ޚަބަރު / ޑރ. އަފްރާޝީމް

ޑރ. އަފްރާޝީމްގެ މަރާ ބެހޭ ރިޕޯޓް ސަރުކާރުން އާއްމުކޮށްފި

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ. --ފައިލް ފޮޓޯ

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ސަރުކާރުން ރަސްމީކޮށް މިއަދު އާއްމުކޮށްފި އެވެ.

އަފްރާޝީމްގެ މަރުގެ ރިޕޯޓް އާއްމުކުރީ ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނަކާ އެކު އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގެ ޚުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ކޮމިޝަނުގެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކާ އެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

މަޒީދާއި ސާމިތަކީ އަހުމަދު ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތުކުރެވޭ ޖަމާއަތުގެ މީހުންނެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި އަޒްލިފް ރައޫފާއި ހުމާމާއި ޝާން އާއި 18 އަހަރު ނުފުރޭ ކުޑަ ކުޑަކުއްޖާއާ އެކު އިތުރު ބަޔަކު ވެސް އެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން އަފްރާޝީމް އަވަހަރާކޮށްލި ހާދިސާ އަށް ފަހު، ރާއްޖެ އިން ބޭރަށް ހަނގުރާމަ އަށް ގޮސްފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިވެފައިވާ ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ރެއަށް ފަހު، ޖެހިގެން އައި ދުވަހު ބަޔަކު، މާލެ އިން ގަތަރަށް ފުރި އެވެ. އޭގެ ތެރޭގައި، އަފްރާޝީމަށް މިސްކިތެއްގެ ތެރޭގައި ހަމަލާ ދޭން އުޅުމުގެ ތުހުމަތު އޮތް ގދ. ވާދޫ ޖަވާހިރުގޭ ޖާދުﷲ އިބްރާހިމާއި މ. ހާދޫ މުހައްމަދު ނިޝާނާއި އިތުރު ހަތް މީހަކު ހިމެނެ އެވެ. އެ މީހުން ވަނީ ސީރިއާ އާއި ސޫދާނަށް ގޮސްފައި ކަމަށް ރިޕޯޓްގައިވެ އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މި އެންމެންނަކީ މަޒީދާއި ސާމިތު އިސްވެ ތިބެ ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީންކޮށް، މާލޭގައި އެކިއެކި ހަރަކާތްތައް ހިންގާފައިވާ މީހުން ކަމަށެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ރާއްޖޭގައި ޖިހާދީ ފިކުރުގެ ޖަމާއަތްތައް ރާވައި ހިންގާ ގޮތް ތަފްސީލްކޮށްދީފަ އެވެ. އެގޮތުން ހަރުކަށި ޖިހާދީ ފިކުރުގެ ހަރަކާތްތައް ކުރީއްސުރެ، ހިނގަމުންދާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

18 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 49%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުސްލިހު

18 November 2019

ރިޕޯޓުގެ ލިބެން ހުރީ ކޮންތާކުން. ވިއްކާ އެއްޗެއްތަ؟

The name is already taken The name is available. Register?

ކިނބޫ

18 November 2019

މަރުގެ ރިޕޯޓެއް ނޫނޭ. އެމްޑީއެން އުވާލާށޭ. އެމްޑީއެން އުވާލާށޭ. އެމްޑީއެން އުވާލާށޭ. ވާހަކަ އޮއްބާލަން އުޅޭނެ ކަމެއް ނެތް.

The name is already taken The name is available. Register?

މަރިޔަބޫ

18 November 2019

އިބްރާހިމް މުހައްމަދު ސާލިހް އެކުލަވާލި ކަމިޝަން އާދެ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަހްގީގްކުރާ ކަމިޝަންގެ މަސައްކަތް ބަލައިގަންނަނީ ވަރަށް އުފަލާއިއެކު. އެތަނުގެ މަސައްކަތައް އޭ ސްޓަރ ދެން.

The name is already taken The name is available. Register?

އަލީ އަހުމަދު

18 November 2019

އެންމެ މައްސަލައެއްވެސް ސާބިތު އަދި ނުވޭ. ފެކްޓްސް. އެއީ ރައީސްގެ އަމިއްލަ ސިޔާސީ ޕާޓީއެއް.

