ހައި ކޯޓު: އިސްތިއުނާފް މުއްދަތު ހަމަވުމަށް ފަހު ބަލައިގަތުމުގެ ހުއްދަ ދޭ މައްސަލަތައް 10 ދުވަސް ތެރޭގައި ހުށަހަޅަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި .-- ފޮޓޯ/މިހާރު
24 ނޮވެމްބަރ 2019 - 15:36
އިސްތިއުނާފް މުއްދަތު ހަމަވުމަށް ފަހު ހައި ކޯޓަށް ބަލައިގަތުމުގެ ހުއްދަ ދޭ މައްސަލަތައް 10 ދުވަސް ތެރޭގައި ހުށަހަޅަން ޖެހޭ ގޮތަށް ހައި ކޯޓުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ހައި ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އިސްތިއުނާފް މުއްދަތު ހަމަވުމަށް ފަހު ވެސް، މަގުބޫލު ސަބަބެއް އޮވެއްޖެ ނަމަ އެ މައްސަލައެއް ބަަލައިގަތުމުގެ ހުއްދަ ދިނުމުގެ ބާރު އެ ކޯޓުގެ ފަނޑިޔާރުންނަށް އޮވެ އެވެ. އެކަމަކު އެގޮތަށް ހުއްދަ ދޭ މައްސަލަތައް ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ގަވާއިދުގައި ކުރިން ނޯވެ އެވެ.
އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެގޮތަށް ބަލައިގަތުމުގެ ހުއްދަ ދޭ މައްސަލަތަކާއި ރެޖިސްޓްރާގެ ނިންމުން ރިވިއު ކުރުމަށް ފަހު މައްސަލަ ބަލައިގަތުމަށް ފަނޑިޔާރުން ނިންމާ މައްސަލަތަކާއި ހައި ކޯޓަށް ހުށަހަޅަން ސުޕްރީމް ކޯޓުން އަންގާ މައްސަަލަތަކުގައި އެކަން އެ ފަރާތަކަށް އަންގާ ދުވަހުން ފެށިގެން 10 ދުވަސް ތެރޭގައި ހައި ކޯޓަށް އެ މައްސަލައެއް ހުށަހަޅަން ޖެހޭނެ އެވެ.
އެ މުއްދަތުގައި ހުށަނާޅައިފި ނަމަ، އެ މައްސަލައެއް ދެން އެ ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހު މިއަދު އާންމު ކުރިޔަސް، އެއަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީންދީދީގެ ޢަލީދީދީ
25 November 2019
އަމީންދީދީ އަށް ދަންނަވާލަން އޮތް ވާހަކައަކީ، ތިބޭފުޅާގެ މަޤާމުގެ ހައިޞިއްޔަތުން ރަޖިސްޓްރާރ އާއި ރަޖިސްޓްރޭޝަންގެ ދިފާޢުގައި ތިގޮތަށް ވާހަކަ ދެއްކުމަކީ އެންމެ ކުފޫ ހަމަވާގޮތަށް ދައްކަވާ ވާހަކަފުޅެއް ނޫންކަމާއި، ކަމެއް ގޯސް ވާހަކަ ބުނިމަކީ އެކަމެއް ރަނގަޅުކުރަންލިބޭ ހިތްވަރަކަށް ވާއިރު، ކުށް ޤަބޫލު ނުކޮށް އެކަމުން ރެކުމަކީ އެންމެ ގޯސްކަންތައްކަމުގައި ދަންނަވަމެވެ.
ޢަރަތު
24 November 2019
ޤާނޫނު އަސާސީގައި ވާގޮތުން އިޖްރާއަތާއި ގުޅޭ އެއްވެސް ގަވާއިދެއް ނުވަތ އުޞޫލެއް ހެދުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެންނުވޭ
ފަންތި
24 November 2019
ހައިކޯޓުގެ ރެޖިސްޓްރާއަކަށް ހުންނެވީ މަގާމަށް ކުފޫ ހަމަވާ ބޭކަނބަލެއް ނޫން. އަބަދު އޮންނަނީ އަތަށް ގޮއްވާލާފަ. ވާނުވާ އެއް ނޭނގޭ، ބަލައިގަންނަ އެއްޗެއް އެހެން އެއްޗެއް. އެއް މައްސަލައެއް ދެ ބުރަށް ތިން ބުރަށް އެބަ ބަލައިގަނޭ. ޖޭއެސްސީ ގާނޫނަށް ގެނައި އިސްލާހާއެކު ރެޖިސްޓްރާ ބަދަލު ކުރަށް އެބަޖެހޭ. މީގެ 5 އަހަރު ކުރިން މާ ރަނގަޅު
ހަމަ ހައްޤު
24 November 2019
ދިހަ ބާރަ އަހަރު ނުވަތަ ވިހި ފަންސަވީސް އަހަރު ދަށު ކޯޓް ތަކުގައި ބޮޑެތި ބޮޑެތި ޝަރީއަތް ކުރަން ތިބި ފަނޑިޔާރުން ކުރައްވާ ހުކުމް ތަކުގެ "ކުށް ދެއްކުމަކީ" (ނުވަތަ އިސްތިއުނާފު ކުރުމަކީ) ހުކުމް ކުރުމުގެ ތަޖްރީބާ މަދު ފަނޑިޔާރުނަށް ކުޑަ ކަމަކަށް ނުވާނެއެވެ. ޢެގިތިބެ ނުބައި ހުކުމް ކުރުމަށް ވުރެ ނޭގި ތިބެ ގޯސް ހުކުމް ތަށް ކުރުން ވަކި ސަހަލައެއް ނޫނެވެ.
ހުސެންބެ 2
24 November 2019
ހައިކޯޓުގެ ރެޖިސްޓްރޭޝަންގައި ނެތް އެކަމަކު ތިޔަކަން ކުރެވޭނެ ގާބިލުކަމެއް. ދިވެހިރާއްޖޭގެ 194 މެޖިސްޓްރޭޓް ކޯޓާއި، 5 ސުޕީރިއާ ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓު ހިމެނޭ ގޮތުން އެންމެ ފެންވަރު ދަށް ރެޖިސްޓްރޭޝަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރޭޝަނަކީ
އަމީން ދީދީ
24 November 2019
ކޮމެންޓް ކުރައްވާ ބޭފުޅާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރޭޝަންގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ލަޔާޤަތާއި ޤާބިލިއްޔަތު އެނގިވަޑައި ނުގަންނަވާ ޙާލު ވާހަކަ ދައްކަވާތީ ހިތާމަ ކުރަން. އަދި ހުސެންބެ 2 ގެ ނަމުގައި ކޮމެންޓް ކުރައްވާ ބޭފުޅާ ގާތުގައި އަޅުގަނޑު އަހާލަން ބޭނުންވަނީ މަނިކުފާނު ތިޔަފަދަ ވާހަކަފުޅެއް ތިޔަ ވިދާޅުވަނީ ކޮން މަސްދަރަކަށް ބިނާކުރައްވައިގެންތޯއާއި ހައިކޯޓުގެ އަގު ވައްޓާލުމަށްޓަކައި ތިޔަފަދަ ވާހަކައެއް ދައްކަވަނީ ކީއްވެތޯ؟
ބަސް ނުވިކޭ އޮޑި
24 November 2019
ތި އޮތީ މޮހަނަށް އޮޑި ލިބިފައި.
ޭކެކިކެކި
24 November 2019
ފަހަރަކު ފުކެއް އެބަ ހާމަ ކުރެއެވެ.