ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި ކޯޓަށް ހާޒިރު ކުރަންޖެހޭ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ހޯދަން އިއުލާން ކޮށްފައި ވަނީ ހ. ރަތްކުންނާރުގެ، އާރިޝް ޝިޔާމް، 29 އެވެ.
ފުލުހުން މިއަދު ބުނީ އާރިޝް ހޯދަނީ ދައުލަތުން ދައުވާ ކުރާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ.
އޭނާ ކްރިމިނަލް ކޯޓަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ މާދަމާ ހެނދުނު 11:15 އަށެވެ.
އާރިޝްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް ފުލުހުންނަށް ހިއްސާކުރުމަށް އެދިފައިވެ އެވެ.
ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި މީގެ ކުރިން މީހުން ހޯދަން އިއުލާން ކޮށްފައިވެ އެވެ.