މާލިއްޔަތު ކޮމިޓީގެ މެންބަރު ކޮމިޓީ ބައްދަލުވުމެއްގައި --ފޮޓޯ:ނިޝާން އަލީ/މިހާރު
26 ނޮވެމްބަރ 2019 - 13:58
ދީބާޖާއަށް ފައިސާގެ ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށައެޅުމެއް ނެތި، އެ ކުންފުންޏަށް 174 މިލިއަން ރުފިޔާ ދޭން ނިންމި ނިންމުމާ މެދު ސީރިއަސް ތުހުމަތުތަކެއް، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މިއަދު ކުރައްވައިފި އެވެ.
މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރު ޔައުގޫބު ހުށައަޅުއްވައި އަދި ފާސްވީ އެ މައްސަލާގައި ބަންޑާރަ ނައިބު ރިއްފަތު އިބްރާހިމް ކޮމިޓީއަށް ހާޒިރުކުރާށެވެ.
ޔައުގޫބު ހަނދާންކޮށްދެއްވީ ކޮމިޓީގައި ކުރިން ވާހަކަ ދައްކަވަމުން އެ މައްސަލަ ސުޕްރީމް ކޯޓުގެ ރިވިއުއަކަށް ހުށައަޅުއްވާނެ ކަމަށް ރިއްފަތު ވިދާޅުވި ވާހަކަ އެވެ. އެކަމަކު އޭރު އެކަން ހުށަނޭޅުއްވީ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔަރުންގެ ފަރާތުން އަދުލުވެރި، އިންސާފުވެރި ހުކުމެއް ނުލިބިދާނެތީ ކަމަށް ވިދާޅުވެފައި، އެ ފަނޑިޔާރުން ވަކިކޮށް، އާ ފަަނޑިޔާރުންނާ އެކު ސުޕްރީމް ކޯޓު ހިންގާ އިރު ދީބާޖާގެ މައްސަލަ ރިވިއުކުރަން ރިއްފަތު ނުފޮނުއްވީތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ޔައުގޫބު ވިދާޅުވި ގޮތުގައި މައްސަލަ ރިވިއުކުރުމެއް ނެތި، 174 މިލިއަން ރުފިޔާ ދޭން ނިންމީ "ކަނޑައެޅިގެން އުސޫލުތަކާ ހިލާފަށެ"ވެ.
"އެޓާނީ ޖެނެރަލް މެންބަރުންނަށް ދެއްވި މައުލޫމާތުތަކާ ވެސް ހިލާފަށް ކުރެއްވި ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އަޅުގަނޑު ވަރަށް ބޮޑަށް ތުހުމަތުކުރަން މީގައި ހަމަ ފައިސާގެ ޓްރާންސެކްޝަންތައް މިކަމުގައި ބައިވެރިވި މީހުންނަށް ފައިދާ ލިބޭނެ ގޮތަށް ދާނެ. އެކަން ބެއްލެވުމަށް ފުލުހުންނަށް ދަންނަން،" ޔައުގޫބު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީން ނިންމީ ޖަވާބުދާރީވާން ވީހާވެސް އަވަހަކަށް ރިއްފަތު ހާޒިރުކުރާށެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ގަފޫރު ވިދާޅުވީ ބަދަލު ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމުގައި ދެވަނަ ވިސްނުމަކަށް ވަޑައިގެން، ސުޕްރީމް ކޯޓުގައި ރިވިއު އަކަށް އެދިވަޑައިގަތުމަށެވެ.
އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި އޭރުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މި އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފަ އެވެ. ރައީސް އިއްޔެ ނިންމެވީ އެގޮތަށް ބަދަލު ދޭށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީބާޖާ
26 November 2019
މިއީވެސް އަނެއްކާ އޮޅުވާލުމެއް ނޫންބާ؟ ސުޕްރީމް ކޯޓަށް ނަމެއްގައި މި މައްސަަލަ އަލުން ވައްދާ ފުރިހަމ ޢަދަދު ދޭން ހުކުމް ކުރަް އުޅެނީކީ ނޫންބާ؟
އިސްލާހު
26 November 2019
ސަރުކާރަށް ބޮޑުކަމަށް ވަނީ ނިކަމެތި މީހާ އަށް ބަދަލުދޭންޖެހޭ ޙާލަތް ތަކުގައެވެ. ނިކަމެތި މީހާ އަށް ދެވޭނެ "ކަޓެއް" ނޯންނާނެތީވެސް ތޯއްޗެކެވެ.
ރަދީފް
26 November 2019
ޔަޢުގޫބު ދޮގެނަހަދެންނެ.އަބަދުވެސް ތަފާތުވެންނެ.ތަފާތު ދައްކަންނެ.
