ޕީޕީއެމުން އެ ޕާޓީގެ އޮފީސް ކުރިމަތީ ބޭއްވި އެއްވުމުގެ ތެރެއިން މީހަކު ހައްޔަރުކުރަނީ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު
02 ނޮވެމްބަރ 2019 - 21:26
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޕީޕީއެމް އިން އެ ޕާޓީގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުން ފެށުމާ އެކު ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޕީޕީއެމުން ބުނި ގޮތުގައި ކައުންސިލް ތިން މެންބަރަކާއި، މިރޭގެ އެއްވުމުގައި ބައިވެރިވި ޑީއާރްޕީގެ ރެޖިސްޓްރާ އަދި މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ޕީޕީއެމް އޮފީސް ކުރިމަތީ "ބަޑި ބުރާސްފަތި" ނަމުގައި އެއްވުން ބޭއްވީ ނަސްރުގެ ދުވަސް ފާހަގަކުރަން އެ ޕާޓީން ކާނިވަލުގައި ބާއްވަން އުޅުނު އެއްވުމަށް އެ ތަން ނުލިބުމުން ކަމަށް ކުރިން ވަނީ ބުނެފަ އެވެ. އަދި ފުލުހުން ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ.
ނޮވެމްބަރު 3، 1988 ގައި ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ދިވެހިންގެ ބަޔަކު ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދިން އުދުވާނީ ހަމަލާގައި ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހު ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ނުދިނީ ނަސްރުގެ ދުވަސް ފާހަގަކުރަން މި ސަރުކާރުން ބޭނުން ނުވާތީ ކަމަށް ޕީޕީއެމް/ޕީއެންސީ އިން ވަނީ ބުނެފަ އެވެ.
ޕީޕީއެމުން އެ ޕާޓީގެ އޮފީސް ކުރިމަތީ ބޭއްވި އެއްވުން ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު
ޕީޕީއެމް ކުރިމަތީ އެއްވުން ފެށުމުގެ ކުރިން ފުލުހުން ގޮސް، ޕޭވްމަންޓް މައްޗަށް މީހުން އަރުވައި މަގުމަތީގައި މީހުން ތިބުން މަނާކުރި އެވެ. އެ އެންގުމާ ހިލާފުވެ ފުލުހުންގެ އަމުރަށް ނުކުރިމަންތެރިކަން ދެއްކި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތަން ފެނުނެވެ.
އޭގެ ފަހުން އެއްވުން ކުރިއަށް ގެންދިޔައީ ޕީޕީއެމް އޮފީސް ކުރިމަތީގައި ސްޕީކަރު ބަހައްޓައި ވާހަކަ ދައްކަމުން ދިޔައިރު މަގުގެ އަނެއް ފަޅިން އާޓިފިޝަލް ބީޗު ފަޅީގައި މީހުން އިށީނދެ ތިބެގެންނެވެ. ދުވަހާ ގުޅޭ ބައެއް ލިޔުންތަކާއި އިސްލާމް ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ލިޔެފައިވާ ލިޔުންތައް އެއްވުމުގެ ބައިވެރިން ގެންގުޅުނެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
04 November 2019
ޕީޕީއެމް މީ މުޅިންވެސް ރިކޯޑު މުގުރާ ޕާޓިއެކޭދޯ، މިއޮތީ އަނެއްކާ އަނެއް ރިކޯޑު މުގުރާލާފަ، ނަސްރުގެ ދުވަސް ފާހަގަކުރަން ފުރަތަމަ ފަހަރަށް މުޒާހަރާއެއް ބާއްވާ މިއޮތީ ރިކޯޑު ހަދާފަ، ސާބަހޭ.........
މުހަންމަދު ކަލޯ
03 November 2019
ތީ ރޭވުމެއަ ތިކަމުގަ ބައިވެރި ނުވެވޭނެ.
