ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. --- ފޮޓޯ: މިހާރު
24 ނޮވެމްބަރ 2019 - 17:26
އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިޚާބުގައި ނައިބު ރައީސަކު ހޮވަން ނެގި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް 11 ކަމެއް ފާހަގަކޮށް އެ މައްސަލަތައް ބަލައި ދިނުމަށް އެދި އެމްޑީޕީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް އިންތިޚާބުގައި އެ ޕާޓީގެ ރައީސަކަށް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބުގެ މަގާމަށް ނުކުންނެވީ އަސްލަމްގެ އިތުރުން އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރި ހޯއްދެވީ ޝިފާޒެވެ.
އެމްޑީޕީން މިހާތަނަށް އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޝިފާޒަށް 13،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ. ޝިފާޒާ ވާދަކުރެއްވި އަސްލަމަށް ލިބިވަޑައިގަތީ 9000 އަށް ވުރެ ގިނަ ވޯޓެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 23،000 އަށް ވުރެ ގިނަ މީހުން ވޯޓުލި އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 87,439 މީހުންނަށް ލިބެ އެވެ.
އަސްލަމް "މިހާރު" އަށް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވަން ނިންމަވައި، އެކަމާ ގުޅޭ 11 ސަބަބެއް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެކަމަކު، އެމްޑީޕީ އަށް އަސްލަމް ހުށަހެޅުއްވި މައްސަލައިގެ އެއްވެސް ތަފްސީލެއް ދެއްވަން އޭނާ ދެކޮޅު ހެއްދެވި އެވެ.
"އަޅުގަނޑުމެން ވަގުތު ޖެހުމުން، އެކަމާ ގުޅޭ އިތުރު ތަފްސީލްތައް މީޑިއާއާ ހިއްސާ ކުރާނަން. މިވަގުތަށް އަޅުގަނޑުމެން ހާމަކޮށްލަން ބޭނުންވަނީ 11 މައްސަލަ ހުށަހެޅިކަން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމްގެ ކެމްޕޭން ޓީމުން ކުރިން ބުނީ އިންތިޚާބުގައި އަދި ވޯޓުގައި މައްސަލަ ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އެކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޭރު އެ ޓީމުން ބުނެފައިވެ އެވެ.
ނައިބު ރައީސްގެ މަގާމަށް ޝިފާޒާއި އަސްލަމް ވާދަވެރި ކެމްޕެއިނެއް ކުރެއްވި އެވެ.
އަސްލަމް ވަނީ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އަސްލަމަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ބައެއް ސީނިއާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އަދި ނަޝީދުގެ ސޯޝަލް މީޑިއާ ޓީމުން ކެމްޕެއިން ކުރެއްވީ އަސްލަމަށެވެ.
އަސްލަމް ވަނީ މިދިޔަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވަނީ އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވައިފަ އެވެ.
މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ ބައެއް މަގާމުތައް ވެސް އޭނާ އަދާކުރެއްވި އެވެ. އަދި 19 ވަނަ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އޭނާ ވަނީ ވަރުގަދަ ކެމްޕެއިންތަކެއް ކުރައްވައިފަ އެވެ. އެކަމަކު، ފަހު ވަގުތު އަސްލަމް ވަނީ އެމްޑީޕީގެ މަސްލަހަތު އިސް ކުރައްވައި ނަޝީދު އެ މަގާމަށް ކުރިމަތިލެއްވުމަށް ދައުވަތު ދެއްވައިފަ އެވެ. އަދި ނަޝީދު ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވައިފަ އެވެ.
އަސްލަމް ވަނީ އެ ޕާޓީ އުފެދުމުގެ ކުރިން ފެށިގެން ގިނަ މަގާމުތައް ފުރައްވައިފަ އެވެ. އެގޮތުން އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ހިމެނޭ ފަސް މެމްބަރުންގެ ތެރޭގައި އަސްލަމް ހިމެނިވަޑައިގެންނެވި އިރު، އެ ޕާޓީގެ އިންތިހާބާ ބެހޭ ޑިރެކްޓަރު ކަން ކުރެއްވި އެވެ.
