ލިޔެކިޔުންތައް ހެދުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ބިދޭސީންތަކެއް ބައިވެރިވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
27 ނޮވެމްބަރ 2019 - 13:46
މާލޭގައި ހިންގާ ކެފޭ/ރެސްޓޯރަންޓް އަދި ފިހާރަތައް ޗެކް ކުރުމަށް އިއްޔެ ހިންގި އޮޕަރޭޝަނެއް ގައި، 25 ބިދޭސީއަކު ގަވައިދާ ޚިލާފު ވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން ކުރި ޓުވީޓެއް ގައި ބުނީ 14 ތަނެއް އިއްޔެ ޗެކް ކުރި ކަމަށާއި 25 ބިދޭސީއަކު މަސައްކަތް ކުރަމުން ދިޔައީ ވޯކް ވިސާ ނެތި ކަމަށެވެ. އަދި ބިދޭސީންނާ ގުޅޭ ޑޮކިއުމަންޓްތައް ފުރިހަމަ ކުރުމަށް ހަ ތަނަކަށް އިންޒާރުގެ ސިޓީ ފޮނުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
MI conducted an operation to inspect some café / restaurants and shops in Male’ yesterday. Total 14 places were inspected and 25 expatriates without a valid work visa were observed. Warning letters were issued to 6 places to improve documentation.#RayyithungeHidhumathuga pic.twitter.com/eeOYPHnj6o
— Maldives Immigration (@ImmigrationMV) November 27, 2019
އިމިގްރޭޝަންގެ ޓުވީޓު
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކެފޭ/ރެސްޓޯރަންޓް އަދި ފިހާރަތައް އިންސްޕެކްޝަނެއް މިހާރު ފަށާފައިވާ ކަމަށާއި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ފުރުސަތު ދޭނެ ކަމަށެވެ.
"ގަވައިދަށް ނުފެތޭ ބައެއް ނަމަ މިކޮޅަށް ގެނެސް އެ އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން ގަވާއިދާ ހިލާފަސް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، އިކޮނޮމިކް މިނިސްޓްރީން ވެސް އަންނަނީ އެފަދަ ބިދޭސީން ގަވާއިދަށް ފައްތަން މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެ މީހުން އިކޮނޮމިކް މިނިސްޓްރީ ގައި ރަޖިސްޓަރީކޮށް، ޑޮކިއުމަންޓްތައް ހަމަކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ.
ރާއްޖޭގައި އެންމެ ގިނައިން މަސައްކަތް ކުރަނީ ބަންގްލަދޭޝް މީހުންނެވެ. ނަމަވެސް ގަވައިދާ ޚިލާފަށް އުޅޭ މީހުންގެ އަދަދު ގިނަވެ، އެ މީހުންގެ މައްސަލަ ބޮޑުވެފައިވާތީ، ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ އަށް ގެނައުން ވަނީ އެއް އަހަރަށް ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމަނިކް
28 November 2019
މި ކަމަކީ މިއަދު ހުރިހާ ދިވެހިރައްޔިތުން ހުރިހާ ހުރިހަ ދިވެހި ރައްޔިތުން ފެއިލްވުން ..........؟ ވިސްނާ ރޮހިންގާ އަދި އިންޑިޔާ ކަލްކަތާއައް ޤަވައިދާާހިލާފައް އެތެރެވެފައިވާ ބަގުލަދެސްގެ 1.4 މިލިޔަން މީހުން ......
ހޮޓްކިންގ
28 November 2019
މިކަން މިދަނީ ރަނގަޅަށްކަމަށް ނުފެނޭ. ސަބަބަކީ އިކޮނޮމިކް މިނިސްޓްރީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށާފައިމެ އެކަމަށް އެދިފައި ވަނިކޮށް އަދި ޕްރޮސެއްގެ ތެރޭގައި ވަނިކޮށް މީހުން ހިފާ ފޮނުވާލުމަކީ ކުރާ ނުބައިކަމެއް.
