ދިއްދޫ ފްލެޓުތައް ނައިބު ރައީސް ފައިސަލް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
25 ނޮވެމްބަރ 2019 - 11:35
ހއ. ދިއްދޫގައި ސަރުކާރުން އެޅި ފްލެޓްތައް ހަވާލުކުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން އެކަމާ ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ހަފްތާ ބަންދުގައި އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ނައިބު ރައީސް ދިއްދުއަށް ވަޑައިގެން މިހާތަނަށް ހަވާލު ނުކުރެވި ހުރި ފްލެޓްތައް ބައްލަވާލެއްވި އެވެ. އޭގެ ތެރެއިން ގިނަ ފްލެޓްތައް މިހާރު ހުރީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިއްދޫ ހިއްކައި، އަދި އެ ބިމުގައި އެ ސަރުކާރުން ފެށި މަޝްރޫއެއްގައި އެޅި ފްލެޓްތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލުމާއި ސީލިންގުން ފެން ފޭބުން ފަދަ މައްސަލަތައް މިހާރު ކުރިމަތިވެފަ އެވެ.
Dhihdhoo Flat thah dhinun madu jahsaalan ACC in angaifi
The most trusted news source in the Maldives
Mihaaru
ދިއްދޫ ފްލެޓްތައް ދިނުން ހުއްޓުވުން---
ފްލެޓޭ ކީ ނަމަވެސް ދިއްދޫގައި އެތަންތަން ހަދާފައި ހުރީ ވަކިވަކި ގޭގޭގެ ގޮތުގަ އެވެ. އެގޮތުން 250 ގެ ހަދާފައިވެ އެވެ. އޭގެ ތެރެއިން 130 ގެ ވަނީ މީހުންނާ ހަވާލުކޮށްފަ އެވެ. އަދި 110 ތަން ދޭނެ ފަރާތްތައް ކަނޑައަޅާފައި ވިޔަސް އާ ސަރުކާރުން ވަނީ އެ ލިސްޓް ބާތިލްކޮށް އަލުން މާކްސް ދީފަ އެވެ.
ދިއްދޫ ކައުންސިލުން ޖޫން 10 ގައި 110 ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި އެވެ. އެއާ އެކު ގިނަ ބައެއްގެ ޝަކުވާ ހުށަހެޅި އެވެ. އެހިސާބުން އެ ލިސްޓަށް ފްލެޓް ދިނުން މަޑުޖައްސާލަން އޭސީސީން އެންގި އެވެ.
ހައުސިން މިނިސްޓްރީން ރަށު ކައުންސިލަށް އަންގާފައިވަނީ މި މައްސަލާގައި އޭސީސީއާ އެކު އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ވަކި ގޮތެއް ނުނިމޭތީ ފްލެޓްތައް ދޫނުކުރެވި ވަނީ މަޑުޖެހިފަ އެވެ.
އެ ފްލެޓްތައް ބައްލަވާލެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް "މިހާރު" އަށް ވިދާޅުވީ އެތަންތަން ހަވާލުނުކުރެވި ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މީހުންނަށް ދިރިއުޅެން ފެށޭ ހާލަތުގައި ހުރި ފްލެޓްތައް ނުދެވި ގިނަ ދުވަސް ވެ، ވީރާނާވުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހެން ވެގެން ނުވާނެ ދެއްތޯ؟ މިތަންތަން ހަވާލުކުރެވެން އެބަ ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ދިއްދޫ ފްލެޓުތައް ނައިބު ރައީސް ފައިސަލް ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދުއަކީ ގެދޮރުގެ ދަތިކަން ބޮޑު ރަށެކެވެ. އެހެންކަމުން ތިން ކޮޓަރީގެ އެ ފްލެޓްތަކުގެ އިންތިޒާރުގައި ގިނަ ބަޔަކު އެބަ ތިއްބެވެ.