The name is already taken The name is available. Register?

ގިނިކަނދު

18 November 2019

ޑރ.އަފުރާސީމް ޢަލީ އަނިޔާވެރި ގޮތުގައި އަވަހާރަކޮށްލި ހާދިސާ ތަޙްޤީޤު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން އެންމެ ފަހުން މޮޑުނީ މަސްހުނިގަނޑެއް އެމަސްހުނިގަނޑުގަ ބަރަބޮލާ ތޮރަލާ އަލުވި އަދި ކުއްޅަފިލާފަތާ ކޮޕީ ފަތާ މުރަނގަ ފަތާ ކަންކުން ފަތް އެކުލެވޭ އެހެންވީމާ އެ މަސްހުނިގަނޑަށް ދޭނެ ނަމެއްނޭނގޭ ފަތު މަސްހުނިކަމެއް ބަރަބޯ މަސްހުނިކަމެއް ނޭނގޭ މޮޑެމޮޑެފަ ރިޕޯޓު ނެރުނީ ހަގީގަތް އޮތީ ވަންހަނާ ކޮށްފަ ވަކިބަޔަކުސަލާމަތްކޮށްފަ ރިޕޯޓުނެރުނީކަމަށްވަނީ

The name is already taken The name is available. Register?

އިހްސާސް

17 November 2019

ސަޓޯ ހައްޔަރުކުރޭ. ވަޒީފާއިންވެސް ވަކިކުރޭ. އެކަ މަކު ނުކެރޭނެ.

The name is already taken The name is available. Register?

ޟަރީ

17 November 2019

ސަޓޯ ހައްޔަރު ކުރަންޔާ ކަލޭވެސް ހައްޔަރު ކުރަންވާނެ. މަވެސް ތުހުމަތު ކުރަން ކަލޭ ހިމެނޭކަމަށް

The name is already taken The name is available. Register?

މުންނި

18 November 2019

ކޮށްފަ އެއޮތީ

The name is already taken The name is available. Register?

ސސސސސސސސަސދަދ

17 November 2019

ކުރިން ކިޔާއަޑު އިވޭ އަޒްލިފް ރައޫފާއި ހުމާމާއި ދެ މިހުން ކޮންމެވެސް ދެމީހަކާއި ބައްދަލު ކުރި ވާހަކަ އާއި އެ ބައްދަލުވުމުގައި މަސައްކަތުގެ އަގު ކަނޑައެޅިގެން ދިޔަ ވާހަކައާއި އަދި އެ ފައިސާ ލިބޭ ގޮތް ހާމަ ކުރިކަމަށް، ނަމަވެސް މިހާރު ޖިހާދީންގެ އެދުމުގެ މަތިން އެއްވެސް އަގެއް ނެތި މި މަސައްކަތް ކޮށްދިނީ ދީނަށް އެއްވެސް ލޯތްބެއް ނެތް ގޭންގް ސްޓާރުންތަކެއް، މިއަށްވުރެ މޮޅު ފިލްމެއް ނެތީބާ..

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 November 2019

ކޮމިޝަނުން މިއޮތީ ރާއްޖޭގެރައްޔިތުންތިބިބިރުވެތިހާލު ދިވެހިދައުލަތަށް އަންގާދީފަ. # ދައުލަތުގެ ވެރިޔާގެ ޙައިސީއްޔަތުން ރައީސް ސޯލިޙް ޤާނޫނުހަދާ މަޖިލީހުގެ ރައީސާއި ޤައުމީ ސަލާމަތާއިބެހޭ އިދާރާތަކުގެ އިސްވެރިން ރިޕޯޓްގައިވާފަދަ ކަންކަން އިތުރަށް ހިންގުމަށް ފުރުސަތުނުދިނުމަށް އަޅާންޖެހޭ އެންމެހާ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާންޖެހޭ. # ފައިސާ ދައުރުވާ މާލީ ނިޒާމާއި މަސްވެރި އުޅަނދުތައް ޙަރަކާތްތެރިވާގޮތާއި މައުލޫމާތު އެއްކޮށް ބަލަހައްޓާންޖެހޭ.

