ކުޅުދުއްފުށީގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ހިދުމަތް މިދިޔަ މަހު ރަސްމީކޮށް ފެށުމަށް ފަހު، ހެލްތު މިނިސްޓަރު އަމީން އެތަން ބައްލަވާލަނީ: ކާޑިއެކް ސެންޓަރުގެ ހިދުމަތް އަލުން ފަށަން ދެ ހަފްތާއެއް ވަރު ނަގާނެ ކަމަށް ބެލެވޭ -- ފޮޓޯ: ހެލްތު މިނިސްޓްރީ
04 ނޮވެމްބަރ 2019 - 13:25
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި މިދިޔަ މަހު ހުޅުވި ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރި ހިތުގެ ޑޮކްޓަރުގެ ކޮންޓްރެކްޓް ހަމަވެ، ފުރައިގެން ދިއުމުން، ހިތުގެ ގިނަ ޓެސްޓުތައް ހެދުން ހުއްޓިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި، ޚަދީޖާ އަލީ "މިހާރު" އަށް ވިދާޅުވީ ހިތުގެ ޑޮކްޓަރު މިދިޔަ މަހުގެ 17 ގައި ފުރައިގެން ގޮސްފައިވާތީ، ކާޑިއެކް ސެންޓަރުން ފުރިހަމަ އަށް ޚިދުމަތް ދެވުނީ އެންމެ ހަފުތާ އަކު ކަމަށެވެ.
ޚަދީޖާ ވިދާޅުވި ގޮތުގައި، މިސްރުގެ އެ ޑޮކްޓަރުގެ ކޮންޓްރެޓް އާ ނުކުރީ އޭނާގެ ފަރާތުން ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވާތީ އެވެ.
ޚަދީޖާ ވިދާޅުވީ، ކާޑިއެކް ސެންޓަރުގައި ކާޑިއޮލޮޖިސްޓެއް ނެތުމުން، އެތަނުން ލިބެންވާ ހުރިހާ ހިދުމަތެއް މިހާރު ނުލިބޭ ކަމަށެވެ. ނަމަވެސް އާންމު ބަލިތަކުގެ ޑޮކްޓަރުންގެ އެދުމަށް، އީސީޖީ އާއި ލޭގެ ޓެސްޓުތައް އެ ސެންޓަރުން މިހާރު ވެސް ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރު މިދިޔަ މަހުގެ 11 ގައި ހުޅުވީ ނޮން އިންވޭސިވް ހުރިހާ ކާޑިއެކް ޓެސްޓްތައް ހެދޭނެ ގޮތަށެވެ. އޭގެ ތެރޭގައި ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑާ މޮނިޓަރިންގެ ހިދުމަތް ވެސް ހިމެނެ އެވެ.
ޚަދީޖާ ވިދާޅުވި ގޮތުގައި، އެ ސެންޓަރުގެ ފުރިހަމަ ހިދުމަތް ލިބެން ދެން ފަށާނީ އެތަނަށް އާ ކާޑިއޮލޮޖިސްޓެއް ލިބުމުންނެވެ. އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އާ ޑޮކްޓަރެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ އުތުރަށް އޮންނަ ތިން އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތުގެ ބަލީގެ ހިދުމަތް ދޭން ކާޑިއެކް ސެންޓަރެއް ހުޅުވި އިރު، އެ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް ދޭން ވެސް އެ ދުވަހު ފެށި އެވެ. އެ ސެންޓަރުގައި ޑޮކްޓަރު މަސައްކަތް ކުރެއްވި ދުވަސްވަރު، ދުވާލަކު ފަސް ވަރަކަށް ބަލި މީހުން އެ ޑޮކްޓަރަށް ދެއްކި ކަމަށް ޚަދީޖާ ވިދާޅުވި އެވެ. އާންމު ގޮތެއްގައި 300 އެއްހާ މީހުން ދުވާލަކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ އިރު، އެ ރަށަށް ދާ ފެރީން ގިނަ ދުވަސްތަކުގައި 600 އަށް ވުރެ ގިނަ މީހުން އެ ހޮސްޕިޓަލަށް ގޮސް ހިދުމަތް ހޯދާ ކަމަށް ޚަދީޖާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅުދުއްފުށިން ބަދީއު
04 November 2019
ވަގުތީ ކަމެއް، ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އާ ޑޮކްޓަރެއް ލިބުމުން މިކަމަށް ހައްލެއް ލިބުނީ. އަނެއްކާވެސް ކުޅުދުއްފުށިން ކުރިން ދުވަހަކުވެސް ނުލިބޭ ޚިދުމަތެއް އެ ސަރައްހައްދުގެ މީހުންނަށް ލިބެމުންދާނެ. އެހެންވީމަ މި ފުރުސަތުގައި ކުޅުދުއްފުށީގައި ކާޑިއެކް ސެންޓަރެއް ޤާއިމު ކުރެވި ޚިދުމަތްލިބޭގޮތް ހައްދަވައި ދެއްވީތީ ސިއްހަތު ވަޒީރަށް ޝުކުރުގެ ހާރުތައް އަރުވަން. މުޅި އަތޮޅުވެސް މަނިކުފާނުގެ މަސައްކަތަށް ފަހަރުވެރިވޭ.