މިދިޔަ ސަރުކާރުން ދިއްދޫން ފްލެޓް ދިނީ ބޭއިންސާފުން ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ. ނަމަވެސް ގިނަ ފްލެޓުގައި މިހާރު މީހުން ދިރިއުޅެން ވެސް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
25 November 2019
ތިޔަހެން ކިޔާލަ ކިޔާލަ ތިބޭ 5 އަހަރު ވާއިރުވެސް. ކަންކަން ކުރަން އެނގޭނީ ކަންކަން ކުރު މުގެ ގާބިލުކަ މާއި ވައްޓަފާޅި ހުންނަ މީހުންނަށް. 1 އަހަރު ފާތުވެ ދިޔު މުން އެނގިއްޖެ ހުރި ފަންވަރު
މުޙައްމަދު ހާން
25 November 2019
ކީއްކުރާނީ އެންމެންވެސް ޤަބޫލް ކުރޭ ތި އައިލޭންޑް އެކްސްޕާރޓުން ހަދާފައި ހުރި ހުރިހާތަނެއް ވަރަށް ފެންވަރު ދަށްކުން ހަދާފައިވާ ތަންތަންކަން މިހެންވުމުގެ ސަބަބުން ސަރުކާރުން ވަނީ އެތަންތަން މަރާމާތު ކުރުމަށް އެ ގެތަށް ޙަވާލު ކުރި މީހުންނަށް ފައިސާ ޙަވާލުކޮށްފައި އަދި މިސަރުކާރުން ޝަރިޢަތުން ބޭރުން ވާހަކަދައްކައިގެންނޭ ކިޔާފައި އެތަށް ފައިސާއެެއް އެމީޙުންނަށް ހަވާޅު ވެފައިވާ ކަމަށް ނޫސްތަކުން ވަނީ އެނގިފައި
ތުންބުޅި
25 November 2019
އެއީ ފުލެޓެއްނޫން އެއީ ކަރުދާސް ފޮށިތަކެއް ތަނުގެ ހާލަތަކީ އިންސާނުން އުޅެންކަމުނުދާކަމެވެ.
ަ55559
25 November 2019
ވަރަށް ކޮލިޓީ ދައްކޮން ކޮށްފައިވާ މަސައްކަތެއް. އަންނިގެ ސަރުކާރުން ނަމަކަށް އަޅާ ފަހުރި ފޮށި ގަނޑުތަކެއްތީ...މީހުން ނޫޅުނަސް 5 އަހަރު ތެރޭގަ ފާރުގަ ރެނދުލާން ފެށީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަންކަން ކުރިކަން ހާމަވޭ!
ޔަހުޔާ
25 November 2019
ނައިބުސައީސް ކަންބޮޑެއްނުވޭތަ ބޮޑުކުލިދައްކައިގެން އުޅޭމީހުންގެ ހުޅުމާލޭގަ ލިބުނުފުލެޓުނުދީލަސްކުރާތީ ކަންބޮޑުނުވަނީ ކީވެތަ ވެރިކަންހޯދަން ވެގެން ފޮނިކެނޓީތަ
ބަބުރަންޖީ ހާޖީ
25 November 2019
ނުނިމޭ ވާހަކަ ދައްކާނީ. ދައްކާބަލަ ނިމިފައިހުރި އެއްކަމެއްވެސް.
ހުސް އަނގަ
25 November 2019
ސައުތު އޭޝިއަން ބޮޑީ ބިލްޑިންގގައި ބައިވެރިވެ ރަން މެޑަލް 19 ވޯލްޑް ބޮޑީބިލްޑިން ޗެންޕިއަންޝިޕްއިން ލޯ މެޑަލް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ސަކިޓް މުބާރާތުން ރަން މެޑަލް އަންހެން ވޮލީ ޓީމުން ރިހި މެޑަލް ހޯދުން ޤައުމީ ޓީމުތަކަށް މުސާރަ ދިނުން ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާމު ހަމަހަމަ ކުރުންއަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕްގެ ރިހި މެޑަލް ރާއްޖެ ޓީމުން 64 ޤުރުއާން މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުން
ހުސް އަނގަ
25 November 2019
47 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުން ޞިއްޙީ ޚިދުމަތް ހޯދުމުގައި އައިޑީ ކާޑަކީ މުއްދަތު ހަމަނުވާ އެއްޗަކަށް ހެދުން އިންޑިޔާ، ލަންކާ އަދި މެލޭޝިޔާގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ފެށުން. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރާމްގެ ޚިދުމަށް ފެށުން. ޓީބީ ނައްތާލުމަށްޓަކައި ސްކްރީން ކުރުމުގެ ޚިދުމަތް 6 އަތޮޅެއްގައި ޓީބީ ނައްތާލުމަށްޓަކައި ސްކްރީން ކުރުމުގެ ޚިދުމަތް 6 އަތޮޅެއްގައި ޖެނެރަލް ވޯޑްތައް އޭސީކުރުން