޖަހާލަޖަހާލާ ތިބީ. މިއަދުވަކި ކުރެވޭނީ ކޮން ކަމެއް. އިތުބާރުގެއްލިއްޖެ ފުލުހުންނަށް
ޢަބްދުﷲނާފިޒް
28 October 2019
ފުލުހުންގެ އިތުބާރު ގެއްލިގެން މިއުޅެނީ މިއަދުތަ!؟ ކިތައްމެ އަހަރެއް ވެއްޖެ ނޫންބާ!