ސޮބުރީ
04 November 2019
ރަނގަޅު ގައުމަކުން ރަނގަޅު ޑރ ކުޑަ އާބާދީއަކަށް ނުލިބޭނެ ބުނީތީ އަޑުއަހާ.. ބޮލެއް ގެނެވިދާނަ
ރާއްޖެ
04 November 2019
ދުވާލަކު 5 ޕޭޝަންޓުން ބަލާކަށް ކާޑިއޯލޮޖިސްޓުން އޮންކަޮލޮޖިސްޓުން ރާއްޖެތެރެއަކަށް ނުދާނެ.
ޔާސީނާ
04 November 2019
ވަރަށް އަމިއްލައަށް ބޮޑޭ ކަނޑާ މިނިސްޓަރެއް. ތިމަންނަ ކަހަލަ ޒުވާން މިނިސްޓަރެއް މިތަނާ ހަވާލުކުރި ކަން ރަނގަޅޯ. އެހެން ނޫން ނަމަ ނުހިނގާނެޔޯ މިނިސްޓްރީއެއް.
މަރިޔަމް، ހެލްތު ވޯކަރު
04 November 2019
ހަސަދައިގެ ހުޅުކޮޅު އަނދައަނދާ ހުއްޓަސް ހަދަހަދައިގެން ވާހަކަ ނުދައްކަފާނަންތަ؟ މިނިސްޓަރު ތި ކަހަލަ ވާހަކައެއް ނުބުނާނެ ކަން އޭނާ ދަންނަ އެންމެންނަށްވެސް އެނގޭނެ
ކަންނުވާ
04 November 2019
އަަސަރުކުރީދޯ އެ ސޮރު ހިންގާލާފައި އުޅޭ ވަރުން؟ މަނަމަ ވެސް ތިހެންވާނެ...،
ކުމުންދޫ މޮހޮންދު
04 November 2019
ކަލޯ ހަމަ މާލެ ދާން ޖެހޭނީ އިތުރު ގޮތެއް ނީންނާނެ އެއީ މުގައްދަސް ތަނެއް ކަންނޭގެ
މުރާސިލް
04 November 2019
ބައިސާ ކަނޑަމުންދުވާ ހެލްތުމިނިސްޓަރު ކޮބާހެއްޔެވެ؟ އެވިދާޅުވާ ހުރިހާކަމެއް ކުރެވޭނ ސަރުކާރުގެ ފެންވަރަކީ މިއީ ހެއްޔެވެ؟
ޒާހިދާ
04 November 2019
ސާބަސް އެކަމަކު ބުނަން، މި ޚިދުމަތް ލިބޭ ގޮތް ހެދުމަކީ ދާއިމީ ހައްލެއް. ޑޮކްޓަރު ފުރައިގެން ދިޔުމަކީ ވަގުތީ ކަމެއް. ޑޮކްޓަރަކު ގެނައިމަ ވަގުތީ ހައްލު ލިބުނީ. ދެން ވަގުތީ ކަމަކަށް ހައްލެއް ލިބެން އޮތްވާ ދާއިމީ ކަމުގެ މައްޗަށް އިހުސާސްތައް ބަންޑުން ކޮށްލަންވީ ސަބަބެއް ނުވިސްނޭ. މި ކާޑިއަކު ސެންޓަރެއް ހުޅުވައި ނުދިންނަމަ ކޮބާ ޑޮކްޓަރެއްގެ ބޭނުން؟ ދުރުވިސްނަބަލަ، ވަގުތުގެ ޖަޒުބާތުގައި ނުޖެހިބަލަ
ރަދީފުއްދީނުލް އަކްބަރު
04 November 2019
މިއަދު ސިއްހީވާހަކަ ހާދަ ގިނަދުވަހެކޭ. އާރުފަތަކަށް ސިއްހަތް އަރަނީބާ؟