ހުޅުމާލެ އިން އަތުލައިގަތް ބަނގުރާފުޅިތަކެއް ނައްތާލަނީ: ބަނގުރާ ބޭނުންކޮށް ޕާޓީ ކުރަމުން ދިޔަ ކަމުގެ ތުހުމަތަށް 12 މީހަކު ވަނީ ހައްޔަރުކޮށްފައި
19 ނޮވެމްބަރ 2019 - 22:13
ހުޅުމާލެ ހޮޓަލެއްގައި ބަނގުރާ ބޮއެ ޕާޓީކުރަމުން ދިޔަ މައްސަލައެއްގައި 12 މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ތުހުމަތަށް ހައްޔަރުކުރީ 11 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ. ހުޅުމާލޭގެ ފުލުހުންނާއި އެސްއޯ ފުލުހުން އެ އޮޕަރޭޝަން ހިންގީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ހުޅުމާލެ ހޮޓެލް 78 ގެ ރެސްޓޯރެންޓް ތެރެއިންނެވެ.
ބަނގުރާ ބޮއެ ޕާޓީ ކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާނާލް
20 November 2019
ކާނަލް ނާޒިމް ގެ ގެސްޓް ހައުސް
ފުންއަސަރު
20 November 2019
ހުރިހާވެސް މައްސަލައަކީ ކުށުގެވެށިން އެންމެން ހައްޔަރުކުރިޔަސް ބޭނުންވާވަރަށް ހެކިނުލިބޭތީއޭ ކިޔާފާ އެމީސްމީހުން ދޫކޮށްލާތީ.
ކުޜެންދޫ
20 November 2019
ތި ހޮޓާ އަޅެ ބަންދުކޮށްބަލަ މޮޅިއްޔާ. ނާޒިމް ސޯގެ ހޮޓާތި، އޭނާގެ ކޮއްކޮ ތިތަން އޮޕަރޭޓް ކުރާނީ، އެޗް 78
ރޫހީ
20 November 2019
ކާނަލް ނާޒިމްގެ ހޮޓަލެއް އެއީ
ބުނެލީ
20 November 2019
ޕޮލިސް ވަރަށް ވެސް ބޮޑުތަން ރަނގަޅު މިހާރު. މިހާރު ބުނެ ވޭނެ ތިޔައީވެސް އުޅޭ ބައެކޭ.
ށ.އަތޮޅު މީހާ
20 November 2019
ތިޔަ ރެސްޓޯރަންޓް ބަންދުކުރޭ
ބޮބް
20 November 2019
ވަރުގަދަ ތަރިޔެއް ތާ ދޯ ބޯ ހަލާކު
ތުއްތުކަލޯ
20 November 2019
ދޫކޮށްނުލައިފިނަމަ ރަނގަޅު
ޕާޓީ އެނިމަލް
20 November 2019
އޮޕާރޭޝަންތައް ހިންގިޔަސް ކުށްކުރާ މީހުންނަށް އަދަބު ނުލިބެންޔާ އެއްވެސް ފައިދާއެއްނެތް.
ލ
20 November 2019
މިކަން ވެސް ދީނީ މީހުން ބޮލުގަ އަޅުވާ