ރަށެއްގެ ރުއްގަސްތަކެއް: ގަވާއިދާ ޚިލާފަށް ރުއްގަސް ނެގި މައްސަލާގައި ވަނީ ޖޫރިމަނާ ކޮށްފައި -- ފޮޓޯ/ޅައިމަގު އޮންލައިން
21 ނޮވެމްބަރ 2019 - 17:52
ލ. މެންދޫ އިން ގަވާއިދާ ޚިލާފަށް ރުއްގަސް ނެގި މައްސަލާގައި އެރަށް ވަރުވާ އަށް ނަގައިގެން އުޅޭ މީހާ 275،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ނެރުނު ބަޔާނުގައި ބުނީ ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ މެންދޫއާ ގުޅޭގޮތުން އެ އޭޖެންސީ އިން ފާސް ކޮށްފައިވާ ތިމާވެށްޓަށް އަސަރު ކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައިވާ ބަޔާންކުރާ ހުއްދައިގެ ބޭރުން އެރަށުން ބައެއް ރުއްގަސް ނަގައި، 4822 މީޓަރުގެ މަގެއް ހަދާފައިވާ ކަމަށެވެ.
އެހެންވެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، އެރަށް ދޫކޮށްފައިވާ ސ. މަރަދޫ އަސްރާރުގޭ، ހަސަން އާދިލް 275،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ފައިސާ 30 ދުވަސް ތެރޭގައި ދައްކަން ވެސް ވަނީ އަންގައިފަ އެވެ.
ގަވާއިދާ ޚިލާފަށް ރުއްގަސް ނެގުމާއި ތިމާވެށްޓަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމުން މީގެކުރިން ވެސް ބައެއް ފަރާތްތައް ޖޫރިމަނާ ކޮށްފައިވެ އެވެ. އަދި ރަށްރަށުން ރުއްގަސް ނަގައިގެން އެހެން ރަށްރަށާއި ރިސޯޓްތަކަށް ގެންދާ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލ.ކުނަހަންދޫ
21 November 2019
ލ.ކުނަހަނޫ އިން ރުކާއި ކުދި ގަސް ބަރު ކޮށްގެން ހަފުތާއަކު ބިޔަ ބާޖެއް އެބަ ރުކާއި ކުދިގަސް ގެންދެއެވެ. މި ރިޕޯޓް ނުކުރާ ސަރުކާރުގެ އޮފީހެއް ނެތެވެ.
ޔެސް
21 November 2019
ޢެކަމަކު "ތަށަށް ކިޔަނީ މަރިޔަބުހޭ"ވެސް އަހާނުލާވއުތަ؟.