ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މެމްބަރުން މަޝްވަރާއެއްގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ނޮވެމްބަރ 2019 - 11:15
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް، ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްކަން ހާމަކޮށް، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަޔާން ނެރުމަކީ ޒިންމާއެއް ކަމަށް އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހައިލަމް ފޮނުއްވި މެސެޖާ ގުޅޭ ގޮތުން ކޮމިޓީން ނެރުނު ބަޔާނުގައި ބުނީ ހައިލަމް ފޮޓޯ ފޮނުއްވުމަކީ އިންސާނީ ކަރާމާތާ ޚިލާފް އަމަލެއް ކަމަށް އެ ކޮމެޓީއަށް އިއްތިފާގުވެވޭ ކަމަށެވެ.
މަޖިލީހުގެ އިދިކޮޅު މެމްބަރުން ސިފަކުރެއްވި ގޮތުގައި އެގޮތަށް ކޮމިޓީތަކުން ބަޔާން ނެރުމަކީ ނިޒާމް ގަޑުބަޑުކުރުމުގެ އަމަލެކެވެ. މިފަދަ މައްސަލަތައް މަޖިލީހުގެ ވަކިވަކި ކޮމިޓީތަކުން ބަލައި ބަޔާން ނެރެން ނުޖެހޭ ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.
ޖީހާން ވަނީ ހިއުމަން ރައިޓްސް ކޮމިޓީން ބަޔާން ނެރުން ދިފާއުކުރައްވައިފައި، އޭގެ ސަބަބުން ނިޒާމް އޮޅެނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދަވައިފަ އެވެ.
އޭނާ ވިދާޅުވީ ގުޅުން ހުރި މައްސަލައެއްގައި ކޮމިޓީން ދެކޭ ގޮތް ހާމަކުރީ މަސައްކަތް ރަނގަޅު ކުރަން ކަމަށެވެ. ހައިލަމްގެ މައްސަލައިގައި ވެސް ކޮމިޓީގެ ނިޔަތަކީ އެއީ ކަމަށާއި ކޮމިޓީން ދެކޭ ގޮތް މަޖިލީހުން އާއްމުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ، ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ކުރިން ހަރަކާތްތެރި ނުވެ އޮތުމަކީ، މިހާރު ވެސް އެގޮތަށް އޮންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ޖީހާން ވިދާޅުވި އެވެ.
"އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ކޮމިޓީން ދެކޭ ގޮތް މަޖިލީހުން ހާމަކުރީ،" ޖީހާން ވިދާޅުވި އެވެ.
"ކޮންމެ މުއައްސަސާއެއްގެ ވެސް ހައްގެއް އެ ތަނަކުން ދެކޭ ގޮތް ހާމަކުރުމަކީ. ކުރިން ނުކުރާ ކަމަކީ، ދިވެހިރާއްޖޭގައި ކުރިން ޕާލަމެންޓް ހަރަކާތްތެރި ނުވަނީ. ދިވެހިރާއްޖޭގައި ކުރިން އަނިޔާ އާއި އިންސާނީ ހައްގުތަކުގެ މައްސަލަތައް ބަލަން މީގެކުރިން ދުވަހަކު ވެސް ނެތީ ކޮމިޓީއެއް،" ޖީހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުގައި ހިއުމަން ރައިޓްސް ކޮމިޓީއެއް އުފެއްދީ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބަލާށެވެ. އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ހިންގުމުން ކޮމިޓީން އަދާކުރީ ޒިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޑައިގެން، އެ ގައުމުތަކުގައި ޕާލަމެންޓް ހިނގާ ގޮތް ބައްލަވަނީ، ރަނގަޅު ކަންކަން ރާއްޖޭގައި ވެސް ތަންފީޒުކުރަން ބާރު އެޅުއްވުމުގެ ގޮތުން ކަން ފާހަގަކުރައްވައި ބައެއް ގައުމުތަކުން ޖީހާން މިސާލު ވެސް ނެންގެވި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުގައި ހިމެނޭ ހުރިހާ ކޮމިޓީއަކުން ވެސް ގުޅުން ހުރި މައްސަލަތަކުގައި ދެކޭ ގޮތް ހާމަކުރާކަން ފާހަގަކުރެއްވި އެވެ. ކުރިއަރާފައިވާ ބައެއް އެހެން ތަންތަނުގައި ވެސް އެއް ކޮމިޓީއެއްގެ މަސައްކަތުގައި، އަނެއް ކޮމިޓީގެ ލަފަޔާއި މަޝްވަރާ ވެސް ހޯދާކަން ޖީހާން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަމުން އަންނަ އިރު، ހިއުމަން ރައިޓްސް ކޮމިޓީގެ މެންޑޭޓާ ގުޅުން ހުރި ކަންކަމަށް ފައިސާ ހިމަނާފައިވޭތޯ ސުވާލު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ވަރަށް ފަހުން، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވޭލްސްގެ ޕާލަމެންޓަށް ވަޑައިގެންނެވި އިރު، ތަޖުރިބާ ކުރެއްވުނީ އެފަދަ ހެޔޮބަދަލުތައް ކަމަށް ޖީހާން ވިދާޅުވި އެވެ.
"އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ލަފާ ވެސް ދޭ އެހެން ގައުމުތަކުގެ ޕާލަމެންޓުން. އެއީ މަސައްކަތް ރަނގަޅު ކުރަން ކުރާ ކަމެއް،" ޖީހާން ވިދާޅުވި އެވެ.
ޖީހާން ވިދާޅުވީ ކުރިން މަޖިލީހުގައި، މައްސަލަތަކާ ގުޅޭ ގޮތުން ދެކޭ ގޮތް ހާމަނުކުރުމަކީ، މި މަޖިލީހުގައި އެކަން އެގޮތަށް ނުކުރަންވީ ސަބަބެއް ނޫން ކަމަށެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އިސް ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމުގައި މެސެޖަކާ އެކު ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބައެއް މީހުންގެ ކަރުގައި ޗޭނު ޖަހައި ގަން ހިންގުވާ މަންޒަރެވެ. އެކަމާ ގުޅިގެން ހައިލަމް ސަސްޕެންޑް ކޮށްފައިވާއިރު، އެއީ ބަލަންވާ ވަރަށް ނުބެލި ފޮނުވުނު ފޮޓޯއެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަމަށް މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނެރުނު ބަޔާނުގައި ވަނީ ލާއިންސާނީ މަންޒަރުތަކެއް ސިފަކޮށް ދޭ ކުރެހުމެއް ހައިލަމް ފޮނުއްވުމަކީ އެ ކޮމެޓީން ކުށްވެރިކުރާ ކަމެއް ކަމަށާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެންޓި ޓޯޗާ ގާނޫނުގެ ދަށުން ވެސް އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވެސް އެފަދަ އަމަލެއް ހިންގައިފި ނަމަ، އެކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅުމަކީ ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަސްތީ
12 November 2019
އެހެން ވެއްޖެއްޔާ ކޮބާ ޝަހިންދާ މެންގެ އެމް.ޑީ.އެން ގެ މައްސަލައިގަ ތި ކޮމިޓީ އިން ނެރުނު ރައުޔު؟ ވަކި ބައެއްގެ ކަންކަމަށް ރައުޔު ނެރެން ހަދާފަ ކޮމިޓީ އެލަވަންސް ދީފަ ވާ ބައިގަނޑެއްތަ ތީ؟
ސުވާލުު
11 November 2019
ސުވާލަކީ ރަސޫލާ ސއވ އަށް ހަޖޫޖަހައި އިސްލާމްދީނަށް އިހަކަށްދުވަހަކު ބަޔަކު ފުރައްސާރަކުރި ކަމަނާގެ ތިޔަކޮމިޓީ ވުޖޫދުގައި އޮތްތޯ؟ ކޮޕީތިޔަކުރައްވާ ގައުމުތަކުގައި އިސްލާމްދީނަށް ހަޖޫޖަހާ މީހުންނާމެދު ދެކޭގޮތް ކޮމިޓީތަކުގައި ފާޅު ނުކުރުމަކީ ރާއްޖޭގައިވެސް އެކަން ކުރަން ނުޖެހުންކަމަށްތޯ ކަމަނާ ދެކިލައްވަނީ؟
ޖަޒީރާބޭ
11 November 2019
ރަސޫލާއޭ ކިޔައިގެން ރޯބުހުތާނު ދޮގުހެދާ ރިޕޯޓް ނެރެގެން އުޅޭކަން ތިޔަކޮމެޓީއަށް ހަމަ ނޭނގެނީތަ؟ އެމަސައްކަތް އެކުރިމީހުން ރަސޫލާއަށް ފުރައްސާރަ ކުރީކަމަށް ތިޔަކޮމެޓީއަށް ނުފެނުނުކަމީ ތިޔަކޮމެޓީގެ ވެރިންނަކީ އެކަންކަމަށް ހިތްވަރުދީ އެއްބާރުލުން ދޭބައެއް ކަމަށް ދޭހަވާކަމެއް. އަދި ތިޔަ ކޮމެޓީ ކޮންޓްރޯލް ކުރާ ފަރާތްތަކީ އެހިޔާލުގެ މީހުންކަން.