ސީނުސީނު
26 November 2019
ދައުލަތުން ބަދަލު ދީގެން މިއުޅެނީ ހަމައެކަނި ދީބާޖާއަށްތަ؟ ބިޒްނަސް އިމޭޖް ގުރޫޕަށް ބަދަލު ދިނުމުން އިއްޒަތްތެރި މެމްބަރުން ހަނުހުރީ ކީއްވެ؟ ނޫމަޑިއަށް 54 މިލިއަން ޑޮލަރު ދިނުމުން ފަޔަށް ހިނިއަރައިގެން ނޫޅުނީ ކީއްވެ؟ އެހެންވީމަ އެ ބަދަލުތަކުން އެތިކޮޅު ލިބުނުމީހުންގެ ތެރޭގައި މަނިކުފާނު ނުހިމެނޭނެކަމަށް އުންމީދު ކުރަން
ބޭބެ
26 November 2019
ތީ ބައިއެޅިގެން ކުރާ ވައްކަން
ޖީމު
26 November 2019
ޔައުޤޫބް ބުނި ވާހަކަ ރަނގަޅު. އެކަމު މަޖިލީހަށް ވަންތާ މަހެއް ނުވަނީސް ކާރެއް ގަތީ ކިހިނެއްތޯ ބަލާލަން އެބަޖެހޭ. ވަރަށް ހިއްމޮޅުމީހަކަށް މަޖިލީހަށް ވަންފަހުން މީނާ ވެއްޖެ.
ބޭބެ
26 November 2019
1 މަހު މުހާރަ 80 ހާސް، އިމްތިޔާޒުގެ ދަށުން ޓެކްސް ނުލާ މެންބަރުންނަށް ކާރު އެތެެރެ ކުރެވޭ، ކަރެއްގެ 100% ޓެކްސް އުވުނީ... 150ޙާސް އައްކަން ނިމޭ
ސައީ
26 November 2019
ކަލެޔަށް އެގޭތަ މަޖިލިސް އިން އޭނަޔަށް މުސާރަ ލިބޭކަން.. ކާރެއް ކީއްކުރަން ބޯޓެއްވެސް ގަނެވިދާނެ، އެވަރަށް ހަލާލު މަސައްކަތް ކުރާމީހެއް ޔައުގޫބަކީ..
mahamood jaufar
26 November 2019
ބުރޯ އޭނަ ކާރު ގަތީ މެންބަރަކަށް ވުމުގެ ކުރިން.ނޭގޭ ވާހަކަ ނުދައްކަ ބަލަ.އަހަރެން ތާއީދު ކުރާ ޕާޓީ އެއްވެސް ނޫން އެކަމު ރިޔަލިޓީ ގަބޫލް ކޮއްލާ.
ފިރާ
26 November 2019
ތާއީދު ކުރާ މެމްބަރެއްނޫން. ނަމަވެސް ކާރެއް ގަތުން އެއީ މައްސަލައެއް ނޫން. ކާރެއް ގަނެވޭނެ ވަރަށް ގޮތްގޮތް ހުރޭ އެއްފަހަރާ ފައިސާ ނުދީ.. އ
އަރުވާލި އާދަނުވެ ސިޔާސީ ހާސަރު
26 November 2019
ނަގައިގެން ސްޕްރީމް ބްްރޯކަރ : 348 - 174 = 174
ބޮޑުމީހާ
26 November 2019
އަމިއްލަ ސަރުކާރެއް އޮތަސް މިފަދަ ކަންތައްތަކަށް ނޫނެކޭ ބުނާނެ ހިތްވަރު މެމްބަރުންގެ އެބަ ހުންނަންޖެހޭ. ޔައުގޫބު ތިކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. ކޮރަޕްޝަން ހުއްޓުވަން ރައީސެއް، އެޓާރނީ ޖެނަރެލެއް ބަލާނެކަމެއް ނެތް. ތީ ރައްޔިތުންގެ ޓެކްސް ފައިސާ. މަޖްލީހުގަ ދެން ތިބި މެމްބަރުންވެސް މިކަމަށް ނޫނެކޭ ބުނަން އެބަޖެހޭ!
އަހޫ
26 November 2019
ބޮނޑުމީހާ، އެއުޅެނީ އަދަދު މަދުވެގެން.
ލުތުފީ
26 November 2019
މަޖިލީހަށް ކިޔަވައިގެންތިބި ރަގަޅު މީހުން ހޮވަންޖެހެނީ މިހެންވެގެން. ދައުލަތުގެ ފައިސާ ހިތިހުރިހާ ގޮތަކަށް ލޫޓުވާކަށް ދޫކޮށްލައިގެންނުވާނެ.
ސިންދުސާނީ
26 November 2019
އިއްޒަތްތެރި މެމްބަރު އެއުޅެނީ ގައުމާގެނެއް ނޫން. އެބޭފުޅާއަށް އެއިން ބައިނޭޅިގެން
ޕީޓާ
26 November 2019
ލާދީނީ މީހުންނާ .ދީނީ ހަރުކަށި މީހުން ގެ ޖަމިއްޔާތަށް އުވާލަން ޖެގޭ