14 ނޮވެމްބަރ 2019 - 13:34
ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އަށް ބޭރުގެ އެވޯޑެއް ލިބިއްޖެ އެވެ.
ފިލްމީ ދާއިރާ އިން އޭނާގެ މަސައްކަތްތައް ފާހަގަކޮށް ނަހުލާ އަށް ލިބިފައި ވަނީ ސައުތު އޭޝިއަން ބިޒްނެސް އެކްލެންސް އެވޯޑްސްގެ އައުޓްސްޓޭޑިން ވިމެން ލީޑަޝިޕް އެވޯޑެވެ.
މިރޭ ސްރީ ލަންކާގެ ހިލްޓަން ކޮލަމްބޯގައި ބާއްވާ އެވޯޑް ހަފުލާގައި ބައިވެރިވާން ނަހުލާ މި ވަގުތު ހުރީ ލަންކާގަ އެވެ.
އެވޯޑް ލިބޭ ވާހަކަ ފޭސްބުކްގައި ހިއްސާކުރަމުން ނަހުލާ ބުނީ މި އެވޯޑަކީ ސަޕްރައިޒެއް ކަމަށެވެ. އަދި މާދަމާ ރޭ ބާއްވާ 9 ވަނަ ދިވެހި ފިލްމު އެވޯޑްސް އަށް އިޝާރާތްކޮށް އޭނާ ބުނީ ޒާތީވެފައިވާ ދިވެހި ފިލްމު އެވޯޑަށް ވުރެ އޭނާ އަށް ލަންކާ އިން ލިބޭ އެވޯޑް މާ އަގުބޮޑު ކަމަށެވެ.
ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ނަހުލާ އަކީ މިހާރު ދިވެހި ފިލްމީ ދާއިރާގައި ހުރި އެންމެ ނުފޫޒު ގަދަ އެކެކެވެ. އަދި އޭނާ ވަނީ މިހާތަނަށް ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާތަކެއް ވެސް ބެލުންތެރިންނަށް ގެނެސް ދީފަ އެވެ. އަދި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ހެދި މީހަކީ ވެސް ނަހުލާ އެވެ. އެއީ ދާދި ފަހުން ބައިސްކޯފުން ސްޓްރީމްކުރި "ހުވާ" އެވެ.
ކްރިސްޓަލް އެންޓަޓައިމަންޓްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަންނަ ނަހުލާ އަކީ ފިލްމުތައް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރަމުން އަންނަ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ "4426" އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު "ބޮސް" ގެނެސްދިން ޕްރޮޑިއުސަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު އޭނާ ޕްރޮޑިއުސްކޮށް ގެނެސްދޭ "ސޮރީ" އެވެ. މީގެ އިތުރުން "ދަޅަ" ގެ ނަމުގައި އާ ވެބް ސީރީޒެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، "ހުވާ" ގެ ދެވަނަ ސީޒަންގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ސައުތު އޭޝިއަން ބިޒްނެސް އެކްލެންސް އެވޯޑްސް އަކީ ސާކްގެ ހުރިހާ ގައުމުތަކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މީހުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް މީގެ ކުރިން ވެސް ރާއްޖެ މީހަކަށް ލިބިފައިވެ އެވެ.
އެއީ 2017 ވަނަ އަހަރ އެމްޕީއެލްގެ އޭރުގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމަށެވެ. އޭނާ އަށް އެވޯޑް ލިބުނީ އިންފްރާންސްޓްރަކްޗާ އެންޑް ލޮޖިސްޓިކްގެ ބެސްޓް ސީއީއޯގެ އެވޯޑެވެ.
