ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ: ހައިލަމް މައްސަލައިގައި މި ކޮމިޓީން ބަޔާން ނެރުމުން ބައެއް މެމްބަރުން ގެންދަވަނީ ހިތްހަމަނުޖެހުންފާޅުކުރައްވަމުން. -- ފައިލް ފޮޓޯ/މިހާރު
10 ނޮވެމްބަރ 2019 - 12:19
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް، މެސެޖަކާ އެކު ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަޔާން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަޔާން ނެރުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާ ކުރެހުމުގެ މައްސަލައިގަ އެވެ. ނަސްރުގެ ތަހުނިޔާ ވިދާޅުވެ ވައިބާ ގްރޫޕަކަށް އެ ކުރެހުން ޝެއާކުރެއްވުމުން ޖޭއެސްސީން ވަނީ ހައިލަމް ސަސްޕެންޑްކޮށްފަ އެވެ.
އޭނާއާ މެދު ޖޭއެސްސީން ފިޔަވަޅު އެޅީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުން ޝެޑިއުލްކޮށްފައި އޮތް ދުވަހެވެ.
އިދިކޮޅު މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޝަރުއީ ނިޒާމްއާ ގުޅުން ހުރި މިފަދަ މައްސަލަ މަޖިލީހުގެ ވަކިވަކި ކޮމިޓީތަކުން ބަލައި ބަޔާން ނެރޭކަށް ނުޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ ކޮމިޓީ ތަކުން ވަކި ވަކިން ބަޔާން ނެރުމުން މަޖިލީހުގެ ނިޒާމު އޮޅި، ބޮޑެތި ގެއްލުންތައް ވާނެ ކަމަށެވެ. އޭނާ ސިފަކުރެއްވީ، އެއީ ކޮމިޓީން ކުރި ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގަ އެވެ.
"އެއީ އާއްމު އުސޫލެއް ވެސް ނޫން. އެކަހަލަ ދެކޮޅު ނުޖެހޭ ކަންތައްތައް ކުރީމާ މަޖިލީހުގެ މުޅިން އޮޅި ގަޑުބަޑު ވާނީ" އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް. އޭނާ ވިދާޅުވީ ކޮމިޓީތަކުން ވަކިން ބަޔާން ނެރުމަކީ މޮޔަކަމެއް ކަމަށްް. ފައިލް ފޮޓޯ/މިހާރު
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީސް ކޮމިޓީތައް ވެސް އާއިލީ ވެރިކަމުގެ 'ސިއްކަ' ޖެހި ނިމިއްޖެ ކަމަށެވެ. ހައިލަމް ކުރެއްވި ތުހުމަތުތައް ތަހުގީގުކުރުމުގެ ބަދަލުގައި އޭނާ އިތުރަށް ކުށްވެެރިކޮށް މުޅި ނިޒާމަށްް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް މިންވަރު އެ ބަޔާން ނެރުމުން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީސް ކޮމިޓީތައް ވެސް އާއިލީވެރިކަމުގެ 'ސިއްކަ' ޖެހި ނިމިއްޖެ. ތުހުމަތުތައް ތަހުގީގުކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް މުޅި ނިޒާމަށްް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް މިންވަރު ހާމަވޭ" ސައީދުގެ ޓްވީޓްގައި ވެ އެވެ.
މާވަށު ދާއިރާގެ މެމްބަރު މުހައްްމަދު ސައީދު މަޖިލީހުގެ ކޮމިޓީއެއްގައި. --ފޮޓޯ/މަޖިލީސް
ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކުރެހުމެއް ފޮނުއްވުނީ، ބަލަންވާ ވަރަށް ނުބެލި ކަމަށް ވިދާޅުވެ ހައިލަމް ވަނީ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރޭ ނެރުނު ބަޔާނެއްގައިވަނީ ލާ އިންސާނީ މަންޒަރުތަކެއް ސިފަކޮށް ދޭ ކުރެހުމެއް ހައިލަމް ފޮނުއްވުމަކީ އެ ކޮމެޓީން ކުށްވެރިކުރާ ކަމެއް ކަމަށާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެންޓި ޓޯޗާ ގާނޫނުގެ ދަށުން ވެސް އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.