ހައިދަރު
03 November 2019
ނަޞްރުގެ ދުވަހު އެއްވުމުގެނަމުގައި ނިޔަތް އޮތީ ސަރުކާރާ ދެކޮޅަށް އެހެންވީމަ ހުއްޓުވަން ޖެހެނީ
ގިޔާސް
04 November 2019
ނަސްރުގެ ދުވަހު އިހުތިޖާޖުކޮށް މުޒާހަރާކޮށް އުޅޭ ކަމެއް މީގެ ކުރިން ނުދެނަހުރިން، އެހެންވީމަ ތިކަން ހުއްޓުވަން ޖެހޭނެ ކަމަށް ފެންނަނީ......ތިހެދީ ހެޔޮކޮށް.
ކިޑު
03 November 2019
އިބޫ އިސްތިއުފާ
ނަސްރު
03 November 2019
ނަސްރުގެ ދުވަހަކީ ގައުމުގައި އެންމެން އެކަތިގަޑަކަށްވެ ޝަހީދުވިމީހުން މަތިން ހަނދާން ކުރަންޖެހޭ ދުވަހެއް. އިދިކޮޅުން ގައުމު ހަލަބޮލިކުރާ ދުވަހަކަށް މިދުވަސް ހަދަން ޖާގަ ނުދޭތި
މުޙުއްމާ
03 November 2019
އަޅުގަޑުމެން މިސަރުކާރަށާއި މަޖްލިސްގެ އެމް.ޑީ.ޕީ. މެމްބަރުންނަށް ވޯޓް ދިނީ އަދުލުއިންސާފް ޤާއިމުކޮށް އެއްވެއުޅުމުގެ މިނިވަންކަން ހޯދާދޭނެ ކަމަށް ވަޢުދު ވުމުން. ހާދަ އަވަހަކަށް އެވަޢުދު މަތިން ހަދާން ނެތުނީ. އަދި 4 އަހަރު ފަހުން ރިޔާސީ އިންތިޚާބު އޮންނާނެ. ރައްޔިތުން ވޯޓް ދޭނީ ސަރުކާރުގެ އަމަލަށާއި ވަޢުދު ފުއްދިތޯ ބަލާފަ. ހުވަފެނަކަށް ވޯޓް ދޭވަރަށްވުރެ ރައްޔިތުން މާ ހޭލުންތެރި. ފުލުހުންނަށް ވަރަށް ސަލާމް.
ނ ނުސްރާ
03 November 2019
ކަލާ ނގެ ސަފު ން ބަދަލު ނުކުރައްވަތޭ ގައުމެއްގެ ހާލާތު.. ނުވާ ނަމަ ގައުމުގާ ހާލަތު ބަދަލު ކުރުމުގެ ޚިޔާލާތު..
ޖިޒްމާން
03 November 2019
ނަސްރުގެ ދުވހު ނުޖެހޭ މުޒާހަރާ ކުރާކަށް. ޝަހީދުވި މީހުންނަށްވެސް ހުތުރު ތިއުޅު ވައްތަރަކުން. ގައުމު ހަލަބޮލި ކުރާ މީހުންނާ ދެކޮޅަށް ނިކުމެ ޝަހީދުވީ
ހަނާން
03 November 2019
ޢެއްވާން ބޭނުމިއްޔާ ހައްޖަށް ދިއުމަށް ގޮވާލި މީހާ ގެއަށްވަދެ ތިބި ނަަމަ ހައްޔަރެއް ނުކުރާނެ.
ބޮންދު
03 November 2019
ބާރުލިބި އޮތް އިރު ހެދި ޤާނޫނުގެ ތަންދޮއްވެފަ ތިއޮތީ. ތިޔަޔަށް ކިޔަނީ ފޭހުނު އިލޮށިގަޑު ލޮލަށްހެރުން. މާލެ ތެރޭގަ އެއްވުންބޭއްވީމާ އުދަގޫވާނެތީ އެއީ ޔާމީން ހެއދެވި ވަރަށް ރަގަޅު ޤާނޫނެއް. އެޤާނޫނު ދަމަހައްޓަންޖެހޭ. އުވާލާނެ ކަމެއްނެތް. ވާންކޮްއްފަ ބަހައްޓާ. ޕޕމ ކުދިންވެސްޖެހޭނެ ކަރުނަ ގޭސްބޯން. އެމޑޕ މީހުންވަރަށްގިނަ ދުވަހު ކަރުނަ ގޭސްބުއި. އޭރު ހޭންތިބީ ޕޕމ ގެ މެމްބަރުން.