ސައުތު އޭޝިއަން ބިޒްނެސް އެކްލެންސް އެވޯޑަށް ހޮވޭ މީހުން ކަނޑައަޅަނީ ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިޒްނަސް އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލްގައި ތިއްބަވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ވިޔަފާރީގެ ތަޖުރިބާކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަވިއަނި
15 November 2019
ތީ ފިލްމު މޮޅުވެގެން ދިން އެވޯޑެއް ނޫނެއްނު. ނިކަން ފިލްމަކަށް ބޭރުން އެވޯޑެއް ހޯދަބަ. ޢޭރުން މަވެސް ބުނާނަން ނަހުލާ ހަމަ މޮޅޭ
އަމީތާބް
14 November 2019
ކާކުތަ ތެޅިފޮޅިފަ ކޮމެންޓް ތަކެއް މި ކުރަނީ
ޒީނިޔާ
14 November 2019
ބޮސް އަށް އެވޯޑެއް ދެންޏާ ފުރަތަމަ ދޭންވީ ސަނަމްރޭ އަށް. ދެން ހަމަ އާދައިގެ ކޫސަނި ފިލްމެއް. މޮޅު ފިލްމެކޭ ބުނީމަ ޑާކްރެއިންގެ ވަކިން ލޯބިންވެސް ބަލައިފިން. ވވވވވ އާދައިގެ އެއްވެސް ތާކުން ތާކު ނުޖެހޭ ފިލްމެއް. ދެމީހުން ލޯބިވެފަ ރައްޓެހިވެފަ ދަރިފުޅާހެދި އަލުން ގުޅިފަ. ދެން ހަމަ ޓިޕިކަލް
އިސްމާއިޅް އަބުދުﷲ
14 November 2019
ނަހޫ އަކީ ރީތިފިލްމު ހަދާ މީހެއް. އަދި ދިވެހި މާހައުލާ ނުގުޅޭ މިންވަރަށް އަންހެނުން ކުރުހެދުން އަޅުވައިގެން ފިލްމު ކުޅުވާ ޑައިރެކްޓަރެއް
ފޮނިޓައްޕު ހަސަނު
14 November 2019
ސްކެމާ އިންގެ މަޅީގައި ނަހުލާ ވެސް ޖަައްސާލީ ދޯ. ތިކަހަލަ އެވޯޑް ދޭ މީހުން މިހަދާގޮތަކީ އެތަކެއް ސަތޭކަ ބަޔަކަށް އެވޯޑަށް ހޮވުނު ކަމަށް އަންގަނީ އެވޯޑާއި ހަވާލުވާން ބޭނުން ނަމަ އެމީހުންނަށް 1000 ނުވަތަ 2000 ޑޮލަރުގެ ފީއެއް ދޭންޖެހޭ، އަދި ހޮޓާ ހަމަޖައްސައި ދެނީވެސް އެމީހުން މެދުވެރިކޮށް. މިކަހަލަ އެވޯޑް ދިނުމުގެ ހަފްލާއެއް ނިންމާލާއިރު އެމީހުންނަށް ފައިދާއަށް ބައި މިލިއަން ޑޮލަރު ވަރު ލިބޭނެ.
