ޚަބަރު / ޑރ. އާއިޝަތު އަލީ، އެޑިއުކޭޝަން މިނިސްޓަރު

މިނިސްޓަރު އައިޝަތު އަލީގެ ޖަވާބުތަކަށް އޭ ސްޓާއެއް!

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި ޖަވާބުތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓަރަށް ތައުރީފް ކުރައްވައި އޭ ސްޓާއެއް މިއަދު ދެއްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު މަޖިލިހަށް ހާޒިރުކުރީ ޓީޗަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެވޭނީ ކިހާ ތާކުތޯ ބެލުމަށް މަޖިލިހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވުމުންނެވެ.

އެ ސުވާލުގައި، ސްކޫލް ނިންމާ ދަރިވަރުން ދާއިރާއާ ދުރަށް ދާ ތަން ފާއިތުވެދިޔަ 12 އަހަރު ފެންނާތީ އެކަން ދިމާވާ ސަބަބާއި އެ ކަން ހައްލު ކުރަން މިނިސްޓްރީން ކުރާ މަސައްކަތް ބެލުމަށް ޔައުގޫބްގެ ސުވާލުގައިވެ އެވެ. އެ ހުރިހާ ސުވާލަކަށް މިނިސްޓަރު ވަނީ ޖަވާބު ދެއްވައިފަ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ނުވަ މެމްބަރަކު ސުވާލުކުރެއްވި އެވެ.

ނަޝީދު 19 ވަނަ މަޖިލިސް ފެށުނީއްސުރެ، ވިދާޅުވަމުން ގެންދަވާ އެއް ވާހަކަ އަކީ ސްކޫލެއްގެ ކްލާސް ރޫމެއްގެ ތެރޭގައި ހިނގާ ކަންކަން މަޖިލިސް ތެރޭގައި ވެސް ހިނގާނެ ކަމަށެވެ. އެގޮތުން މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަންނަވާ އިރު، "މަދަރުސާގެ ކްލާސް ރޫމްގައި" އަމަލު ކުރައްވާ އުސޫލާ އެއްގޮތަށް ކަމަށާއި ތަޅުމުން ނުކުންނަވަން ޖެހޭނީ އެމަނިކުފާނަށް އިޝާރާތް ކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވީ ތިން ސްކޫލަކާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް އެޑިއުކޭޝަން މިނިސްޓަރު ވަރަށް ތަފްސީލްކޮށް ޖަވާބު ދެއްވި ކަމަށެވެ. އެއީ ވ. ރަކީދޫ އާއި އއ. ފެރިދޫ އާއި ލ. ގަތަރު އަމީރު ސްކޫލާ ބެހޭ ގޮތުން ކުރެއްވި ސުވާލުތަކެވެ.

"ވަޒީރު ތަފްސީލްކޮށް އެ ކަންކަމަށް ޖަވާބު ދެއްވި. އިތުބާރާއި މައުލޫމާތު ލިބިވަޑައިގެން ހުންނަވައި. އެހެންވީމަ އަޅުގަނޑު ވަޒީރަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި އޭ ސްޓާ އަޅުގަނޑުމެން ވަޒީރަށް އަރުވަން،" މިނިސްޓަރަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އޭ ސްޓާ ދެއްވުމުން މިނިސްޓަރު ވެސް ވަނީ ރިޔާސަތަށް ޝުކުރު ދަންނަވައިފަ އެވެ.

ނަޝީދު ވިދާޅުވީ މިނިސްޓަރު މަޖިލިހަށް ވަޑައިގަތީ މަޖިލިހުގެ ތަޅުމަށް ޕްރިންސިޕަލެއް ބޭނުންވި ދަނޑިވަޅެއްގައި ކަމަށެވެ. އެމަނިކުފާނު އެގޮތަށް އެ އިޝާރާތް ކުރެއްވީ މިދިޔަ ދެ ދުވަހު މަޖިލިހުގައި އިދިކޮޅު މެމްބަރުން ވަރަށް ބޮޑަށް އަޑުގަދަ ކުރައްވާފައި ވާތީ ކަމަށް ބެލެވެ އެވެ. އިއްޔެ ވެސް މަޖިލިސް ހޫނުވެ ބައެއް މެމްބަރުންގެ ނަން އިއްވައި، އެބޭފުޅުންގެ އަތުން ދުންމާރި އާއި ކަށިގަނޑު ވެސް އަތުލި އެވެ.

