އިންޑިއާގެ ހައިދަރުއާބާދުގައި، ރޭޕްކޮށް، މަރާލައި، އަދި އަންދާލައިފައިވާ އަންހެން މީހާގެ ހަށިގަނޑު ކައިރީގައި ފުލުހުން: އަންހެނުންނަށް ކުރާ އަނިޔާތައް އިިންޑިއާގައި މަދެއް ނުވޭ
01 ޑިސެމްބަރ 2019 - 11:59
އިންޑިއާގައި އުމުރުން 27 އަހަރުުގެ އަންހެނަކު ރޭޕްކޮށް، މަރާލައި، އޭނާގެ އަންދާލައިފައި އޮތް ހަށިގަނޑު ފެނުމުން، އާންމުން ރަތަށް އަރައިފި އެވެ.
ހައިދަރުއާބާދުގެ ބްރިޖެއްގެ ދަށުގައި އަންދާލާފައި އޮއްވާ ފެނުނު އަންހެންމީހާ ގެއްލުނީ، މިދިއަ ބުދަދުވަހުގެ ރޭ، ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓަކަށް ގޮސް އެނބުރި ގެއަށް ދިއުމުގެ މަގުމަތީގަ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ ބުރާސްފަތިދުވަހު ހެނދުނެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ މަރާލައި، އަންދާލާފައި ވަނީ އެތައް ބަޔަކު ބައިވެރިވި ގޭންގް ރޭޕްކުރުމަށް ފަހު އެވެ.
ފުލުހުންގެ ސީނިއަ އޮފިސަރެއް ކަމަށް ވާ ޕްރަކާޝް ރެޑީ ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ ގާނޫނު އޮތް ގޮތުން އަންހެން މީހާއަކީ ކާކުކަން ހާމައެއް ނުކުރެވެ އެވެ.
އޭނާގެ ދައްތަ ބުނީ އޭނާ ގެއިން ނުކުތީ އިރުއޮއްސި ހައެއް ޖަހާކަން ހާއިރު، ޑޮކްޓަރަށް ދައްކަން ދާން ކަމަށެވެ. އޭގެ ފަހުން ގުޅާފައި ބުނީ، ސައިކަލްގެ ހަން ފެޅިގެން އުޅޭ ކަމާއި ލޮރީއެއްގެ ޑްރައިވަރު އެހީތެރިވަމުން އަންނަ ކަމަށެވެ. އެވަގުތު އޭނާ ހުރީ ހައި ވޭތަކަށް އަރާ އިރު ފައިސާ ދައްކާ ޓޯލެއް ހުންނަ ހިސާބެއްގަ އެވެ.
"އޭނާ އެތަނުގައި ސައިކަލް ޕާކްކޮށްފައި ޑޮކްޓަރު ކައިރިއަށް ދާން ޓެކްސީއެއް ބުކްކުރީ. ނުވައެއް ޖަހާކަން ހާއިރު އެނބުރި އެ ސަރަހައްދަށް ދިޔަ އިރު ސައިކަލްގެ ހަން ފެޅިފައި ހުރި ކަމަށް ބުނި،" ދައްތަ ކިޔައިދިނެވެ.
"ލޮރީ ޑްރައިވަރަކު ބުނި ކަމަށް ވަނީ ހަން ބަންދައިގެން އަތުވެދާނަމޭ، މަޑުކުރާށޭ."
އިންޑިއާގެ ހައިދުރައާބާދުގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށް، މަރާލައި، އަންދާލުމުން އޭނާގެ ހައްގުގައި، ޑިސެމްބަރު 30، 2019 ގައި، އާންމުން މުޒާހަރާކޮށް، އަޑު އިއްވަނީ
ދައްތަ ބުނި ގޮތުގައި ރޭގަނޑު ދަންވަމުން ދާތީ އޭނާ ހުރީ ވަރަށް ބިރު ވެސް ގެންފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން އޭނާއަށް ގުޅަން މަސައްކަތްކުރި އެވެ. އެކަމަކު ފޯނު އޭރު އޮތީ ނިވިފަ އެވެ.
އާއިލާ އިން ވަގުތުން އެ ހިސާބަށް ގޮސް، އަންހެން މީހާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި ހަބަރެއް ނުވުމުން ފުލުހުންނަށް މައްސަލަ ހުށައެޅި އެވެ.
ބްރިޖެއްގެ ދަށުގައި އޭނާގެ ހަށިގަނޑު އޮއްވާ ފެނިގެން ފުލުހުންނަށް އެންގީ، ތާޒާ ކިރު ވިއްކަން އުޅުނު މީހެކެވެ. އޭނާގެ ހަށިގަނޑު ދެނެގަތީ، ގަހަނާ ފަދަ އެއްޗިއްސަށް ބިނާކޮށެވެ.
