02 ނޮވެމްބަރ 2019 - 06:55
ދުނިޔޭގެ އެހެން ހިސާބުތަކުގެ މީހުންގެ ސިކުނޑި އަށްވުރެ އިންޑިއާ މީހުންގެ ސިކުނޑި ނިސްބަތުން ކުޑަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ނިއުރޮލޮޖީ އިންޑިއާ ޖާނަލްގައި ޝާއިއުކޮށްފައިވާ ހައިދަރުއާބާދުގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (އައިއައިއައިޓީ-އެޗް) ގެ ދިރާސާގައި ބުނިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންގެ ސިކުނޑި އަށް އަށް ވުރެ އިންޑިއާ މިހުންގެ ސިކުނޑީގެ ބޮޑުމިނާއި ބަރުދަން ވެސް އެވްރެޖްކޮށް ތަފާތެވެ.
އެގޮތުން ސިކުނޑީގެ ސައިޒް ކުޑަވުމުގެ ނަތީޖާ އަކީ އަލްޒެއިމާ އާއި އެ ނޫން ވެސް ސިކުނޑީގެ އެހެން ބަލިތަކަށް ހުށަހެޅުން އަވަސްވުން ކަމަށް ވެސް ދިރާސާގައި ބުންޏެވެ.
IIITH researchers create first-ever Indian Brain Atlas demonstrating significant differences in size and structure of the average Indian brain vis-a-vis Caucasian as well as other Eastern brains. https://t.co/rpAUTr55fw#iiith #iiithyderabad #indianbrainatlas #cvit
— IIIT Hyderabad (@iiit_hyderabad) October 28, 2019
ދިރާސާ ޓީމުގައި ހިމެނޭ ސެންޓަ ފޮ ވިޝުއަލް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޖަޔަންތީ ސިވަސްވާމީ ވިދާޅުވި ގޮތުގައި މި ދިރާސާ ހަދާފައި ވަނީ އާންމުކޮށް ހުޅަނގުގެ މީހުންގެ ސިކުނޑީގެ ސައިޒް މިނެކިރާ މޮންޓްރިއަލް ނިއުރޮލޮޖިކަލް އިންސްޓިޓިއުޓް (އެމްއެންއައި) ގެ ޓެމްޕްލޭޓްގެ ސްޓެންޑާޑަށް ރިއާޔަތްކޮށްގެންނެވެ.
IIIT Hyderabad's first-of-its-kind Indian Brain Atlas featured on @ZeeNewsHindi prime time Daily News and Analysis https://t.co/8zyYVmtfPR#iiith #iiithyderabad #cvit #indianbrainatlas
— IIIT Hyderabad (@iiit_hyderabad) October 30, 2019
އެގޮތުން ފާހަގަކުރެވުނީ ހުޅަނގުގެ ގައުމުތަކަށް ނުވަތަ ދުނިޔޭގެ އެހެން ހިސާބުތަކަށް ނިސްބަތްވާ މީހުންގެ ސިކުނޑި އަށް ވުރެ އިންޑިއާ މީހުންގެ ސިކުނޑި އެވްރެޖްކޮށް ކުޑަކަމެކެވެ.
"މި ފަރަގަކީ އަހަރެމެން ސަމާލުވާންޖެހޭ ކަމެއް. އަދި މިއިން ދައްކުވައި ދެނީ ސިކުނޑީގެ ބަލިތަކަށް އަހަރެމެން ދުރާލައި ރައްކާތެރިވުމުގެ މުހިއްމުކަން ބޮޑުކަން،" ޖަޔަންތީ ވިދާޅުވި އެވެ. "ސިކުނޑި ކުޑަވުމަކީ ސިކުނޑީގެ ބަލިތައް އަވަހަށް ކުރިމަތިވާ ކަމެއްކަން ދިރާސާ އިން ދައްކާ ނަމަ އޭގެ މާނައަކީ އެކަމަށް ދުރާލައި ފިޔަވަޅުތައް އެޅުމަކީ ކުރަން ޖެހޭ ކަމެއްކަން. ސިކުނޑީގެ ހާލަތު ދުރާލައި އެނގުމަކީ ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެ."