ކުރީ ޒަމާނުގައި ސްކޫލެއްގެ ކްލާސް ރޫމުގައި ޓީޗަރުން ދަރިވަރުންނާ މެދު އަމަލުކުރާ ގޮތަށް މަޖިލީހުގެ ރިޔާސަތުން މެންބަރުންނަށް މެދު އަމަލުކުރައްވައި އެގޮތަށް "އަދަބު ދެއްވުން" ވަނީ އާންމުވެފަ އެވެ. އެއް ބައެއްގެ ހިޔާލުގައި އެއީ ރަނގަޅު ކަމަކަށް ވިޔަސް، އަނެއް ބައެއްގެ ޚިޔާލު ތަފާތެވެ.

މަޖިލިހަށް ކުރިން ވަޑައިގެންނެވި ބައެއް ވަޒީރުން، މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމުގެ ޝަކުވާ ކުރިން ވަރަށް ބޮޑަށް މަޖިލިހުގެ ތަޅުމުގައި ކުރެ އެވެ. މެމްބަރުން ސުވާލު ކުރެއްވީމާ، ޖަވާބު ނުދީ ނުހުންނެވޭނެ ކަމަށް ވިދާޅުވެ، ނަޝީދު ބައެއް ވަޒީރުންނަށް އިންޒާރު ދެއްވާ ދުވަސްތައް ވެސް ދެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އޮނިގަނޑުގައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ އެންމެންގެ މުސާރަ އަށް ބަދަލު ގެންނަން ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

މުސާރަ ބޮޑު ކުރުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިގެންވާ އިރު، ވީހާ ވެސް އަވަހަކަށް އެ ކޮމިޝަންގެ މަސައްކަތް ނިންމައި، މުސާރަ އަށް ބަދަލު އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ހާއްސަކޮށް ހިމަނާފައި ވަނީ 8.6 ބިލިއަން ރުފިޔާ އެވެ. އޭނާ ވިދާޅުވީ ތައުލީމީ ދާއިރާ އަށް ފުރިހަމަކޮށްދެއްވަން ބޭނުންވާ ގިނަ ކަންކަން ހުރުމުން 8.6 ބިލިއަން ރުފިޔާގެ ބަޖެޓު ކުޑަ ކަމަށެވެ.

17 ކޮމެންޓް, 149 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 3%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޜޯޒާ ޕާރކަ

07 November 2019

ޢައި ވޯންޓް ސްޓަޑީ އެޓް މަޖްލިސް، އަންނި އަކީ ގަދަ ޕްރިންސިޕަލެއް!! ޢެކަމު އެޑިއު މިނިސްޓަރަށް، ކިހާ ދުވަހެއް ކުރިން ސުވާލުތައް ފޮނުވިންތޯ؟

The name is already taken The name is available. Register?

ނަރު

07 November 2019

މަޖީދިއްޔާސު ކޫލަކީ މިރާއްޖޭގައެންމެގިނަދުވަސްވީއެއްސުކޫފުރަތަމަޓާމު9ދަރިވަރުންގެތެރެއިން 75އިންސައްތަހިސާބާއިގިރޭސިންފާސްނުވަޭޤާބިލުޓީޗަރުންނެތީމަތަ

The name is already taken The name is available. Register?

ޙަސިލް

06 November 2019

މީޓިއޮރޮލޮޖީ ގެ މުސާރަތައް މުރާޖާ ކުރަން ޕޭކޮމިޝަނަށް ގޮވާލަން. ޥަރަށް ނާތަހުޒީބިީކޮށް ހަދާފައި އޮތް އޮނިގަނޑެއް

The name is already taken The name is available. Register?

ގައުމީ ލޯބީގާ

06 November 2019

ކުރިން ނުކޮއްދެވި އާކަމެއް މިސަރުކާރަށް ކޮއްދެވިދާނެކަމާއިމެދު ސައްކު އުފައްދަން . ނިމިގެންމިދާއަހަރަކީކުދިންނާހަވާލުކުރެވިފަވާޓެބްލެޓްތަކުގަ ބޭނުން ހިފާނެ އަހަރެއް ބަރުފޮތްތަކުން ކުދިންނަށްސަލާމަތްވެވޭނެ އަހަރަކަށް ވީސް މިހާރުވެސް ޓެބްލެޓް ބަހަނީކީއްކުރަން ބޭނުން ނުކޮއްބާއްވަންތަ؟ ކުދިން އެކަމަށް ޓްރޭންވެސް ކުރުވި ކޮންމެ ކުއްޖަކަށްވެސް ޕާސްވޯޓެއްދީ 60 ކުދިންނަށް ތަމްރީނު ކުރުވި ދެންތިބި ކުދިން ހޭލުންތެރި ކުރުވަން ބައިސާ ކަޑައި ކަމެއް ނުވޭ .

The name is already taken The name is available. Register?

