ކިއުއާރު ކޯޑު ބޭނުންކޮށްގެން މީހަކު ފައިސާ ދައްކަނީ-- ފޮޓޯ: ބީއެމްއެލް
18 ނޮވެމްބަރ 2019 - 12:33
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ސްކޭން ޓު ޕޭ އެންޑް ޕޭ ބައި ލިންކް" ގެ ނަމުގައި ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލްގެ މޯބައިލް ޕޭ ބޭނުން ކުރާ ކަސްޓަމަރުންނާއި މާޗެންޓުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ކިއުއާރު ކޯޑް އަދި ލިންކު ބޭނުން ކޮށްގެން ފައިސާ ދައްކާ މީހުންގެ މެދުގައި ގުރުއަތު ނަގާނެ އެވެ. މި ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށާއި ތިން މާޗެންޓުންނަށް 30،000ރ. އާއި 20،000ރ. އަދި 10،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
މީގެ އިތުރުން، މި ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ މީހަކަށް ވެސް ފައިސާގެ އިނާމް ދޭން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ކޮންމެ ހަފްތާއަކު ހޮވާ ފަސް ކަސްޓަމަރުންނާއި ފަސް މާޗެންޓުންނަށް 1000ރ. ގެ ފައިސާގެ އިނާމް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއށް ގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ 17 ގެ ނިޔަލަށެވެ.
ބީއެމްއެލްގެ މޯބައިލް ޕޭ އަކީ ކާޑާއި ފައިސާގެ ބަދަލުގައި އޮންލައިންކޮށް ފައިސާގެ މުއާމަލާތް ކުރުމަށް އެ ބޭންކުން ދޭން ފެށި ހިދުމަތެކެވެ. މި ހިދުމަތް ފުޅާކޮށް، ކިއުއާރުކޯޑު ސްކޭން ކޮށްގެންނާއި ލިންކު ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ބީއެމްއެލުން ހަދާފައި ވަނީ މި އަހަރުގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުމަދް
19 November 2019
ތިއެޕް ގިނަފަރަށް މަސައްކަތް ނުކުރޭ. ތީގެން ޕޭކުރަން އުޅުން ވަނީ އިތުރު ހެޑޭކަކަށް
ހުސެން
18 November 2019
މޯބައިލްޕޭ ތައާރަފު ކުރި ދުވަސްވަރުވެސް ޕުރަމޯޝަނެއް ކުރިޔަށް ދަނީޔޭ ކިޔައިގެން ބީއެމްއެލް އިން އަޑުއެރުވި، ފަހުން ވީނުވީއެއް ނޭންގެ، ތިޔަ އެޕުން ޕޭކުރާ ތިންފަހަރުން އެއްފަހަރު އެރާ، ހޯލްޑުވަނީ، ކޭޝްއިންޕޭކުރިޔަސް އެކައުންޓުންވެސް ކެނޑިފަ އިންނަނީ، ބޭންކަށްގުޅައިގެން ވީނުވީއެއް ސާފުކޮށް ހޯލްޑްވި އެމައުންޓު ރިލީޒް ކުރާނެއިރެއްގެ އިންތިޒާރުގަ އުޅެންޖެހެނީ، ބޮޑު ހެޑޭކެއް، ފިހާރަ ސޭޓުންގެ މެދުގައި ތިޔަ ކަމެއްގެ ހޭލުންތެރިކަމެއްނެތް އެމީހުން ބިރުގަނޭ
ކިލޯ
18 November 2019
ތި މޯބައިލް ޕޭ ބޭނުން ކުރަން ވަރަށް ގިނައިން. ކާޑު މައްސަލަ ޖެހިފަ އޮތީމަ އިތުރު ގޮތެއް ނެތިގެން. ދެފަހަރުން އެއްފަހަރު އެޕުން ރުފިޔާ ކަނޑާފަ މެޝިނުން ކަނެކްޝަން އެރާ އަރާފަ ޑިކްލައިން ވަނީ! އަނެއްކާ އަލުން ފައިސާ ދައްކަން ޖެހެނީ! ދެން ކާޑް ސެންޓަރަށް އެތައް ހާލަކުން ގުޅީމަ ކޮންމެ ފަހަރަކުވެސް ބުނަނީ އެ ޑިކްލައިން ޕޭމަންޓް ޖަމާކޮށްދޭނަމޭ. އަދި ނެތް އެންމެ ފަހަރަކުވެސް ކުރި ކަމެއް އިނގޭކަށް! 5 ފަހަރު މިހެންވީމަ ހުއްޓާލި ތިކަމެއް!
ހުތް އާދަނު
18 November 2019
ކިއުއާރުކޯޑުން ފައިސާ ދައްކައިގެން ބީއެމްއެލްއަށް ކިހާވަރެއް ލިބޭ؟
ޙަމް
18 November 2019
އަސްލު މިހާ ވަރު އަރުވާލާފަ މިއުޅެނީ ބޭންކް ޓްރާސްފާ ހަދައިގެން ވިޔަފާރި ކުރާތީ ބޭންކަށް އެއްޗެއްް ނުލިބޭތީ. ދެންވީ ޕިއްޒާ އަށް ލާރި ދައްކަންވެސް މިމީހުން ފޮނުވާ ލިންކުން ޕޭކުރަން ބޭންކް ޓްރާންސްފާ ނަހަދާ.
ބީމެލް
18 November 2019
މިއީ ވަރަށް ނާ ތަހުޒީބު ބޭންކެއް. ޕީއޯއެސް މެށިން އޮންލައިން ވިޔަފާރިއަށް ދޫނުކުރޭ. ތަނެއް ދައްކަން ޖެހޭ، ސްޓޮކް ދައްކަން ޖެހޭ. ޥިޔަފާރި ހުއްދަ، ޖޫއެސްޓީ، އިންޕޯޓޕާމިޓް މިއީ އަމިއްލަ އަަށް ހަދާ އެއްޗެއް ނަުން. އޮންލައިން ވިޔަފާރިއަށް މި ލިންކު ފެއި އޯ ލިބެނީ. މިހެންވީމަ މިތާ ވެރިން ދުރުކުރަން ޖެހެނީ. ބޯދާ ވިސްނުން