މެސީ އަށް މެޗުގެ ޓްރޮފީ ހަވާލުކުރަނީ. --ފޮޓޯ: އޭއެފްޕީ
16 ނޮވެމްބަރ 2019 - 07:52
ރިޔާޒް (ނޮވެމްބަރު 16) – ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ރޭ ސައުދީ އަރަބިއާގައި ވާދަވެރި ބްރެޒިލް އަތުން 1-0 އިން އާޖެންޓީނާ މޮޅުވެއްޖެ އެވެ.
މި ސަސްޕެންޝަނަކީ ޖުލައި މަހު އޮތް ކޮޕާ އެމެރިކާގެ ސެމީ ފައިނަލުން ބްރެޒިލް އަތުން އާޖެންޓީނާ ބަލިވުމުން މެސީ ދެއްކި ވާހަކަތަކާ ގުޅިގެން ކުރިމަތިވި ތިން މަހުގެ ސަސްޕެންޝަކެވެ. އޭނާ އޭރު ބުނީ ދެކުނު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަން އޮތީ ކޮރަޕްޓްވެފައި ކަމަށެވެ.
ރިޔާޒްގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި މެސީ ލަނޑު ޖެހީ 13 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ޕެނަލްޓީއެއް ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ މަތަކޮށް ފޮނުވާލި ވަގުތު އަލުން ގޯލަށް ވައްދާލައިގެންނެވެ. އޭގެ ތިން މިނެޓު ކުރިން ބްރެޒިލްގެ ގެބްރިއަލް ޖީސުސް އަތުން ޕެނަލްޓީއެއް ބޭކާރުވި އެވެ. އަނިޔާގެ ސަބަބުން ބްރެޒިލްގެ ނޭމާ މި މެޗުގައި ނުކުޅެ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގައި ދާދި ފަހުން ހެޓްރިކެއް ހެދި ރެއާލް މެޑްރިޑުގެ އުމުރުން 18 އަހަރުގެ ފޯވާޑް ރޮޑްރީގޯ ވަނީ އޭނާގެ އަލަތު މެޗު ބްރެޒިލަށް ރޭ ކުޅެދީފަ އެވެ.
ޔޫރޯ އާއި އޭޝިއަން ކަޕުގެ ކޮލިފައިން ކުރިއަށްދާތީ ދެކުނު އެމެރިކާގެ ގައުމުތަކުން މި އިންޓަނޭޝަނަލް ބްރޭކުގެ ބޭނުން ހިފަނީ އަންނަ މާޗުގައި ފަށާ ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވާށެވެ. އާޖެންޓީނާ އަށް ދެން އޮތީ ހޯމަ ދުވަހު އުގުރުއޭއާ ދެކޮޅަށް އިޒްރޭލުގެ ތެލް އަވީވްގައި ކުޅޭ މެޗެކެވެ. އެކަމަކު ސަލާމަތީ ގޮތުން ރައްކާތެރިނުވާތީ އެ މެޗު ކެންސަލްވުމުގެ ފުރުސަތު އެބައޮތެވެ.
ބްރެޒިލުން ނުކުންނާނީ އަންގާރަ ދުވަހު އަބޫ ދާބީގައި ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ކޮޕާ އެމެރިކާ ކާމިޔާބުކުރި ފަހުން ބްރެޒިލް ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިވާތީ އަހަރު ނިންމާލުމުގެ ކުރިން މޮޅެއް ހޯދަން ކޮރެއާ މެޗުގެ މުހިއްމުކަން ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
16 November 2019
މެސީގެ ރިޕްލޭސްމެންޓަކަށް އާޖެންޓީނާއިން ވާނީ ކާކުބާ؟
އަޙްމަދު ޒަކީ
16 November 2019
މަރުހަބާ މެސީ. ފުރަތަމަ ބައިންއަޤުވާމީ ތަށި. މެސީ އިޒް ދަ ބެސްޓް
އޭނަ
16 November 2019
މިއީ ބައިނަލް އަޤްވާމީ ތަށްޓެއްނަމަ މިހާރު މެސީ އެތަށް ތަށްޓެއް ހޯދައިފި. ފީފާއިން ޤަބޫލުކުރަނީ ވާރލްޑް ކަޕް، ކޮންމެ ބައްރެއްގައި އެ ބައްރުގެ ޓީމްތައް ބައިވެރިވެގެން ކުޅޭ މުބާރާތްތައް (ޔޫރޯ، ކޮޕަ އެމެރިކާ، އެފްރިކަން ކަޕް އޮފް ނޭޝަންސް، އޭޝިޔަން ކަޕް އަދި ނޯތް އެމެރިކާގެ ޓީމްތައް ކުޅޭ މުބާރާތް). މެސީވަނީ ޔޫތް ވާރލްޑް ކަޕްވެސް ހޯދާފައި. ފުޓްބޯޅަޔަކީ ޓީމް ގޭމެއް. އެކަން ދަންނަންޖެހޭ.
ބޭސްއަލިބެ
16 November 2019
އާޖެންޓީނާގެ ކުޅުން ވަރައް ހަބޭސް ހާއްސަކޮށް އެޓޭކްތައް ވަރައް ފުރިހަމަ..
ލައިލާ
16 November 2019
މެސީ އެންޑް އާޖެންޓީނާ އިޒްދަ ބެސްޓް.
އާޗާ
16 November 2019
އޯލްމޮސްޓް ދަ ވޯސްޓް.