ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް: އޭނާ ވައިބާ ގްރޫޕަކަށް ފޮނުއްވި ފޮޓޯއަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ހިއުމަން ރައިޓްސް ކޮމެޓީން ބުނޭ -- ފޮޓޯ/މިހާރު
09 ނޮވެމްބަރ 2019 - 21:29
ރައީސް އިބްރާހިމް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހާފައިވާ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވައިބާ ގްރޫޕަކަށް ފޮނުއްވުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބުނެފި އެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އިސް ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ފޮޓޯގައި ރައީސާއި މަޖިލީހުގެ ރައީސް ނަޝީދުގެ އިތުރުން އިތުރު ބައެއް މީހުންގެ ކަރުގައި ވާ ޖަހާފައި ހުރި ކުރެހުމެއް ހުއްޓެވެ. އެކަމާ ގުޅިގެން ހައިލަމް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ ވަނީ އެއީ ބަލަންވާ ވަރަށް ނުބެލި ފޮނުވުނު ފޮޓޯއެއް ކަމަށް ވިދާޅުވެ، އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ލާ އިންސާނީ މަންޒަރުތަކެއް ސިފަކޮށް ދޭ ކުރެހުމެއް ހައިލަމް ފޮނުއްވުމަކީ އެ ކޮމެޓީން ކުށްވެރިކުރާ ކަމެއް ކަމަށާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެންޓި ޓޯޗާ ގާނޫނުގެ ދަށުން ވެސް އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވެސް އެފަދަ އަމަލެއް ހިންގައިފި ނަމަ، އެކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅުމަކީ ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ހައިލަމް އެ ފޮޓޯ ފޮނުއްވުމަކީ އިންސާނީ ކަރާމާތާ ޚިލާފް އަމަލެއް ކަމަށް އެ ކޮމެޓީއަށް އިއްތިފާގުވެވޭ ކަމަށެވެ.
ފޮޓޯ ފޮނުއްވި މައްސަލާގައި އިސް ގާޒީ ހައިލަމް ސަސްޕެންޑްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހު އެވެ. އޭނާ ބައްލަވާ އެ މައްސަލާގައި އޭނާ ސަސްޕެންޑް ކުރުމާ އެކު، ހުކުމް ކުރުން ވަނީ ފަސްކޮށްފަ އެވެ.
އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުގެ އިތުރުން އޭނާއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން ހައިލަމް ނެރުއްވި ބަޔާނެއްގައިވަނީ ޔާމީން ޖަލަށްލާން ކަމުގެ ޔަގީން ކަން ހޯދަން ސަރުކާރުގެ އެކި ފަރާތްތަކުން އޭނާއަށް ނުފޫޒު ފޯރުވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނުހުންނަ މީހާ1
10 November 2019
އިސްގާޒީން އައްޔަނުކުރާއިރު އެބަޖެހޭ އެމިހުންގެ ސުލޫކީ މިންގަނޑަށް ބަލަން މަގުމަތީ އުޅޭ ލަޓޯ ފަޓޯ މީހުންފަދަ މީހުން ގާޒީންނަށް ކަމަކު ނުދާނެ
އިހުސާނާ
10 November 2019
ހައިލަމު ދެން މިހާރު ކޮން ވާހަކަ އެއް ދައްކާކަށްތަ؟ އަލްހާނަކީ ކާކު ނޭނގޭ މީހަކު މި އުޑު ދަށުގަ ނޫޅޭނެ!
ޖަހޯބަރާ
10 November 2019
އިންސާނީ ކަރާމާތް ފެށެނީ ހަމަހަމަކުން. އެއުސޫލުންް އެންމެންވެސް ހަމަހަމަ. ވަކި ބައެއްގެ ކަމެއްވީީމާ ކަރާމާތް. ނިކަމެތި މީހެއްގެ ކަމެއްވިއްޔާ އެއްވެސް ކަމަކަށްނުވޭ.. ކޮފީ ސަމުސާ ނެގީމާ ބާރައަހަރު ބިލިއަނުން ނެގީމާ ސާބިތުނުވޭ.. އިލްމަށްވުރެ ބޮޑަށް ހަޅޭލާ ކަރާމާތް ވަރުގަދަ ތަނެއްމީ..