ގުރޭޝިޔާ

06 November 2019

މުސާރަ ބޮޑު ކުރުން ޕޭ ކޮމިޝަނުގެ ބޮލަށް ޖައްސަވާއިރު، ޓީޗަރުންގެ އިތުރު ގަޑިއަށް މިހާރު ލިބޭ 10 އިންސައްތަ އުވާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް. މިއަހަރުގެ ދިރާސީ އަހަރު ނިމުނީ. ވައުދު ފުރިހަމައެއް ނުވޭ. އިތުރު ގަޑީގެ ކަންތައްތައް ވެސް ހަމަޖައްސަވަނީ ޕޭ ކޮމިޝަނުންތޯ. މުސާރަ ބޮޑު ކުރަން ބަޖެޓްގައި ހިމެނިފައި އެބައޮތްތޯ ނުވަތަ އިތުރު ގަޑީގެ 10 އިންސައްތަ އުވާލުމަށް ބަޖެޓްގައި ފައިސާ ހިމެނުއްވިންތޯ. މިއީ ޖަވާބު ބޭނުންވާ ސުވާލުތައް

The name is already taken The name is available. Register?

ކެޔޮޅުކަތީބު

06 November 2019

ރނަށީދަކީ އެވަރެއްނެތްމީހެއްކަމަށް ބަލއިގެން ނުއުޅެމު. އެކަކަމު މަޖިލީހުގައި އެގެންގުޅޭ އުސޫލާއި ވައްޓަފާޅި ވަރައްފައްކާ. މިރާއްޖޭގެ މަޖިލީހުގައި އަދި ހަމަ ކުލާސްރޫމުގައި ގެންގުޅޭއުސޫލު ގެންގުޅެވިދާނެކަމަށް ފެނޭ. އެއީ ބައެއް މެންބަރުންގެ އަމަލުތަކާއި މިޒާޖުވެސް އެހާހިސާބުން ފެންނާތީ

The name is already taken The name is available. Register?

ނިޒާމީނުކުތާ

06 November 2019

ތި ދެން ތިމާ އަމިއްލައަށް ތިމާގެ ދަރި މޮޅޭ ބުނުންފަދަ ކަމެއް ނޫންތަ؟ އިއްޔެ ތި ތަނަށް ހާޒިރުކުރެވުނު ސިއްހީ ވަޒީރުގެ ޖަވާބުތައް މާ ފުރިހަމަ.، އެކަމަކު ނަޝީދަށް އެހެން ބުނަން ކެރުނިއްޔާތާ..، އޭނާގެ ޕާޓީވީމަ ކޮސް ގޮވިޔަސް ރަނގަޅު

The name is already taken The name is available. Register?

ފޫހިވޭ

06 November 2019

ތި ވާނީ ސިއްހަތު ވަޒީރު މާ މޮޅަށް ޖަވާބުދިން ވާހަކަ ގިނަ މީހުން ދެއްކީމަ އެއަށް ރައްދުދޭން ކުރިކަމަކަށް. ނަޝީދުގެ ޕާޓީ ނޫން މީހަކު މޮޅުވެގެން ނުވާނެ.. ހުސް މެޑަލްޖަހަން އުޅޭ މީހެއް.. ވަރަށް ފޫހިވޭ

The name is already taken The name is available. Register?

އިހޫ

06 November 2019

މަށަށް ސިފަވީ ދިވެހި ފިރިހެނުން ހަމަ އާއްމުކޮށް އަންހެނުންނާއި ފޮށޭ ނުވަތަ 'ފްލަރޓް' ކުރާ ސްޓައިލަށް ކުރި ކޮމެންޓެއްގެ ގޮތުގަ. އަދަބުއަޚުލާގުގެ ތެރޭގައި ފޮށެލީ ހަމަ. އަންހެނެއްވީމަ، ހަމަ ކުޑަކޮށްލަން އެހުންނަ ފޯރިން ކުރި ކަމެއް! ދިވެހި މުޖްތަމައުން މިކަންކަން ފުހެލަން އެބަޖެހޭ

The name is already taken The name is available. Register?

އިލާ

06 November 2019

ހާދަ ޑްރާމާ މީހެކޭ ނަޝީދުމީ..ހަމަ ޔެލޯ މިނިސްޓަރެއްވީމަ އޭ ސްޓަރ.. ކުރިން ދުވަހު ހެލްތް މިނިސްޓަރު ހުރިހާ ސުވާލަކަށް ޖަވާބުދިނީމަވެސް ރިޔާސަތުންނާ 65 މެންބަރުން ކުނި މޫނު ދައްކައިގެން..

The name is already taken The name is available. Register?

77777

06 November 2019

ޒުލަކަށް ވަދެވުނީމަ ވާ އުފާ މިތަނަށް ވަނީމަ ކޮންމެ މީހެއްގެ މޫނުމަތިން އެބަ ފެނޭ! އެއީ ކީއްވެތަ؟ މަވެސް ބޭނުން ޒޫ ބަލާލަން ދާން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454