ސިކުނޑި
11 November 2019
ޖަޒީރާބެއަށް ހީވަނީތަ؟ އަހަރުންނަށް ޔަގީން. އެއުޅެނީ ލަދެއް އަގަލެއް ނެތި ހިތު ހުރި ގޮތަކަށް. އަންހެނުންގެ ކަރާމާތް ފައިދަށު ލައިގެން ހުރެ އެކިޔަނީ އިންސާނީ ކަރާމާތޭ.
ޒިންމާ
11 November 2019
ތިމާމެންގެ ބޮލުގައި އެޅިފައިވަނީ ހަމައެކަނި ސިޔާސީ ޒިންމާ ހެއްޔެވެ؟ ތިޔައީ ޒިންމާއަކީ ކޯއްޗެއްކަން އޮޅުވާލުމާއި މަކަރާއި ހީލަތެވެ. ރައްޔިތުންގެ މަޖިލީހުގެ ޒިންމާތަކުގެ ތެރޭގައި ޝަރުޢީ ކޯޓުތަކާ ބެހުން އެބައޮތް ހެއްޔެވެ؟ ގާނޫނުއަސާސީގައި އޮތީ ބެހިގެން ނުވާނެ ކަމަށް. ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައި އޮތީ ގާނޫނު ހެދުން. ބެހެންޖެހެނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން މައްސަލައެއް އަތުވެއްޖެނަމަ އެކަނި.
ގޮރީސް
11 November 2019
ހާދަ ހަޔާތްވެސް ކުޑަ ބައެކޭމި. ޕާޓީއަށް ލޯބި ކުރިއަސް އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ހަޖޫ ޖަހާ ހެދި ބަޔަކަށް ޗުއްޕުވެސް ބުނެ ނުލެވުނު. ކިހާ ތާހިރު
މުށި
11 November 2019
އެކުރެހުން ތައްޔާރުކުރިމީހުންގެ ވާހަކައެއް ބަޔާނަކު ނެއް.
7777
11 November 2019
އަލްޓްރާ ވައިރަސް
ސިކުނޑި
11 November 2019
ތިޔައީ ސަރުކާރު ހިންގާ މޖިލީހެއް ނޫން! ގާނޫނު ހަދާ މޖިލީހެއް. އިންސާނީ ކަރާމަތް ރައްކާތެރި ކުރުމާގުޅެ ގާނޫނެއް ހެދޭތޯ އުޅެންވީ ނޫންތޯ؟ އެމްޑީޕީން ބުނާ ކޮންމެ އެއްޗަކީ.ޑިމޮކްރަސީއޭ ކިޔާ ދިވެހިން އަތްޖެހި ޒަމާން މާޒީވެ ހިނގައްޖެ!!
ރޫހާނީ
11 November 2019
އެމްޑީޕީއަށްޓަކައި، ރ ނަޝީދަށްޓަކައި ކަމަނާ ވަރަށް ރަނަގަޅަށްވެސް ޒިންމާ އަދާކޮށްފި.
ފާއިދު
11 November 2019
ރާއްޖޭގަ އޮތީ އާއިލީ ވެރިކަން. ސަރުކާރުގަ އިބޫ. ޖަވާބުދާރީ ކުރަން އޮތް މަޖިލިސްގެ ހެޑަކަށް އިބޫގެ ކޮށްކޮ އީވާ. ޜަނގަޅު އީވާއަކީ އިންތިޚާބީ މެންބަރެއް. ޢެހެނަސް ބޭބެ އިބޫ ރައީސަކަށް އިންނެވީމާ އަދި މަޖިލީހަކީ ރައީސާއި ރައީސްގެ ކެބިނެޓް ޖަވާބުދާރީކުރާތަނަށް ވީމާ ޑިމްކޮރެޓިކް ހަމަޔަކީ އާއިލީ ގުޅުން ނެތް މީހަކަށް މަޖިލީހުގެ ރިޔާސަތު ދިނުން. ޤައުމަކީ ވަކިވަކި މީހުންނަށްވުރެ ބޮޑު އެއްޗެއް. ޥަކިވަކި މީހުންގެ ހައްޤަށްވުރެ ޤައުމުގެ ޙައްޤު ބޮޑު.