އަދި ދައުލަތުގެ މަގާމެއްގައި ހުރި މީހަކު އެފަދަ އަމަލެއް ހިންގައިފި ނަމަ، އެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅުމަކީ ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިފާނު.
10 November 2019
ކޯޓުތަކުން އެކި ޤާޒީން ވަކިވަކިން ބަޔާން ނެރުން ހަމަ ރަގަޅު؟
ސަލާމް
10 November 2019
ހެޔޮކޮންމެ ފަރާތަކަށް ޖެހުނަސް. ކކަލޭމެންގެ ތެޅުންގަނޑު ނިމި ރައްޔިތުން މަތިން ހަދާންވާނެ ދުވަހަކަށް މި އިންތިޒާރު ކުރަނީ
އަހްމަދުކަލޯ
10 November 2019
ވޯޓުލާން ކާރި ނުވޭދޯ އަދި
އެމްސް
10 November 2019
ސްޕްރީމްކޯޓް ފުރާޅުން ޓިނު ނަގައިގެން، ރަޢިއްޔަތުންގެ މަޖިލިހުގަ ތަޅު އަޅުވައިގެން، ޕީޕީއެމްގެ ސަރުކާރުން މިއޮތް ހުރިހާ ދުވަހު އުޅުނީ ގޯސްކޮށް ކަން ޕީޕީއެމްގެ އަމިއްލަ އަނގައިން މިއަދު ތިބުނަނީ!
ގޮތްހުސް ވީދޯ ބޮޑުއެތި ޖަހާލީ
10 November 2019
ދޮންމީހުން ސަލާމަތް ކުރާކަށް ނާންނާނެ .އ.ދ ލުން ވވަކިވީ ދޮންމީހުނާ ދުރަށްދާން .
ިހައިލަމްގެޗެންޗެޭން.
10 November 2019
މަޖްލިސް އިދިކޮޅުގައިތވިބީ ހައެއްކަ މެމްބަރުން.
ޒުވާނާ.
10 November 2019
އާދަނާ އާދަނު ދަތްދޮޅި މަތީ އަތްއަޅައިގެން ހެ ވިފަ އިނީ ބާރު އޮތްދު ވަހު ދައުލަތުގެ ހަޒާނާގެ އިއްފަތް ފޭރިގަނެ ނޯތުކޮރެޔާބޯޓައް ތެޔޮމިނެ ހެދިއިރު ފާރުމަތިން މެންބަރުން އުކާލިއިރު ރިސޯޓުހިއްސާ ނުދީ މުސަތްކަތް ތެރިން ގަނަތެޅު ވީ ކާޑުއަގުބޮޑުކޮއް ބޭބެޖަލައްލާ ކަޅުފޮއްޓޭ ފޯނޭ ކިޔައިގެން ވީމާ މިއަދު އަނގަމަޑު ކޮއްގެން އިސްތިޔުފާ ދީފަ ގޭގަ އިންނަ ވާ މަޖިލީހަކައް ބޭކާރު ބޮލެއް ބޭނުމެއްނޫން ގާނޫނު އިސްލާހުކޮއް ތިޔަބައިގަނޑު ބޭރުކުރަންޖެހޭ
ވާނުވާ
10 November 2019
އެމެރިކާގ އޮންނަ ނިޒާމުތަމިތާ މިއޮތީ?
ނުބޫ
10 November 2019
ވަކިފަރާތަކަށް ޖެހިފައިވާ ކަން އެގޭހާލު ނުވަތަ ޝައްކު ކުރެވޭ ހާލުގައި ޝަރީއަތް ކުރަން ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫނެވެ.
ރައްޔިތުމީހާ
10 November 2019
އަބދުވެސް އޮޅުންބޮޅުންވެފަ އޮންނަތަނެއް.
ބޮޑުމީހާ
10 November 2019
ކަމެއްވާއިރަށް ބަޔާން ނެރުނީމަ ނިމުނީ ދޯ. ކޮބާ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ބައި