އިންޑިޔާގެ ލަވްލީ ޔުނިވަސިޓީއާއެކު ޑިފެންސް މިނިސްޓަރު އާދަމް (ކ-2) އެއްބަސްވުމުގައި މިއަދު ސޮއިކުރައްވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު
28 ސެޕްޓެމްބަރ 2016 - 13:14
ޓެރަރިޒަމާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމުގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް އިންޑިޔާގެ ލަވްލީ އިންޓަނޭޝަނަލް ޓްރަސްޓާއެކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ކޯސްޓްގާޑު ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ލަވްލީ ޔުނިވަސިޓީގެ ވައިސް ޗެއާމަން ނަރޭޝް ކުމާރު މިއްޓަލް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު އާދަމް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް އާއްމުން ހޭލުންތެރިކުރުވުމަށް ލަވްލީ ޔުނިވަސިޓީން މަސައްކަތް ކުރާނީ އިންޑިޔާ ސަރުކާރުގެ އެހީގައި ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ދިވެހި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް، މި އެއްބަސްވުމުގެ ސަބަބުން އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުން ދެމިގެންދާނީ ގާތްގަނޑަކަށް ދެތިން އަހަރަށެވެ. އަދި މި މުއްދަތުގެ ތެރޭގައި، ލަވްލީ ޔުނިވަސިޓީގެ ބޭފުޅުން ރާއްޖޭގެ އެކި ހިސާބުތަކަށް ޒިޔާރަތްކޮށް ޓެރަރިޒަމާ ދެކޮޅަށް ހޭލުންތެރިކުރުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އިންޑިޔާގެ ލަވްލީ ޔުނިވާސިޓީގެ އިސްބޭފުޅުންނާއި ޑިފެންސް މިނިސްޓަރު އާދަމް (ކ-2) މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު
ލަވްލީ ޔުނިވަސިޓީގެ އެސޯސިއޭޓް ޑިރެކްޓަރު އަމަން މިއްޓަލް ވިދާޅުވީ މިއީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް އެ ޔުނިވަސިޓީން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ބޮޑު ބަދަލެއް ގެންނާނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އަމަން ވިދާޅުވި އެވެ.
"މި އަހަރުގެ ތެރޭގައި މި ޕްރޮޖެކްޓް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ލަވްލީ ޔުނިވަސިޓީން މިއަދު ވަނީ ކުރިއަށް އޮތް ދެ އަހަރަށް ރާއްޖެއަށް ތިން ސްކޮލަޝިޕް ދޭނެ ކަމަށް ވެސް އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް
24 December 2016
މިގައުމުން މަސައްކަތްކުރަނީ އައިއެސްއަށް އެހީތެރިވާމީހުން އެމެރިކާއާއި ގުޅިގެން ނައްތާލާށެވެ. އެމެރިކާއިން މަސައްކަތްކުރަނީ މެދުއިރުމަތީގައި އައިއެސްގެ ބާރު ގަދަކުރުމަށެވެ.
ދޮން އާމިރު
28 September 2016
ތީއެއްކަލަ ޒުވާނުން މަސްތުވާތަކެއްޗަށް ހޭލުން ތެރިކުރުވާށޭ ކިޔާފަ އެބޯން ޒުވާނުންނަށް ދަސްކޮށްދިން ގޮތަށް..
ހަސަނު
28 September 2016
ވަރަށް ލޯބި
ކަޝްމީރު
28 September 2016
ފުރަތަމަ އިންޑިޔާ އިން ކަޝްމީރާ ދެކޮޅަށް ހިންގާ ޓެރަރިޒަމް ހަރަކާތްތައް ހުއްޓުވަން އެއްބަސްވުމެއްގާ ސޮއިކޮއްބަލަ...
ފފ
28 September 2016
މިހާރު ރާއްޖެއިންވެސް މި ލަވަ ކިޔަން ފެށީދޯ މީ އަދި ދިވެހިން ނުދަންނަ މާރީތީ ލަވަޔެއްތާ ދަސްކުރަންވެސްވާނެ!
ފަޤީރުކަލޯ!
28 September 2016
ޢަދާލަތުގެ ނަން ޢަދާވަތުގެނަމަށް ބަދަލުކުރަން ފެންނަ ވާހަކަ ދެންނެވިން!