މީގެއިތުރުން އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރި އިރު، ވަލީ ކޮމިޓީގެ މެމްބަރަކަށް ވެސް އުޅުއްވި އެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީގެ އައްޑޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އެވެ. އޭނާ އެންމެ ފަހުން ހުންނެވި އިސް މަގާމަކީ ދުވަސްކޮޅެއް ވަންދެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމެވެ. ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރަކީ ވެސް އަސްލަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޒާނާ
25 November 2019
އައްޑޫ މީހުން އައްޑޫޕާޓީހަދާގެން ތިބެބަލަ..
ޔާމިނު-----
25 November 2019
މީނަ ދައްކާ ވާހަކަ އަހަންނަށް ޤަބޫލު ކުރެވޭ!
ރަދީފް
25 November 2019
ކޮބާ އަސްލަމް ތަމެންނަށް ރާކަނިމަސް ކެވުނުތަ.ހެހެހެ
ފިިލް
25 November 2019
ހާދަ ފިނޑިއޭ. ބަލި ގަބޫލުކުރަން ދަސްކުރޭ.
އޮނަރަބްލް އަފީފު ދީދީ
25 November 2019
ހާދަހީވެއޭ "އަސްލަމް އައްޑޫރައްޔިތުންދޫކޮށް ސައުދާޤަރު ގޯތިޕާޓީއަށް" ދާންއުޅޭހެން. މިހާރު އަސްލަމްތިހުންނަގޮތަށްވުރެން "އެގޮތްވެސް މިސިޓީގެރައްޔިތުންނަށް ރަނގަޅުވާނެ" ކަމަށް އަފީފުދީދީއަށް ފެނޭ. ތިހެން އުޅުމުން "އެގަހުކޭލެއް މިގަހުކޭލެއް ނޭގޭތީ" ރައްޔިތުންނަށް އިގޭއެއްވެސްއެއްޗެއްނެތް. # މަޖިލީހުގައިވާހަކަނުދައްކާތީއެވާހަކަބުނުމުން އަސްލަމްބުނަނީ "ތިކަންކަންކުރާންނިންމާފައިވާކަންމަށަށްއިގޭއިރު ކީއްކުރަންހޭއެވާހަކަ އަހަރެންދައްކާންވީ" މިއީހާލަތު.
އަހަންމާ ސ.
25 November 2019
ކަމެއް ކުރަންޏާ ޒުވާނުން ޕާޓީ ސިސްޓަމަށް ވައްދާ ސިޔާސީ ކަންކަމަށް އަހުލުވެރި ކުރެވޭތޯ ބަލަންވީ. އަމިއްލަ އެދުމުން އެއްކިބާވެ ގައުމާއި ދޭތެރޭ ފިސާރި ވިސްނަން ޖެހޭ.
ނަދީމާ ބެއްޔާގެ
25 November 2019
ޑިމޮކްރެސީގެ އުސޫތަކަށް ތަބާވުމަށް ގޮވާލަން. އަންނަން އޮތް ޖީލްތަކަށް ނަމޫނާ ބަޔަކަށް ވަމާ.
ކުޑޭ
25 November 2019
ނަންވާނީ ޔާމީނު، މިއިން ކޮންމެ މީހަކުވެސް ބަލިވެއްޖެއްޔާ އެ އޮޅުވާލީ
ހައްމާދު
25 November 2019
ނިމި ދިޔަ އެމްޑީޕީ ޕާލަމެންޓަރީ ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ވީގޮތް ވެސް ބަލަން ބޭނުން. ވިއްސާރަ ވާރޭ ތެރޭ ގަންނަން ޖެހުނުހާ ގަނޑު ހަނދާނަކުން ނުފޮހެވޭނެ ދުވަހަކުވެސް. އިހްލާސްތެރިން ވަކިކުރަން ރައްޔިތުން ދަސްކުރަން އެބަޖެހޭ. މީހާގެ ސައިޒަކުން އެނގޭނެ އެއްޗެއް ނޫން އެއީކީ.
އީސަބެ
25 November 2019
އެންމެ ޑިމޮކްޓިކްވެގެން އުޅޭ ޕާޓީގެ ހާލަތު، ކޮންމެ ކަމެއްގައި ވެސް އޮޅުވާލުން. ޚުދުމުހުތާރުކަން އެއޮއްގެން އެތެރޭގެ އިންތިޙާބުންވެސް ފެންނަނީ، ކޮން ވަފާތެރިކަމެއް ރައްޔިތުންނަށް އޮންނާނީ؟؟؟