އަހުމަދު ޝާހު އަލީ
14 November 2019
ޒާތީ އެވޯރޑަކަށް ވީ ފާތުމަތު ނަހުލާގެ ފިލްމަކަށް މިފަހރު ކުރި އެރުން ނުލިބުނީމަތޯ. ބަލަ ހުރިހާ އަހަރަކު ނަހުލާގެ ފިލްމަށް އެވޯރޑް ލިބެނޖެހޭ ސަބަބެއް ބުނެދީބަލަ އެކްޓް ކޮށްގެން ދެވޭ އެއްޗެއް އެއީ ސޮސައިޓީގަ ސޮޓޭންޑަރޑް އަށް ބަލާފަ ދެވޭ އެއްޗެއްނުން އެއީކީ. މިހާރަކު އޮލިމްޕަހުން އެވޯ ހަޑިހާވާހެން ނުހޭވޭނެ އޭރު ފެންނަހާ ބަޔަކަށް އެވޯރޑް
ސައި
14 November 2019
ވަރަށްރަނގަޅުވާހަކައެއް ނަހުލާ ތިބުނީ ދިވެހިފިލް މ މްއެވޯޑަކީ ވަކިބަޔަކަށް ހާއްސަކޮއްފައިވާ އެވޯޑެއް ކިތައް މެ މޮޅުފިލް މެއް ބައިވެރިކުރިއަސް އެވޯޑުދޭނީ ބެލުންތެރިންނަށް ވަނީކިހިނެތްކަންވެސް ނޭގޭ ފިލް މަށް މިކަންއެގޭ މިފަހަރުގެ ނޮ މިނޭޝަން ތަކަށް ބަލާލު މުންވެސް
ޢަހުމަދު ޝާހު އަލީ
14 November 2019
މިއޮއްހާ ދުވަހު އެވޯރޑް ނަހުލާ އަށް ލިބުނީމަ އޯކޭ ދެން ތިބި މީހުްނގެ ހައްގު ކޯބާ. ޑެލަޮ ބޮޑުކޮއްފަ ހަޅޭލެވިޔަކަސް މިހާރަކު ނުވާނެ އެކްޓް ކޮށްގެން ލިބޭނީ އޮލިމްޕްސް ޒަމާނުގަ ސަކަރަތް ޖަހާނީ
ފުންއަސަރު
14 November 2019
މަރްހަބާ ނަހުލާ! ބޭނުންވަނީ ތިގޮތުގާ ހިފަހައްޓާލަން. ބަޔަކުކިޔާ އެއްޗަކަށް ދެރަވެ މާޔޫސްވާކަށް ނުވާނެ. އަދި ނަހުލާ ހަދާ ފިލްމުތަކަށް ރާއްޖެއިން އެވޯޑެއް ނުލިބުނަސް، އެކަމަކާވެސް އެއްޗެކޭ ކިޔާނެކަމެއްނެތް. ވަރަށް ދެރަވޭ ނަހުލާއަށް ތިގޮތަށް ދެރަލިބޭތީ. އެކަމަކު އެއްޗެއް ނުލިބުނަސް، މިހާރު ނަހުލާ ފާޅުކުރަމުންދާ ތިޔަ ޝުއޫރަކީ އަހަރެންނަށް އެހާ ކަމުދާ ޝުއޫރުތަކެއްނޫން. ނަހުލާއަށް ލިބެންހުރި އެއްޗެއް އަނެކަކަށް ނުހިފޭއްޓޭނެ. އެގޮތަށް ވިސްނާ!
އާދަމް ބާއީ
14 November 2019
ނަހުލާ އެބައްދާލީ އެންމެންގެ އަނގަ.
ޢަހުމަދު ޝާހު އަލީ
14 November 2019
އަނގަ އެއް ނުބެއްދޭ ދާއިރާގެ އަގުވައްޓާލަން ކުރިކަމެއް އެއީ
ާހަމީކް
14 November 2019
ޓެޑްރީ ހުރިހާ ހިނދަކު ނަޚްލާއަށް އެވޯޑް ލިބުން ނެތްކަމެއް..ފިލްމް ހަދަނީ ވިޔަފާރިއަށް..ނަޚްލާގެ ފިލްމްތައް ނޫނީ ރަގަޅު ފައިދާއެއް ނެރޭ ފިލްމްތައް މަދު...
ޢަހުމަދު ޝާހު އަލީ
14 November 2019
ޓެޑްރީ ކުރާނެ ކަމެއް ނެއް މޮޅު ފިލްމެއް ހަދަ ކޮންމެ .މީހަކުވެސް އޭރުން ކާމިޔާބް ވާނެ އިރާދަކުރެއްވިއްޔާ. ޑާރކް ރެއިން އަކީ އެންމެ ގިނަ ފައިސާ ނަގާ މީހުންނފިލްމީ ދާއިރާގަ އެއްޗެއް ބުނުމުގެ ކުރިން ސާފް ކޮށްލއން ޖެހޭ