އޭނާ ވިދާޅުވި ގޮތުގައި މި ދިރާސާގެ އަލީގައި މިހާރު އަންނަނީ ސިކުނޑީގެ އޭޖިން ޕްރޮސެސް އިތުރަށް ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
"މީހާ އުމުރުން ދުވަސްވާ ވަރަކަށް ސިކުނޑި އަށް އަންނަ ބަދަލުތައް ތަފާތުވޭ. އަހަރެމެންގެ ފޯކަސް މިހާރު ހުރީ އޭޖިން ޕްރޮސެސްއާ އެކު އިންޑިއާގެ މީހުންގެ ސިކުނޑި އަށް އަންނަ ބަދަލުތައް އިތުރަށް ދެނެގަތުން. ސިކުނޑީގެ ސްޓަރަކްޗާ އަށް އަންނަ ބަދަލުތައް އިތުރަށް ދެނެގަތުން،" ޖަޔަންތީ ވިދާޅުވި އެވެ. "ދިރާސާގައި ވެސް އެބަ ބުނޭ މި ބަދަލާއި އަލްޒެއިމާ (ޑިމެންޝާ) އާ ވެސް ގުޅުން ބޮޑު ކަމަށް."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮރެންޖްބެރީ
03 November 2019
އިންޑިއާ މީހުންނާ ދިވެހިންނަކީ އެއް ބައެއް.
ދގަތ
03 November 2019
އެހެންވެގެންތާ އަދިވެސް ބުދައް އްޅުކަންކުރަނީ
މަމީ މަ
02 November 2019
ނަސީބެއްތާ އެވެ. އެހެން ނޫން ނަމަ .
މޮޔަގެރި
02 November 2019
ސިކުނޑި މާ ބޮޑު ވުމަކީ ވެސް ގޯހެއް. ދިވެހިން ނަށް ވެގެން އުޅެނީ މި ހެން ކަމަށް ވެދާނެ.
ޖަހާންގީރު
02 November 2019
އެހެންވެތާ އަތުޖެހުނުހާ އެއްޗަކަށް އަޅުކަންކުރަނީވެސް ބީތާ ތަކެއް އުޅޭ ޤައުމެއް
މަބުނީ
02 November 2019
އަހަރެމެން ދާނީ ތިގްރޫޕަށްތާ. ވަރަށް އިލްމީ މޮޅުބައެއް އިންޑިއާ މީހުންނަނީ
މޯޑުސް
02 November 2019
ތިއީ އަހަރެމެންނަ މާކުރިން އެގޭ ކަމެއް. އެމީހުންގެ ސިކުޑީގެ މައްސަލަ އުޅޭތީ އިގިރޭސީން އަތުން ގައުމު މިނިވަން ކުރުމަށް ފަހު ހުރިހާ މީހުން އިގެރޭސިންގެ ގައުމުތަކަށް ހިޖުރަ ނުކުރެވިގެން އުޅުނީ. އަރަބިންގެ ސިކުޑިވެސް ޗެކު ކުރުން ރަގަޅު
ހާޖީ
02 November 2019
ސިކުނޑި ކުޑަ ، އެކަމަކުތީ ދުނިޔޭގައުޅޭ އެންމެ ބޯބޮޑުމީހުން ، މުޅިދުނިޔޭގަ ތިޔަމީހުންގެ ބަލާނުޖެހޭ ގައުމެއްނެތް ، ކޮންމެ ތަނެއްގަވެސް އުޅޭނީ ކޮލޮނީ ހަދައިގެން ، އެގައުމެއްގެ ރައްޔިތުންނަށްވުރެ ތިޔަމީހުންގެ ބާރުގަދަވާނެ ، އޭގެ މިސާލަކީ މިގައުމުގަވެސް ހުރިހާ ބޮޑެތިވަޒީފާތަކުގަވެސް އުޅޭނީ ތިޔަމީހުން ، ދިވެހިން ތިބޭނީ އެމީހުންގެ ދަށުގަ