ޚަބަރު / އިންފޮމޭޝަން ކޮމިޝަނަރު

އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަންކޮށްފި

ަރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަގާމުގެ ލިއުން ފިޔާޒްއާ ހަވާލުކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

ހުސެއިން ފިޔާޒް މޫސާ، އިންފޮމޭޝަން ކޮމިޝަނަރަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

އޭނާ އަށް އެ މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފިޔާޒް، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފުތާގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.

ފިޔާޒް، ނޫސްވެރިކަމުގެ ހަޔާތް އެންމެ ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު މިއަދު ނޫހުންނެވެ. އަދި ދެ އަހަރު ފަހުން އައްޑުވަސް އަދި މަނަސްގެ އެސިސްޓަންޓް އެޑިޓަރު ކަން އޭނާ ކުރެއްވި އެވެ. އޭގެ ފަހުން އޭނާ އާފަތިސް ނޫހާއި "ހަވީރު" ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ފިޔާޒް ވިދާޅުވެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށްފި ނަމަ މައުލޫމާތު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މިހާރަށް ވުރެ ފަސޭހަކޮށް، އަވަހަށް ލިބޭ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށެވެ.

ރާއްޖޭގެ ދައުލަތް ހިނގަމުން ދަނީ ކަންކަން ސިއްރުކުރުމުގެ ސަގާފަތުގެ މައްޗަށް ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުންފާޅުކުރެއްވި އެވެ. އެއީ ބަދަލުކުރަން ޖެހިފައިވާ އުސޫލެއް ކަން ފާހަަކުރައްވައި ވިދާޅުވެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ވެސް ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުގެ މަސައްކަތަކަށް ވާނީ ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް އެ މައުލޫމާތެއް ލިބޭނެ ގޮތެއް ހެދުން. ކޮން ކަމެއްތޯ އަޅުގަނޑުމެން ސިއްރު ކުރަންވީ؟ ސިއްރު ކުރަންވީ ސަބަބެއް ނެތެއް ނޫންތޯ،" ފިޔާޒް ވިދާޅުވެފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.

8 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 47%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަހޫ

31 October 2019

ތިފިޔާޒުއަށްވުރެ މާރަނގަޅުވާނެ ނައީމައްތައަށް އިންފޮމޭޝަން ކޮމިޝަނަރުކަން ދިނިއްޔާ. އިސްލާހުކުރަންއައި ބަޔަކު މިކުރާ ހަޑިކަންތައްތަކުން ވޯޓުދެވުނު މޮޔަހީވޭ.

The name is already taken The name is available. Register?

ހާހާ

31 October 2019

ތްރީލައިން ވިޕް ކޮމިސަނަރު މިއޯ

The name is already taken The name is available. Register?

އަލި

31 October 2019

ހުރިހާކަމެއް ޕާޓީ ކުދިންނަށް...

The name is already taken The name is available. Register?

ޥަގޜ

01 November 2019

ޕީއޭ ކައުންސިލް މެންބަރު މާވަށު އަޒީ އަށް މި މަގާމު ދިން ދުވަހު ޕާރޓީ ކުއްޖާއަކަށްނުވިއެވެ.

The name is already taken The name is available. Register?

ފިކުރު

31 October 2019

ދައުލަތުގެ ހުރިހާ މަގަމަކަށް ޕާޓީ ފިކުރުގެ ކުދިން

The name is already taken The name is available. Register?

އެނގޭ

31 October 2019

ޑިގްރީގަނޑެއް އޮތަސް ތިޔަފަދަ މަގާމަކާ ކުފޫހަމަވާ މީހެއް ނޫން ތިއީ. ރަނގަޅަށް އެނގޭތީ މިހެން މިބުނީ. ފެންވަރާއި އޮއްޓަރު ހުރިވަރު ބަލާބަޔަކަށް ނިކަންފެންނާނެ. ދެން ބަލަން ތިބެ.

The name is already taken The name is available. Register?

އަލިބޭބެ

31 October 2019

ވަރަށް އުފާވެއްޖެ. އުއްމީދުކުރަން ސަރުކާރާ ގުޅިގެން ޤައުމަށް ހިދުމަތް ކުރާނެކްމްށް

The name is already taken The name is available. Register?

ހުޅުޅޭ ބޮޑުމީހާ

01 November 2019

ފިޔާޒް މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454