ހަނިމާދޫ އެއާޕޯޓް: އެތަނުގެ މެޓް އޮފީހުގެ ކޮޓަރިއެއްގައި ސްޕައި ކެމެރާ ހަރުކޮށްގެން އޮރިޔާން ކާޑު ހަދަން އުޅުނު މައްސަލައެއް ވަނީ ފެންމަތިވެފައި. -- ފޮޓޯ/މިހާރު
01 ނޮވެމްބަރ 2019 - 12:18
ސިއްރުން ކެމެރާއެއް ހަރުކޮށްގެން އަންހެނުންތަކެއްގެ އޮރިޔާން ކާޑު އުފައްދަން މަސައްކަތްކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އޮރިޔާން ކާޑު އުފައްދަން އުޅުނީ ހދ. ހަނިމާދޫގައި ހުންނަ މީޓިއޮރޮލޮޖިކަލް ސާވިސްގެ އޮފީހުގެ ހެދުން ބަދަލުކުރާ ކޮޓަރީގައި ސްޕައި ކެމެރާއެއް ހަރުކޮށްގެން ކަމަށެވެ. އެ ކެމެރާ ހަރުކޮށްގެން އެތަނުގެ އަންހެން މުވައްޒަފުންގެ އޮރިޔާން ކާޑު އުފައްދަން އުޅުނު މައްސަލަ ފެންމަތިވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ މިދިޔަ މަހު ފުލުހުންނަށް ހުށަހެޅުމާ އެކު އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން ބުންޏެވެ.
އެފަދަ އެއްވެސް ކަމެއް ހިނގައިފި ނަމަ، އެކަން ލަސްނުކޮށް ފުލުހުންނަށް އަންގަން ފުލުހުން އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިފިނި
02 November 2019
ކަމެއްވާއިރަށް ޕޮލިހަށް އަންގައިގެން ވާ ކަމެއް ނޯވޭ. ޢެހެންވީމަ ނުދާނެ ދޯ ?
ކޮލެޖު ޖާނަލިސްޓް
02 November 2019
ކީއްކުރަން ހަނިމާދޫ އެއާޕޯޓުގެ ފޮޓޯ އެއް ޖެހީ؟ އެއާޕޯޓުގެ އަގު ވައްޓާނުލާ.
ގިޔާސް
01 November 2019
އޭ މަބުނީ، މިވެރިން މޫސުމާބެހޭ ކުލަކުލައިގެ އިންޒާރު ނެރެނީ މިގޮތަށް ސްޕައި ކެމް ހަރުކޮށްގެންތަ!؟
ކުމުންދު އަލީ
01 November 2019
އޮރިޔާން ކާޑޭ ކިޔައިގެން މާ އަބުއި ބަޔަކަށް ވެގެން ނޫޅެ ސާފު ސީދާ ދިވެހިބަހިން ބުނެލަބަލަ ކުރަން އެއުޅޭ ކަމެއް.
adam
01 November 2019
ހާދަ ދަށުދަރަޖައިގެ އަމަލެކޭ މިކުރަނީ. ފިރިހެނެއްނަމަ ތިހެން ނަހަދާނެ. ތިޔައި އެއްވެސް އުރައްޕެއްނެތް، ފިނޑިން އުޅޭގޮތް. އަންހެނަކު ހަމަ ނުވީތަ؟
ކޮރަލް
01 November 2019
ތަހުގީގު ކުރާނެ އެވެ. ނުމުނީ އެވެ. މައްސަލަ އަށް ވާނުވާ ބަލަމުން ގެބްދާށެވެ.
ހަޑޫހަކުރުފުށް
01 November 2019
ކޮން ކާޑެއް؟ ކެމެރާ އެއީ ކާޑު ހަދާ އެއްޗެއް؟ މަށަކަށް ތިޔަ ކާޑަކަށް ވާ ގޮތެއް ނޭގުނު.
ފުރެއްދިލޮނު
01 November 2019
ތިޔައުޅެވެނީ މީގެ 50 އަހަރުކުރީގައެވެ.
Mohamed Ibrahim
01 November 2019
މިފެންނަނީ ފަހުޒަމާނުގެ ޢަލާމާތް މިކަމާ ހާސްނުވޭ
ވައަތުފުއްކިނބަ
01 November 2019
މިވެރިން މޫސުން ލަފާކުރާ ގޮތް އަދި ކިރިޔާ މި އެނގުނީ. ސާބަހޭ ކުދިންނޭ.
ނެޑް
01 November 2019
އިލްމުވެރިން ކީކޭބާ ބުނަނީ؟ ހައްޕު؟
ހަމީދުބޭ
01 November 2019
ޢިލްމުވެރިން އަބަދުވެސް އެކިޔަނީ ބެލުންތައް ތިރިކުރާށޭ. ކައިވެނި ކުރާށޭ. ރޯދަ ހިފާށޭ. ޒިނޭއާ ކައިރިވެސް ނުވާށޭ. ފާޙިޝް ކަންކަމާ ދުރުވާށޭ. އަދި ބުނަން: ކަންފަތް ހުއްޓަސް އަޑު ނީވޭ ބައެއްގެ ވާހަކަވެސް އެބަ ކިޔާ.