The name is already taken The name is available. Register?

ރޯގޯނި

17 November 2019

ބަލަ ޑަން ދަ ޖޮބް ކިޔާފަ މެސެޖުކުރި ސިޔާސީ މީހަކީ ކާކު؟4 މިލިއަން ރުފިޔާ ހަރަދުކުރީ ކާކު؟ މިއޮއް ގައުމެޢް

The name is already taken The name is available. Register?

މާއަންނި އައްޕަ

17 November 2019

ދެން މި ހުރިހާ ދުވަކު ކީ ޔާ މީނު ޢޭ. . . އަތަށް ގޮވީ ދޯ...

The name is already taken The name is available. Register?

މިއީ އަސްލަކީ

17 November 2019

މި ރިޕޯޓް ސިޔާސީ މީހުންގެ ބޮލަން ބިންދާ ނުލި ސަބަބަކީ މި ވަޤުތު އުއްތަމަ ފަނޑިޔާރުގެ ގޮޑި ހުސްވާން އުޅޭ ހެން ސުއޫދަށް ހީވާތީ ކަމަށް ވެދާނެއެވެ.ސަބަބަކީ މިވަޤުތު ސިޔާސީ ބޮޑު މީހަކާ ބެހެވިއްޖެ ނަމަ އަބުރު ދުއްވާލައި މައްސަލަ އަޑި ކޮށްލާނެ ކަން އެބޭފުޅާ އަށް ވުސްނޭތީ އެވެ؟

The name is already taken The name is available. Register?

ހުސެން

17 November 2019

ތިޔަ ރިޕޯޓަކީ ބޮޑު ޖޯކެއް އޮޅުވާލުމެއް، ރިޔާސީކޮމިޝަނޭކިޔާ ގުރޫޕުން ތިޔަ ކުޅޭ ޑުރާމާ ކާމިޔާބެއްނުވާނެ، ސަބަބަކީ މީގެ ކުރިން ފުލުހުން ކުރި ތަހުގީގުތަކުން ވެސް ކަންތައްތަކެއް ހޯދި ހާމަކޮށްފައިވޭ، ރިޔާސީކޮމިޝަނުން ތިޔަކުރާކަމަކީ ކަންކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރުން، ތިޔަކޮމިޝަން އުވާލާ ކޮމިޝަނުގައިތިބިމީހުން ހައްޔަރުކޮށް މިމީހުންގެ މައްޗައް ތަހުގީގުހިންގަންޖެހޭ

The name is already taken The name is available. Register?

ޢައްޑޫބެ

17 November 2019

ކޮމިސަނަކުން ބުނާ އެއްޗަކުން އެމީހުން ހައްޔަރު ކުރަން ތިގޮވަނީ. ބޭފުޅާ ހަމަތަ؟

The name is already taken The name is available. Register?

ހުސެން

18 November 2019

@ ޢައްޑޫބެ، އަސްލުނަން ޖަހަންނުކެރި ފާޑުފާޑުގެ ނަންނަމުގައި އެކައުންޓުހަދައިގެން އޮށްޓަރުހުރި ކޮމެންޓެއް ކުރަންނޭންގި މޮޔަގޮވުމުގެ ބަދަލުގައި ކޮމެންޓުނުކޮށް ހުރުން މާރަނގަޅުނޫންތޯ؟ ނޫނީ އާޓިކަލްކިޔާފަ އެޔާބެހޭގޮތުން ކޮމެންޓެއް ކޮށްބަލަ، ހަމައިގަ ހުރެ ބުއްދިސަލާމަތުންހުރެ އަމިއްލައިހުތިޔާރުގައި އަދި ވާނުވާވެސް ވަރަށްރަނގަޅަށް އެނގޭތީ ކޮމެންޓުކޮށްފައި އެވެނީ، "ޢައްޑޫބެ" ގެ ރިޕުލޭއަށް ކިޔުންތެރިން ރެސްޕޯން ކުރިގޮތުންވެސް އެކަންހާމަވޭ ދޯ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454