ގޮއިދޫހަސަނު
10 November 2019
މިހާރު އަނގަތެރޭގައި ހިތިރަހަލާނެއެވެ! ރ. ޔާމީނާއިގުޅޭ ކޮންމެކަމެއްގައިވެސް ހިތިރަހައެއް ލާނަމަ، ލާނީ އެހެންމީހެއްގެ އަނގައިގައެވެ! ނިމުން ފެތެނީ އެއްތައްގަނޑަކަށެވެ!
ހުތާ
10 November 2019
މާތްނަބިއްޔާ މުޙައްމަދު ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމައަށް އިހާނެތި ބަސް ބުނެ އިސްލާމް ދީނަށް ހަޖޫޖެހި އިރު މިކޮމިޓީ ކޮބާ؟ ކީއްވެ ބަޔާން ނުނެރުނީ؟. އަޅުގަނޑުމެންނަކީ މުސްލިމުން، މަރުވާނެ ކަމާއި ދުނިޔޭގައި ކުރިކަންކަމާއި މެދު ސުވާލު ކުރެވޭނެކަން ދަންނަން ޖެހޭނެއެވެ.
ވާލުސޮރު
10 November 2019
ހައިލް ބޭނުންވި ކަންތައް ވެއްޖެ. ޔާމީނު ޝަރީއަތް ހުއްޓުވާ އެކަމާ ސުވާލު އުފެދޭ ގޮތަށް ރަށުތެރޭގަ ވާހަކަ ފެތުރޭގޮތް ހަދައިފި
ދެރަ
11 November 2019
ވަރަށް ދެރަ ކަމެއް މިއީ. ޔާމީން ބޭނުންވާ ގޮތަށް ކަންތަށް އެެވަނީ. ޝަރީޢަތާ މެދު ސުވާލު އުފައްދުވާ ޝަރީޢަތުން އެ ރެކިގަތީ.
އަލީ!
10 November 2019
މައްސަލައަކީ އިއްޒަތްތެރި އިސް ފަނޑިޔާރު އެފަދަ ދަށުދަރަޖައިގެ ނާތަހުޒީބު އަމަލެއް ހިންގީމަ.
ޢެޑްމުންޑޯ
10 November 2019
އިންސާނީ ކަރާމަތަށް އަރާގަތުމުގެ ކިތަންމެ އަމަލެއް ރ ޓީވީން މީގެކުރީގައިއާއި މިހާރުވެސް ދަނީ ހިންގަމުން ،އަދި މިހާރު ޗެނެލް.13 އިންވެސް އެފަދަ އަމަލު ހިންގަމުންދޭ ، މިނޫނަސް މީސްމީޑިޔާ މިކޮމެޓީއަށް ނުފެންނަނީ ތޯއްޗެއް.
ބުރާންތިބެ
10 November 2019
ޗެނެނަލަކާ ގާޒީ އަކާ ވަރައް ތަފާތުވާނެ ކަން ނޭގޭތަ؟ ގަމާރު ވިޔަސް ބޮޑުވަރު
ޗެނެލް
11 November 2019
ޗެނަލެއް ކުރިޔަސް ގާޒީ ކުރިޔަސް ގޯސް. އެހެނަސް ގާޒީ ކުރީމަ އޭގެ ނުރައްކާ މާބޮޑު. ޝަރީޢަތުގައި ދައުވާ ކުރާ ފަރާތަށް ޝަރީޢަތް ބޭރުން ފާޑުކިޔާ ހެދީމާ މިއޮތީ ތިމާ ވަކިފަރާތަކަށް ޖެހޭކަން ހާމަކޮށް ދެވިފައި.
ހިނި
10 November 2019
އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުވެ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމައަށް ބަދުބަސްތައް ބުނުމަކީ އިންސާނީ ހައްގެއްކަމަށް ދެކޭމީހުން ކޮން އިންސާނީ ކަރާމާތެއްގެވާހަކައެއް މިދައްކަނީ.
ސައުދު
10 November 2019
ހައިލަމަކީ އިންސާނެއް. އޭނާއަށް ވެސް ކަމެއް ބަލަންވާވަރަށް ނުބެލިދާނެ. އަދި ތަފްސީލާއެކު ވަނީ މައާފަށް އެދިފައި. ދެން ކޮންބޭކާރު އަނގަތަޅުވާކަށް. ލާދީނީ