ދަތުރު ވެރިއެއް
28 November 2019
އަހަރުމެން އަލަށް ނަގައިގެން އުޅޭ ބަންގްލަދޭޝް މީހާ ރެގިއުރަލައިޒް ކުރަން އޮންލައިންކޮށް އެޕްލައި ކޮށްފިން ސެޕްޓެމްބާރ ގައި. އަދިވެސް ސްޓޭޓަސް އިންނަނީ 'ޕެންޑިންގ އޮންލައިން އެޕްލިކޭޝަން ޗެކް'. ދެން މިތަނަށް އައިއްސަ ފިޔަވަޅު އަޅަންވީ. ތިބޭފުޅުންގެ ވެސް އިހުމާލުން ވެފައި ހުރި ކަންތައްތަކަށް އަދަބު ލިބެނީ އެހެންމީހުންނަށް. މި ހަމަ ފައްކާ ޕީ.އާރު ސްޓަންޓެއް.
ކްރަސްޓީ
28 November 2019
ސްޓެލްކޯ ކައިރީގައި ހުންނަ ކްރަސްޓީސް ކިޔާ ކެފޭއެއް. އެތަނުގައި ނޫޅޭނެ އެންމެ ދިވެެއްސެއް ވެސް. މުޅިން ބޭރު މީހުން، ކައުންޓަރުގަ ހުންނަ ބޭރު މީހާ ވެސް ކަސްޓަމަރުންނަށް ހިތުހުރި ގޮތެއް ހަދަނީ. އަޅެ އިމިގްރޭޝަނުން ގޮސް ނިކަން އެތަން ޗެކްކޮށްބަލަ!
ަަްަްްއަހުމަދު
27 November 2019
މީ ޤާނޫން އެއް ޤަވާއިދެއް ހިނގާ ތަނެއްނޫން ޤާނޫން އާއި ޤަވާއިދާ ޙިލާފް ވީމަ ޖެހޭނީ ޑިޕޯރޓު ކުރަން ، ޤަވާއިދުގެ ދަށުން އެތެރެވާން ޖެހޭނީ ، އިމިގުރޭޝަން ލަދެއްނުގަނޭތަ ތިވާހަކަ ދައްކަން ، ކޮރަޕްޓޭ މިކިޔާ އިންޑިއާ ،ލަންކާގަ ވެސް ނުކެރޭނެ މި ދިވެހިރާއްޖޭގައި ޤަވާއިދާ ޙިލާފަަށް މިއުޅޭ ބޭރުމީހުން އުޅޭ ގޮތަށް އުޅޭކަށް. މިއަށްވުރެ ކޮރަޕްޓީ ވަކިކޮން ޤަުމެއްބާ....؟
ސޮފްވަތު
27 November 2019
ޢޯޕަންވިސާ ގައި އުޅޭ ކުދިންކޮލު ހޯދާ ކުންފުނިތައް ޒިން މާދާރު ކޮއްލަބަލަ.
އިސްލާހު
27 November 2019
ބިދޭސީން ގަވާއިދާ ޚިލާފްވީމާ ދޭ އަދަބެެއް ވެސް ނޯވޭތޯއެެވެ. ؟؟؟؟؟ އެމީހުން ޤަވާއިދު ގެތެރެއަށް އައުމަށް ފުރުސަތު ދިނީމާ ނިމުނީތޯއެވެ.؟؟؟؟؟ އަދަބު މިއޮންނަނީ ދިވެހިން ޤަވާއިދާ ޚިލާފުވީމާތޯއެވެ.؟؟؟؟؟ ލަދުން ބޯހަލާކެވެ.
ފޫހި
27 November 2019
ސުބުހާނަﷲ ހާދަ ބައިވަރެކޭ ތިޔަހޯދުނީ. ބަލަ ތިޔަ ގިނަ މީހުންނަކީ އަމިއްލަވިޔަފާރިކުރާމީހުންނޭ.
ނަން
27 November 2019
ކުދި ވިޔަފާރި ތަކަށް އަރާ ގަތުމުގެ ކުރިން ގޮސް ރިސޯޓް ތަށް ޗެކުކޮއްބަލާށެވެ.
ކުޑޫ
27 November 2019
ތިޔަ 25 މީހުން ނުހޯދިގެން ހުރިހާ ސަރުކާރެއްގަވެސް އުޅުނީ. ޝުކުރިއްޔާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ ހައްލުވީތި.