އަންހެންމީހާގެ ނަން ރަސްމީ ފަރާތްތަކުން ހާމަނުކުރިޔަސް، އިންޑިއާގައި ޓްވިޓާ އަހުލުވެރިންގެ ތެރޭގައި ހުކުރުދުވަހު އެންމެ ބޮޑަށް ފެތުރުނީ އޭނާގެ ނަން ޖަހާފައި އޮތް ހޭޝްޓެގެވެ. އިންސާފު ހޯދައިދޭން ގޮވާލުމުގެ އިތުރުން، އަންހެނުންނާ ދެކޮޅަށް އިންޑިއާގައި ހިންގާ އެފަދަ ލާއިންސާނީ އަމަލްތައް ހުއްޓުވަން ސަރުކާރުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް، އާންމުންގެ ބަހުސްގައި ބުނެފައިވެ އެވެ.
ވެރިރަށް ދިއްލީގައި 2012 ވަނަަ އަހަރު، ބަހެއްގެ ތެރޭގައި ޒުވާން އަންހެނަކު ރޭޕްކޮށް، ކުރި އަނިޔާގައި މަރުވުމާ ގުޅިގެން، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އަދި ރޭޕް ކޭސްތައް ރިޕޯޓްކުރާލެއް ގިނަވި އެވެ. އެކަމަކު އިންޑިއާގައި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލްތައް މަދެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
6ސަން
02 December 2019
“އިންޑިއާގެ ހައިދުރައާބާދުގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށް، މަރާލައި، އަންދާލުމުން އޭނާގެ ހައްގުގައި، ޑިސެމްބަރު 30، 2019 ގައި، އާންމުން މުޒާހަރާކޮށް، އަޑު އިއްވަނީ“ މަހިއްކުރީ ޑިސެމްބަރ އަދި ފެށުނީކަމާއް!!
އަށްޔަ
02 December 2019
އިންޑިއާގެ ހައިދުރައާބާދުގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށް، މަރާލައި، އަންދާލުމުން އޭނާގެ ހައްގުގައި، ޑިސެމްބަރު 30، 2019 ގައި، އާންމުން މުޒާހަރާކޮށް، އަޑު އިއްވަނީ
ޙަޤީޤަތް
02 December 2019
ކޮބާ އޭނާގެ ބެލެހެއްޓުންތެރިޔާ... ކީއްވެ އެކަނި ދިޔައީ.. ރައްކާތެރިނޫން މާޙައުލެއްކަން އެނގޭ.. ބައްޕަ،ބޭބެ ކަހަލަ މީހަކާއެކު ދާނަމަ...
ދޮންމަނިކް
01 December 2019
ތިތަން ފޮޓޯ ނަގާލާފަ ރިޕޯޓެއް ލިޔެލީމަނިމުނީ .........މީ ނާތަހުޒީބު މި ސައުތު އޭސިޔާގެ ހާލަތަކީ....
ހިސެން
01 December 2019
ދުނިޔޭގަ އިންސާނީ ހައްގުގެ ބޯޑު އަޅުވައިގެން އުޅޭމީހުން ހިހޫތަނުން ކައިގެން އުޅެނީ އެއްބައި ސަރުކާރުތަކުގެ ދައުރުގަ އެގައުމެއްގަ ވާކަންތަކަކީ ނުވާ އަދި ނުފެންނަ ކަންކަމައް ވާތީ؟؟؟
ހަނުހުންނަ މީހާ1
01 December 2019
ރޭޕް އެންމެ ގިނަ ގައުމަކީ އިންޑިޔާ
ރުޅި
01 December 2019
ތިޔައީ ހައްދުފަހަނައެޅި މުސްލިމުންނޭ ނުކީކަން ނަސީބު. އަސުލު އިންޑިއާއަކީ ވަރަށް ނުރައްކާތެރި ތަނެއް.
ކޮމަލިކާ
01 December 2019
އެހީވި ޑްރައިވަރަށް ކިޔާ ކަމަށް ވަނީ މުސްލިމް ނަމެއް.
ައަހުމަދުއަލޯ
01 December 2019
މުސްލިމު ދެގޮލާ އެބަ އުޅޭ ތިކަމުގެ ތުހުމަތުކުރެވޭ. މުސްލިމުންގެ ތެރެއިން ހައްދުފަހަނާޅާފައިވާ މީހުން ބައިވެރިނުވާ ޖަރީމާއެއް މަދުވާނެ. ލޮލް
ސަލާހު
01 December 2019
ކަލޭ އިންޑިޔާ ނުރާއްތެރި ތަނެކަމައް ބުނާއިރު، ވިސްނާލަބަލަ އެއްބިލިޔަން އެތައް ދީނަކާ އެތައްނަސްކައް ނިސްބަވާމީހުންތިބިއިރު ތިންލަކަޔެއްމީހުން އެއްނަސްލެއް އިސުލާމް ދީންމަތީގަ ތިބެކުރި މިފާޑުކަންތަކާ ފަސެންޓޭޖުން އަޅާކިޔައިފިނަމަ ކޮންބަޔެއްތޯ ގިނައީ!ބައްލަވާ އިންޑިޔާއައް ބޭހައް ދިވެހިން ދަނީ ނަގުދު ފައިސާ ހިފައިންކަން އެމިހުންއެގޭ އެކަމަކު އަހަރެއްގެމައްޗައް ނުވަތަ މުޅިޖުމުލަ ދިވެހިން ފޭރުމުގެ ކިތައްކޭސް ހިގާފަވޭތޯ! މާލެ މާބިރުބޮޑު